ޅެން އަހަރެންނަށް އަދި އިންތިޒާރުކޮށްލާށެވެ!

އަހަރެންނަށް އަދި އިންތިޒާރުކޮށްލާށެވެ!

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަހަރެންގެ ހިތް ކަލާގެ ހިތާއި އެބަ ވާހަކަދައްކައެވެ.

އަހަރެންނަށް ކަލާދެކެ ލޯބިވެވިއްޖެއެވެ.

އަހަރެންގެ ލޯބިވާ ފުރާނަޔާއެވެ.

އަހަރެންނަށް އިތުބާރުކުރާށެވެ.

ކަލާ ހާސިލްކުރުމުގައި އަހަރެން މިވަނީ ބޭގަރާރުވެފައެވެ.

ހަމައެފަދައިން ކަލާވެސް ތިޔަވަނީ ބޭގަރާރުވެފައެވެ.

އަހަރެންގެ ހިތުގެވިންދު ކަލާ ދެނެގަންނާށެވެ.

އަހަރެންދެކެ ކަލާވެސް ލޯބިވާށެވެ.

މިއީ ކޮންކަހަލަ އިހްސާސެއް ހެއްޔެވެ؟

އަހަރެންގެ ވަށައިގެންވަނީ ފެންކޯރުތަކެވެ.

އެހެނަސް އަހަރެންގެ ކަރުހިއްކުން ފިލައިގެން ނުދެއެވެ.

ކަލާ ކޮންމެ ދުވަހަކު އަހަރެންގެ ހަނދާންތަކާއި ހުވަފެންތަކުގެ ތެރޭގައި ދިރިއުޅެއެވެ.

ހަމަ ހަޤީޤަތުގައިވެސް ކަލާ ބުނެބަލާށެވެ.

އަހަރެންގެ ހިތްތަޅުވަނީ ކީއްވެހެއްޔެވެ؟

އަހަރެން ކަލާގެ ކުރިމަތިން މިފަދަ ގޮތަކަށް ވަކިވާކަށް ނޭދެމެވެ.

ހާލަތު ނިޔާކުރާގޮތުން މިވަގުތަށް އަދި އަހަރެން ވަކިވިޔަސް،

އަދި އެނބުރި އަންނާނެކަމަށް ވަޢުދުވަމެވެ.

ކަލާ އަހަރެންގެ މީހަކަށް ހަދާނަމެވެ.

އަހަރެންނަށް އަދި އިންތިޒާރުކުރާށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.