އެއްގޮތްނުވާނެއެވެ! އަބަދުވެސް ކުދިންތަފާތުވާނެއެވެ!
މިއީ އެއްކުލާހެއްގެ ކުދިންނެވެ. މިހުރިހާކުދިން ވިހެއީވެސް އެއްއަހަރެއްގައެވެ. މިކުދިންނަކީ ސްކޫލަށްވަރަށްދާހިތްވާ ކުދިންނެވެ. މިކުދިން އެއްކުލާހެއްގައި އުޅުނު ކަމުގައިވިއަސް މިކުދިންނަކީ ވަރަށް ތަފާތު ކުދިންނެވެ. މިސާލަކަށް، މިޒާޖު، އުޅޭއުޅުން، އަޚްލާގް، ހެދިބޮޑުވުން، ބަރުދަން، ހަމުގެކުލަ އަދި އުނގެނުމުގެ އަވަސްކަމާއި ލަސްކަން ހިމެނެއެވެ. މިކުދިންގެ ޓީޗަރު ޒުލްފާމިސް އަށް ފާހަގަވީ މީގެ ތެރެއިން 2 ކުއްޖަކަށް ތަންކޮޅެއް ލަސްލަހުން އުގެނުންކުރިއަށްދާ ކަމެވެ.
މިދެކުދިން ރިފޫ އާއި ޝާހު އަށް އެހެންކުދިންނަށް ވުރެބޮޑަށް ސަމާލުކަންދޭންޖެހޭކަމެވެ. ޒުލްފާމިސް އަށް ފާހަގަވީ ވަކިންކައިރީގައި ބަހައްޓައިގެން އިތުރަށް ކިޔައިދީ ހާއްސަ ގޮތަކަށް އުގަންނައިދިނުމުން އެކުދިންނަށްވެސް އެފިލާވަޅުތައް އެގިގެންދާ ކަމެވެ. ޒުލްފާމިސް އަކީ މިގޮތަށް ކޮންމެދުވަހަކުވެސް ފިލާވަޅުތައް ތަފާތު ގޮތްގޮތައް ބަށްޓަންކޮށްހަދާ ޓީޗަރެކެވެ. ރިފޫ އާއި ޝާހުއަށް ކިޔަވައިދިނުމަށް އެހީވުމަށްޓަކައި އިތުރަށް ދިރާސާކޮށް މިވާގޮތްތަކެއްވެސް ޒުލްފާމިސް ދަނީ ހޯދަމުންނެވެ. ބެލެނިވެރިންނާއިވެސް މިހޯދުންތައް ޤަވައިދުން އެކިދުވަސްމަތިން ޒުލްފާމިސް ހިއްސާކުރެއެވެ.

ޒުލްފާމިސް ހޯދިހޯދުންތަކުން މިފަހަރު ފާހަގަވީ އެހާ ބޮޑުއުދަގޫތަކެއްހުރި މައްސަލައެއް ނޫނެވެ. މިފަހަރު ޒުލްފާމިސް ބަލައިލީ އެކުދިންގެ އުފަންތާރީހަށެވެ. ބެލި އިރު ފާހަގަވީ ރިފޫ އާއި ޝާހު އެހެން ދަރިވަރުންނަށްވުރެ ހަނގުކަމެވެ. ރިފޫ އުފަންވެފައިވަނީ އެއަހަރުގެ ޑިސެމްބަރުގައެވެ. އަދި ޝާހު އެއަހަރުގެ ނޮވެމްބަރުގައެވެ. މިދެދަރިވަރުން މިކުލާހުގެ ދެންތިބި ހުރިހާ ކުދިނަށްވުރެ އުމުރުގެ ގޮތުން ހަނަގުވުމުގެ ސަބަބުން އެހެން ހުރިހާ ދަރިވަރުންނަށް ވުރެ އެކި ކަންތައްތަކުގައި ކުރިއަރަމުންދާނީ އެހެންދަރިވަރުންނަށް ވުރެ ލަހުންނެވެ. ޕިއާޖޭ، ވައިގޮޓްސްކީ އަދި ކޯލްބާރގް ފަދަ އިލްމުވެރިން އެއްބަސްވާގޮތުން ހެދިބޮޑުވުން އަދި ސިކުޑިތަރައްގީވުން ފަދަ އެކިކަންކަން ކުރިއަށްދާނީ ތަފާތު މަރުޙަލާތަކަކުންނެވެ. އަދި ކުދިން ގިރާކުރަމުންދާނީ ފަހަރަކު މަރުޙަލާއެކެވެ. ވީމާ ނަފްސާނީގޮތުންނާއި، ޖިސްމާނީގޮތުންނާއި، ވިސްނުންތަރައްގީވުމަށް ވަގުތުނަގާނެއެވެ. އަދި ހަމައެފަދައިން ހެދިބޮޑުވުމަށް ވަގުތުނަގާގޮތައް އިލްމީގޮތުންކުރިއަރަންވެސް ވަގުތުނަގާނެއެވެ. ނަސީބަކުން މިކުލާސް ޓީޗަރު ޒުލްފާމިސްއަށް މިކަންތައްތައް ފާހަގަވެ އަހަރު ފެށުނުއިރު މިކަންތައްތަކަށް ސަމާލުކަންދޭން ފަށައިފިއެވެ.
ވުމާއެކު، މިކަންތައް އެގުމުން ދެކުދިންގެ ބެލެނިވެރިންނާއި ޒުލްފާމިސް ވަކިވަކިން ބައްދަލުކުރިއެވެ. ބައްދަލުކޮށްފައި ކިޔައިދީ މިވާގޮތް އޮޅުންފިލުވައިދިނެވެ. މިކުދިންނަކީ އުމުރުގެގޮތުން ހަނގު ކުދިންވީމާ މިކުލާހުގެ އެހެންކުދިން ކުރިއަރަމުންދާހާ އަވަހަށް އިލްމީ ގޮތންނާއި ހުނަރުގެގޮތުން ކުރިއަށް ނުގޮސްދާނެކަމެވެ. އަދި ކުލާހުގައި ދޭ އެކިއެކި މަސައްކަތް އެހެންކުދިންނާއި ތަފާތުވާނެކަމެވެ. ޓެކްސްޓް ފޮތުގައިހުންނަ މަސައްކަތްވެސް ނުހައްދައި ހުރެދާނެކަމެވެ. ވަރަށް ގިނަ މަސައްކަތް އަމަލީ ގޮތުންނާއި އަނގަބަހުން ކުލާހުގައި ކުރިއަށްދާނެއެވެ. އައުޓްކަމްސްތައް/ ހާސިލްވާންޖެހޭމިންވަރުތައް ވެސް ބައެއް ފަހަރު ހާސިލްވަމުންދާނީ އެހެންކުދިންނަށްވުރެ މަދުން ނުވަތަ ލަސްލަހުންނެވެ. ޒުލްފާމިސް ގެންގުޅޭ ޗެކްކިސްޓުތަކާއި އެނެކްޑޯޓަލް ރެކޯރޑްސްތައް ހިއްސާކޮށް މައުލޫމާތު ހާމަކޮށްދީ “ފީޑްބެކް” ދޭއިރު ވާނުވާ އޮޅުންފިލުވައިދެއެވެ. އަދި ޒުލްފާމިސް ވަރަށްރަނގަޅަށް ކީސްޓޭޖް 1 އަކީ 3 އަހަރުކަމާއި އެކުދިންގެ ހެދިބޮޑުވުން ކުރިއަށްދާވަރަކުން ދެން ޖެހިގެންއަންނަ އަހަރަކުން ވަރަށް ބޮޑުކުރިއެރުމެއްވެސް ލިބިދާނެ ވާހަކަ ކިޔައިދިނެވެ. ޒުލްފާމިސްގެ ރަނގަޅުކަމަކީ ކުލާހުގައިވެސް އެއްދަރިވަރަކާއި އަނެއްދަރިވަރެއް އަޅާ ކިޔައިނަހަދައެވެ.
މިވާހަކަތައް ރިފޫ އާއި ޝާހުގެ މަންމައަށް އަހަރު ފެށުނުތަނާއި އޮޅުންފިލުވައިދިނުމުން އެހެންކުދިންނާއި ތަފާތު މަސައްކަތްދިނަކަސް ސްކޫލަށްގޮސް މައްސަލަ ނުޖައްސައެވެ. އަދި ފާހަގަ ކުރެވޭ އަނެއްކަމަކީ މިކުލާސްކުދިންގެ ބެލެނިވެރިން އެއްކުއްޖެއް އަނެއްކުއްޖެއްގެ މައުލޫމާތު ހޯދައިގެން ބޭކާރުވާހަކަ ރަށުތެރޭ ދައްކަމުން ނުދާކަމެވެ. ހާއްސަކޮށް ދަރިވަރުންގެ ވާހަކަތައް ބޭރުތެރޭގައި ނުދައްކައެވެ. މިސާލަކަށް އެހެންކުދިންގެ ގޭގެއަށް ގޮސް އެދުވަހު ކުލާހުގައި ހެދީ ތިމަންނަ ދަރިފުޅާއި އެއްމަސައްކަތެއްތޯ ހޯދާބަލާ ނަހަދައެވެ. އަދި ރިޕޯރްޓްފޯމްދޭދުވަހުވެސް އެހެންކުދިންގެ ޒާތީ މައުލޫމާތު އަނެއްބެލެވެރިންގެ ކައިރިންއަހާހަދާ ބައެއްވެސްނޫނެވެ. މިކުލާހުގެ ބެލެނިވެރިންނަށް ވަރަށް ރަގަޅަށް އިގޭ ކޮންމެކުއްޖަކީ ތަފާތުކުއްޖެއްކަން އަދި އެހެންކުދިންގެ މަޢުލޫމާތުހޯދައިގެންގޮސް އެއްވެތިބެ އެވާހަކަ ދެއްކުމުން އެކުދިންގެބެލެނިވެރިންދެރަވާނެކމެވެ.
މިސްކޫލްގެ ބެލެނިވެރިންނަކީ މިޒަމާނުގެ ތައުލީމީ (21 ގަރުނުގެ) ވަށްޓަފާޅިތަކަށް ވަރަށް ހޭލުންތެރި ބައެކެވެ. މިސާލަކަށް މިކުލާސްކުދިން އަބަދު ވޯރކްޝީޓްތައްހަދާ ކުރީޒަމާނުގޮތައް ކުޑަފޮތުގައާއި ބޮޑުފޮތުގައި މަސައްކަތްނުކޮށްފާނެކަން އެގެއެވެ. އޭގެބަދަލުގައި މިހާރު ގިނަވަގުތު ކުލާހުގައި ކުދިން ހޭދަކުރާނީ އަމަލީ މަސައްކަތްތަކުގައިކަން އެގެއެވެ. ގްރޫޕްމަސައްކަތާއި، ހުށެހެޅުންތައްހުށަހެޅުމާއި، ވާހަކަދެއްކުމާއި، ބަހުސްކުރުމާއި އަދި މަޝްވަރާކުރުމުގައިކަން އެގެއެވެ. އަދި މިބެލެނިވެރިންނަށް ސްކޫލުންވަނީ ލިޓަރަސީ އެންޑް މެތެމެޓިކްސް ސްކިލްސްގެ މުހިންމުކަންވެސް އޮޅުންފިލުވައިދީފައެވެ. މިގޮތައް ތަފާތުގިންތީގެ ދަރިވަރުންނަށް ވެސް ލިޔަންކިޔަން ދަސްކޮށްދިނުމާއެކު ހިސާބުއިލްމު ވަރަށް މުހިންމުވާނެކަމެވެ. ތަފާތު މާއްދާގެ ތެރެއިން އެދަސްކުރަންޖެހޭ މައުލޫމާތުގެ ބައިތައްވެސް މިދެހުނަރު ކުރިއެރުމުން އިސާހިތަކު ކުރިއަރަފާނެއެވެ.
މިކުލާހުގެ ބެލެނިވެރިން ގަބޫލުކުރާގޮތުން ރިޕޯޓުފޯމުވެސް އެކިކުދިންގެ ތަފާތުވެ ލިބޭ “ފީޑްބެކް” ވެސް ތަފާތު ވާނެއެވެ. މިކަހަލަ ތަފާތުތައް އެނގުނަސް ސްކޫލަށްގޮސް މައްސަލަޖައްސާ ނަހަދައެވެ. މިބެލެނިވެރިންގެ އެންމެކަމުދާ އަނެއްސިފައަކީ ފޯމުދޭ ދުވަހު އެކަކުއަނެކަކުގެ ދަރިފުޅަށް ލިބުނު ނަތީޖާ އަހާ އޮޅުން ފިލުވާ ނަހަދާކަމެވެ. އެމީހުންނަށް އިގޭ އެއީ ކޮންމެ އާއިލާއެއްގެ ވަރަށް ޒާތީކަމެއްކަން އަދި އެމީހުން އެކަކު އަނެކަކުގެ އިހްސާސްތަކަށް ވަރަށް ވިސްނައެވެ.

މިގޮތައް މިކަންތައްތައް ކުރަން ޓީޗަރާއި ބެލެނިވެރިންގެ އެއްބާރުލުންލިބުމުން އެއަހަރަކީ ހުރިހާކުދިންނަށްވެސް އުފާވެރިއަހަރަކަށްވިއެވެ. ރިފޫ އަށް އަހަރު ނިމުނު އިރު ކުދިބަސްކިޔަންއިނގެއެވެ. ޝާހު ކޮށަކޮށައިގެން 2 ބަހުގެ ޖުމުލައެއްކިޔާލައެވެ. ހިސާބުއަދަދުތައް ރިފޫ އަހަރު ނިމެންވާއިރަށް 1 އިން 50 އަށް ދިވެހިންނާއި އިނގިރޭސިން ގުނާލައެވެ. އަދި ޝާހު 1 އިން 100 އަށް ފަރިތަކަމާއެކު ދެބަހުން ގުނައެވެ. މިދެކުދިންނަށް ދެއަދަދުގެ ނަމްބަރުން އެއްކޮށް ކަނޑަން އިނގެއެވެ. އެކަމަކު އެކުލާހުގެ އެހެން ދަރިވަރުންނަށް ގެއްލައި ގުނަކުރަން އެނގުނަސް މިދެކުދިންނަށް އަދި ނޭނގެއެވެ.
ނަމަވެސް ދެން އައި ބޮޑުޗުއްޓީ ބަންދުގައި މިދެކުދިންގެ ބެލެނިވެރިންގެ މަސައްކަތުން ސްކޫލްހުޅުވެންވާއިރަށް ފަރިތަކަމާއެކު ކުދި ވާހަކަ ކިޔާލައެވެ. ހިސާބުއިލްމަށްވެސް ކުރިއަށްވުރެ އިތުރަށް ތަރައްގީވެ ކުރިއެރުން ލިބިއްޖެއެވެ. މިހެންވުމުން ގްރޭޑް 2 ގައި ކިޔަވަންފެށުމާއެކު މާބޮޑު އުދނގޫ ތަކެއް މިދެކުދިންނަށްކުރިމަތި ނުވެއެވެ.
