ޅެން

އުޅެންވީ އެންގެވި ގޮތަށެވެ!

ކުރުމުންޝުކުރު އިލާހަށް ނިޢުމަތް އިތުރު ކުރައްވާ

                 ދުރުހެލި ވުމުންނެ ޝިރުކާ ނޫރެއް ހިތަށްމެ ލައްވާ

                * * * * * * * *

ގުޅުންހުރި ލިޔުންތައް

ނިޢުމަތުގެ ގިނަކަމާމެދު ވިސްނާ ފިކުރު ކުރާށޭ

                  ނިޢުމަތް ލިބޭނެ ކަންތައް ކުރުމަށް ޢަޒުމް ކުރާށޭ

މަގުއޮޅި ނުދާނެ ގޮތަކަށް އުޅެވޭތޮ އަދު ބަލައިގެން

                 މަގުހެޔޮ އެއީ ޞިރާޠުގެ މަގުކަން ހަނދާން ކުރާށޭ

މެރިގެން ދެލޯ އުޅޭހެން މަގުއޮޅި މުޅިން ނުދާށޭ

                  އެރިހައިކަމެއް ހިތަށްއައި ގޮތަކަށް ނުވެސް ކުރާށޭ

‘ޖައްބާރުކަން’މެ ދައްކައި ދުނިޔޭގެ ބިންމަތީގައި

                   ‘ޖައްލާދު’ ހެން މިބިމުގައި ނޫޅެން ޢަޒުމް ކުރާށޭ

ހެޔޮކަންތަކޭ ކުރަންވީ ލިބިފައިވި ވަގުތުކޮޅުގައި

                   ހެޔޮކަމުގެ ދަރުމަހޯދަން އިސްކަންދެމުން ކުރާށޭ

ފަސްވަގުތުގައި ނަމާދަށް ފަރުވާވެހުރެ ވަގުތުގައި

                   ފަސްކޮށްނުލައި އަބަދުވެސް ވާޖިބު އަދާ ކުރާށޭ

ފަސްދީ މިދާ ވަގުތުތަށް އަނބުރާ ނުވެސް ލިބޭނޭ

                    ފަސްދީ ކުށެއް ވެވީނަމަ ތައުބާ އަވަސް ކުރާށޭ

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close