ކަލާގެމަތިން ހަނދާން މިވަރަށް ވަނީފަހެ ކީއްވެގެން ހެއްޔޭ
ކަލާ ނެތުމުން ދުށުންއެދެނީ އެއީފަހެ ކީއްވެގެން ހެއްޔޭ
އަބަދު އެހަނދާން ތަކުން މިހިތަށް އެދޭ ދުކުތައް މިހެންލިބެމުން
އަބަދު މިހިތުން ފިލާނުދަނީ އެއީފަހެ ކީއްވެގެން ހެއްޔޭ
ކަލާ ނެތްނަމަ ދުނިޔެނޫޅެން ހިތަށްއަރަޔޭ އެތައް ފަހަރަކު
ކަލާނެތުމުން މިހެންހުންނަން ހިތެއް އަމަށުން ނުވެސްއޮވެޔޭ
ކަލާ އަތުލައިފިޔޭ ތެދެކޭ މަގޭމިހިތާ ހިތުގެ ވިންދާ
ފިލާހުރެގެން ހަވާސާގައި ހަދާނުހަދާ ނުވެސްއެނގެޔޭ
އެތައްފަހަރަކު އެހިތް އަނބުރާ މަށަށްދޭށޭ ބުނީމާވެސް
އަތަށްލައިގެން އުޅޭބޭނުން ޙަޤީޤަތުގައި ނުވެސްއެނގެޔޭ
ހިތުގެ ރުއިމާ ހިތުގެ އާދޭސް ކުރާޝަކުވާ ރޮމުންގިސްލައި
ހިތުގެ ރިހުމަށް ބަލައިނުލަނީ އެއީފަހެ ކީއްވެގެން ހެއްޔޭ
ބުނީމޭ އޭރުވެސް ނުދެކެން ސަމާސާއެއް ކަމަށް މިގުޅުން
ވަނީ ޙައިރާން މިހެންވެގެނޭ ހަދާނެގޮތެއް ނުވެސްއެނގެޔޭ
މިހެން ރޮއިރޮއި މިޙާލެއްގައި އުޅެންޖެހިފައި މިއަދުވީއިރު
މިހެން މިލިބޭ ތަދާވޭނެއް ކަލާޔަށް ފަހުމުވެސް ނުވެޔޭ
ކޮމެންޓް (0)
ލޯޑް ކުރަމުން...