މިދުނިޔޭގައި ނޯވެޔޭ ހަމައެއްކަމެއް ވެސް ދާއިމަށް
މިދުނިޔޭގައި އޮންނަހަމައިން ކަންހިނގާނޭ ދާއިމަށް
އަޝްރަފަށް ޚިދުމަތްތަކެއް ކުރެވުނުކަމީ ޝައްކެއްނެތޭ
އަޝްރަފުގެ ޚިދުމަތްބުނަން މިނެވޭނެޔޭ އެކިގިންތިޔަށް
ނަންހިނގާ މޮޅުޅެންވެރިން އެއްތަން ކުރައްވާ ވައިބަރަށް
ފަންނުގައި އާކުރިތަކެއް ފަޅުވައިފިޔޭ އެދިކުރިމަގަށް
އެކިޚިޔާލުގެ ފިކުރުތައް އެއްހަމަޔަކުން ދާނޭގޮތަށް
އެކިފަހަރު އެރިއެކިލޮޅުން ހަމަޖެއްސެވީ ވިސްނާދުރަށް
އައުރައީސަށް އެކަޑަމީ އެދެނީ ލިބުން އެއްބާރުލުން
ދައުރުގައި ރޯޝަންނަޔާ ގިނަދުއްލިސާ ދިއްލާލުމަށް
ހުރިއެތައް ގިނަދަތިތަކާ އެކިގޮންޖެހުން ކުރުމަށްހުރަސް
ކުރިމަތިލަމުން ހިތްވަރާ ޢަޒުމާއެކީ ދާންމަންޒިލަށް
އަޝްރަފެއް ގޮސްއަޝްރަފެއް އާދައުރުގައި ފެނިގެންދިޔުން
އަސްލުގައިވެސް ޙިކުމަތެއް އޮންނާނެޔޭ މުސްތަޤުބަލަށް
ކޮމެންޓް (0)
ލޯޑް ކުރަމުން...