ޚަބަރު ޔޫއޭއީ: ސްނެޕްޗެޓް ގައި އަދަބާ ޚިލާފު ވީޑިއޯއެއް ޕޯސްޓް ކުރި ދެމީހުން ހައްޔަރުކުރުމަށް އަމުރުކޮށްފި

ޔޫއޭއީ: ސްނެޕްޗެޓް ގައި އަދަބާ ޚިލާފު ވީޑިއޯއެއް ޕޯސްޓް ކުރި ދެމީހުން ހައްޔަރުކުރުމަށް އަމުރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އާންމުންގެ އަބުރާ އިޚުލާސްތެރިކަމަށް އުނިކަން ލިބޭ ގޮތަށް އަދަބާ ޚިލާފު ވީޑިއޯއެއް ޕޯސްޓްކުރި ފިރިހެނަކާއި އަންހެނަކު ހައްޔަރުކުރުމަށް ޔޫއޭއީގެ ފެޑެރަލް ޕަބްލިކް ޕްރޮސެކިއުޝަންއިން އަމުރުކޮށްފިއެވެ.

ޔޫއޭއީގެ ޕްރޮސެކިއުޓަރ ޖެނެރަލް ކުރެއްވި ޓްވިޓެއްގައިވަނީ އެ ދެމީހުން ސޯޝަލް މީޑިއާގައި ވީޑިއޯ ކްލިޕެއް ޝާއިއުކުރި ކަމަށާއި އޭގެ ތެރޭގައި މުޖުތަމައުގައި އާންމު އަޚްލާގަށް އަސަރުކުރާ ފަދަ އަމަލުތަކާއި ބަސްތައް ހިމެނޭ ކަމަށާއި އެއީ އޮންލައިން ގާނޫނުތަކާ ހިލާފު ކަމެއް ކަމަށެވެ.

ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން އިން ވަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ކްލިޕް މޮނިޓާ ކުރުމަށް ފަހު އެ ސްޓޭޓްގެ އެޓާނީ ޖެނެރަލަށް ރިޕޯޓެއް ހުށަހަޅާފަ އެވެ. އެމީހުންގެ ތަހުގީގުތަކުގެ ސަބަބުން ސްނެޕްޗެޓްގައި ހުރި ޕޯސްޓް ތަކާއި އެމީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތައް ދެނެގަނެވެއެވެ.

މިކަމާގުޅިގެން އެޤައުމުގެ ބަންޑާރަ ނައިބު ލަފާ ދެއްވީ، ކުށްކުރާ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށެވެ. ނަމަވެސް ދައުވާ ލިބޭ ދެމީހުން ކޯޓަށް ފޮނުވުމުގެ ކުރިން ޕްރޮސެކިއުޓަރުން ދަނީ އިތުރު ތަހުގީގުތައް ހިންގަމުންނެވެ.

އެޓަރނީ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި، ޔޫ.އޭ.އީ.ގެ ޤާނޫނުތަކަކީ، މުޖްތަމަޢުގެ ޢާންމު އަޚްލާޤާއި، އާދަކާދަތައް ޙިމާޔަތް ކުރުމުގެ ޔަޤީންކަން ކަށަވަރުކޮށްދޭ ޤާނޫނުތަކެއް ކަމުގައި ވިދާޅުވިއެވެ. ނަތީޖާއެއްގެ ގޮތުން، ގަވައިދާ ހިލާފުވާ ފަރާތްތަކަށް ހަރުކަށި އަދަބުތަކެއް ދޭން ޖެހިދާނެކަމަށްވެސް އެޓަރނީ ޖެނެރަލް ވިދާޅުވިއެވެ.

ޓެގް

ސްނެޕްޗެޓް ސޯޝަލްމީޑިއާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.