ޅެން ޅެމެއް ހެދުމީ…..!

ޅެމެއް ހެދުމީ…..!

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޅެމެއްހެދުމީ އެއީމާބޮޑު ކަމެއްނޫނޭ އެކަން އެނގުމުން

     ޅެމެއްގައި ފޮނި އަސަރުއެކުލުން އެއީހަމަ ހުނަރެކޭ އެނގުމުން

މިއަދު ބޭނުން ކަމަށް ނުވެޔޭ ފޮރުވިފައި މާނައެއް އޮތުމެއް

    މިއަދު ބޭނުން ވަނީ ތިލަކޮށް ކުރާއަސަރެއް ތެދަށް ބުނެލުން

ނުކެރިހުރެގެން ބުނަންސީދާ އެތާމަލަކާ މިތާހަނދަކާ

       ނުކެރުމެއް މިއަދު ހިތުގައިއޮވެ އެހެންކިޔުމެއް ނުވޭބޭނުން

ނިކަންސާދާ ލަފުޒުތަކަކުން ހިތުގެ އެދުމެއް ކިޔައިދީގެން

        ނިކަން ލޯބިން ބުނާއެއްޗެއް ބުނާށޭ ވާނެހެން މޭރުން

ހިތުގެ ހިމަނާރުގައި އެލިގެން އެއިންނެއްޓެން ނުވެސްއެނގުމުން

       ހިތުގެ ރިހުމާ އުދާސްތައްހުރި ކިޔައިދޭށޭ ލިޔާ އެޅެމުން

މިއީހަމަ ދާދިކުޑަ ކަމެކޭ އެވާ އިހުސާސް ކިޔައިދިނުމީ

        މިއީކަން އޮތްގޮތޭ ޅެމުގައި ބުނަންވިއްޔޭ އެއަލްފާޡުން

ޒުމައްރަދު އަލިމަހާ އޮޅިގެން ލޮލުގެ ފަރިކަން ބުނަންމެލަދުން

       އިމަށްހަމަ ސީދަލަށް ބުނުމުން އަސަރުކުރެޔޭ އަހާމީހުން

——————————————————————–

ކަލާގެ ބަލައިލުމުން ޚަންޖަރު މަގޭމިހިތަށް ހެރިއްޖޭހަމަ

       ކަލާ ލޮލުގައި އެހުރިއަސަރުން ދިވާނާ ވެއްޖެޔޭ ވަގުތުން

ޓެގް

ހިތްފަހި

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.