ޅެން ރަންމުތުގެ ފަރުބަދަ (19/ފަހުބައި)

ރަންމުތުގެ ފަރުބަދަ (19/ފަހުބައި)

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

19 ވަނަ ބައި ( ފަހުބައި )

ޤުދުރަތް ވިމާތް ދެއްވެވި ތަށިން ހެޔޮއެއް ކަމެއް ނުމެކުރި މިތާ

        ޤުދުރަތުގެ ޤާނޫނާ ޚިލާފް އެތަކެއް ކުށެއް ކޮށްފިޔެ  ޔަޤީން!

އަތްފައި ކަފައި މަސްތުގެ ތެރޭ ފީނާ ޖުވާ ކުޅުނީ ދަރާ

      އަތްފައިން އަނބިން މެރިއިރު މިއީ ކޮންފަދަ ކަމެއް ދަނެޔޭ ޔަޤީން

އުފަލާ އެކީ ވީއަނބި ދަރިން، އެކުގައި އުޅުން ގާތް ރަށްޓެހިން

     ! އުފަލަށް ތެދޭ އެކުގައި މިތާ ދާވަޢު  ގެފަހު  ކޮށްލާ  ސަލާން

ދަހިވެތި ކަމުގެ ސާލުން ދެލޯ ކަނުކޮށްގެނޭ ތިޔަ އުޅެވުނީ

        ފަހިދިރިއުޅުން އެކަމުން ވެގެން ދާނޭ މަގެއް ނުވެޔޭ ޔަޤީން!”

ބުނެފައި އެހެން ނެތުމުގެ ތެރަށް ޣައިބޭ އެވީ ލޯކުރި މަތީ

        ބުނެފައި ދޮގެއް ނުމެވާނެތީ ވިސްނާ ފިކުރު ކުރެވުނު ރޮމުން

ހިތަކަށް މިތާ ރަންމުތް އޮތަސް އުފަލެއް މަށަށް އަދުވާނެބާ؟

          ހިތަކަށް މަގޭ ހަމަޖެހިލުމެއް ނުމެވާނެޔޭ ދުވަހަކު ޔަޤީން

ދުވަހަކު ކޮޅުން ހުސްވެސް ނުވާ ފައިސާ މަށަށް ވެއްޖޭ ޖަމާ

        ދުވަހަކު އެކަމު އުފަލެއް މިތާ އިތުރަށް ލިބުން ނުމެވޭ އަލުން

އިންދާ އެހެން އިރު އޮއްސުނޭ އިންދާ ހަޔާތް ކަޅުވެސް ވިޔޭ

        ވިންދާ މަގޭ ރޫޚާ ނިކަން ގެންދާނެ ވަޤުތައް އަދު ހުރިން

(ނިމުނީ)

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.