ޚަބަރު ބަންޑާރަނައިބު އޮފީހުގެ 75 ވަނަ އަހަރީ ޖަލްސާ ރައީސުލްޖުމުހޫރިއްޔާ ޝަރަފުވެރިކޮށްދެއްވައިފި

ބަންޑާރަނައިބު އޮފީހުގެ 75 ވަނަ އަހަރީ ޖަލްސާ ރައީސުލްޖުމުހޫރިއްޔާ ޝަރަފުވެރިކޮށްދެއްވައިފި

ބަންޑާރަނައިބު އޮފީހުގެ 75 ވަނަ އަހަރީ ޖަލްސާ ރައީސުލްޖުމުހޫރިއްޔާ ޝަރަފުވެރިކޮށްދެއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބަންޑާރަނައިބުގެ އޮފީހަށް 75 އަހަރު ފުރުމުގެ އަލިމަސްޔޫބީލް ފާހަގަކުރުމަށް ރޭ ބާސެލޯ ނަސަންދުރައިގައި ބޭއްވި ރަސްމީ ޖަލްސާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވަނީ ބަންޑާރަނައިބުގެ އޮފީހުން ޝާއިޢުކުރެއްވި “އަލިމަސް ޔޫބީލް ހަނދާނީ ފޮތް” ނެރެދެއްވައި، އެ އޮފީހުގެ އައު ވެބްސައިޓް އިފްތިތާޙްކޮށްދެއްވައިފައެވެ.

މި ޖަލްސާގައި ބަންޑާރަ ނައިބުގެ އޮފީހަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އިނާމު ހަވާލުކުރިއެވެ. 20 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި މުވައްޒަފުންނަށް އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި 15 އަހަރާއި 20 އަހަރާ ދެމެދުގެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި މުވައްޒަފުންނަށް އިނާމު ޙަވާލުކޮށްދެއްވީ ބަންޑާރަނައިބު އަޙްމަދު އުޝާމްއެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާއަށް ވެސް ހަނދާނީ ފިލައެއް ބަންޑާރަނައިބު އެރުވިއެވެ.

މި ޚާއްސަ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ އިސްވެރިންނާއި ޝަރުޢީ ކޯޓުތަކުގެ އިސްވެރިންގެ އިތުރުން ކުރީގެ ބަންޑާރަނައިބުންނާއި، ބަންޑާރަނައިބުގެ އޮފީހުގައި މީގެ ކުރިން ޚިދުމަތްކުރައްވާފައިވާ ގިނަ ޢަދަދެއްގެ މުވައްޒަފުންނާއި މިހާރުވެސް ޚިދުމަތްކުރައްވަމުން ގެންދަވާ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޓެގް

ޑރ.މުއިއްޒު ބަންޑާރަނައިބު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.