ޅެން ބޭނުމީ އަމާނާތްތެރި ވެރިޔެކެވެ!

ބޭނުމީ އަމާނާތްތެރި ވެރިޔެކެވެ!

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މަޤާމާއެކު އެވާ ޒިންމާ ތަކަށް އިސްކަން ދެވެން ޖެހެޔޭ

                     މަޤާޞިދުތައް ކުރަންހާސިލު އަމާނާތްތެރި ވުމަށް ޖެހެޔޭ

ތިމާ އަބުރާއި ޤަދަރަށް އުނި ކަމެއް ލިބެދާނެ ފަދަގޮތަކަށް

                  ތިމާ އުޅެގެން ނުވާނޭކަން ވަރަށްރަނގަޅަށް އެނގެން ޖެހެޔޭ

ޤަދަރު ގެއްލޭނެހާ ކަންތައް ތަކުންދުރުހެލި ވެގެންހުރުމާ

                     އަދަބު އަޙުލާޤު ރިވެތިއުޅުން ޙަޤީޤަތުގައި އުޅެން ޖެހެޔޭ

ތިމާގެ އުޅުން ކުރާކަންތައް އެހެންމީހުން ދެކޭނޭކަން

                 ތިމާ ދަނެގެން ރަނގަޅުގޮތުގައި އުޅެންވާކަން އެނގެން ޖެހެޔޭ

ތިމާގެ ދުލުން ކުރާވަޢުދާ ޢަމަލު ސީދާ ނުވާނަމައީ

                    ތިމާގެ ޤަދަރު ކެނޑޭނޭކަން ވަޢުދުވާއިރު އެނގެން ޖެހެޔޭ

ހުތުރު ބަސްތައް ދުލުންބޭރުވެ ބުނާބަހުގައި ވެދާނަމައީ

                    ހުތުރު ކަމަކަށް ވެގެންދާނޭ ކަމެއްކަންދެނެ ބަލަން ޖެހެޔޭ

އަމާނާތާ ޙަވާލުވިހިނދު ޚިޔާނާތްނުވެ އަދާކޮށްދޭން

                  އަމާނާތްތެރި ވުމަށް ޝަރުޠުވެ އެވާޖިބު ކޮނޑުއަޅަން ޖެހެޔޭ

ލިބޭ ހަނި ފުރުޞަތެއްގައި ވެސް ޚަޒާނާއިން ކުރުން ވައްކަން

                 ލިބޭ މަންފާ ކަމަށް ނުބަލައި މަގުން އެންގެވި ހިނގަން ޖެހެޔޭ

ނަޒާހަތްތެރި ބަޔަކު އިސްކޮށް މަޤާމުތަކަށް ކުފޫހަމަވާ

                     ނަޒާހަތްތެރި ކަމާއެކުގައި މިތާ ވެރިކަން ކުރަން ޖެހެޔޭ

ޓެގް

ހިތްފަހި

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.