ޅެން މިންވަރެއްނެތިވެސް…

މިންވަރެއްނެތިވެސް…

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަހަރެންގެ ހިތް ކަލާޔަށް ބޭނުންވުމުން، އަހަރެންގެ ނޭވާ އަހަރެންނަށް ބޭވަފާތެރިވިއެވެ.


އަހަރެން ކަލާގެ މީހެއްގެ ގޮތުގައި ވީ ހިނދު، އަހަރެންނާއި އަހަރެންގެ ނަފުސު ދެތަން ވެއްޖެއެވެ.


އަހަރެން ކަލާޔާއި އެކުގައިވުމަށް އޮތް ހުރިހާ ސަބަބުތަކެއް މިއަދު ކަލާ އަހަރެންގެ އަތުން އަތުލައިފިއެވެ.


އަހަރެންގެ ހިތުގައި ކަލާޔަށްޓަކައި ނުތަނަވަސްކަމުގެ ވަހުމުތަކަށް ޖާގަދޭން މަޖުބޫރުކޮށްފިއެވެ.


އަހަރެންނާއި އެކުގައި ކަލާ މުޅިއުމުރުގައި މިގޮތުގައި ދިރިއުޅެން ފަހަރުގައި ޖެހިދާނެއެވެ.


އަހަރެންނަށްޓަކައި ކަލާއަކީ ދެމިހުރި އާދައެއް ނޫނީ އަދަބެއް ބާއެވެ؟


އަހަރެން ކަލާއާއި އެކުގައިވިޔަސް، މިހާރު ހީވަނީ ކަލާއަކީ އަހަރެންގެ ޒަރޫރިއްޔަތެއް ހެންނެވެ.


އަހަރެން ކަލާދެކެ މިވާ ލޯތްބަކީ އެއްވެސް މިންވަރެއްނެތި ވާ ލޯތްބެކެވެ.


އަހަރެންގެ ލޯބި ކަލާ ފުޑުފުޑުކޮށް ކުއްލިއަކަށް ޖަހައިގެންފިއެވެ.


އަަހަރެންގެ ވޭނީ އާހުތައްވެސް މިއަދު ހަމަހިމޭން ވެއްޖެއެވެ.


އަހަރެންނަށް ދިރިހުރުމަށްޓަކައި ހިތުގެ ވިންދު ޖަހަން ދަސްކޮށްދިން ފަރާތް، މަޑުފިޔަވަޅުތަކާއި އެކު ކޮންމެވެސް ތާކަށް ގޮސް ގެއްލިއްޖެއެވެ.


އާއެކެވެ. ހަމަމުޅިން ގެއްލިއްޖެއެވެ. ނިޝާނެއްވެސް ފެންނާކަށްނެތެވެ.

އެހެނެއްކަމަކު ވަކި މިންވަރެއް ނެތިވެސް ކަލާދެކެވީ ލޯބި މިއަދުވެސް މިހިތުގައި ދިރިއެބަހުއްޓެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.