18 ވަނަ ބައި
އެވަޤުތު ބަލާ ލެވުނޭ ބެޔަށް ރުޅިވެރި ކަމާ އެކުގައި ލޮލުން
އެވަޤުތު އެތާ ހިނިތުން ވެގެން ހުއްޓާ މަށަށް ފެނުނޭ ޔަޤީން
“ތީ ކާކުހޭ؟ ކިހިނެތް ވެގެން މިއަޅާ ހަޔާތް ކޮށްލީ ހަފުސް؟”
“މީ ކާކުކަން ބޭނުން ވަނީ ނަމަބުނެ ދެމޭ ވީއަޑު އަހަން!”
ހަރުކޮށް މިހެން ބުނުމާ އެކީ މުސްކުޅި އެބޭ ފެށިޔޭ ކިޔަން
ކަރުއެލި އެތާ އަޑުވެސްއަހަން އަހަރެން އިނީ ދެރަވީކަމުން
އަހުރެން ނަކީ ކަލެޔަށް ޓަކާ ޤުދުރަތް ފޮނުއް ވެވި ޢިމްތިހާން
އަހުރެން މިއައި ކަލެޔާ ކުރަން ބައްދަލު މިތާ ފެއިލިމެ ވުމުން!
އުޅެވުނު ދަތިވި ހާލުގެ ތެރޭ ލިބުމުން މަގެއް އަލިވީ ތެދޭ
އުޅެވުނެ ހަޔާތް ފުނޑުފުނޑުމެކޮށް އަބަދާ އަބަދު ކަރުނުން ފުރަން!
ނިޢުމަތެ ކެއޭ ސިއްހަތް ރަނގަޅު ހިމެނޭ ގޮތައް ގާތްވީ އަޙުން
ނިޢުމަތް އަނބިންނާ އަދި ދަރިން ބޭނުން މެނުވެ އެދުނީ ތިހެން!
ކޮމެންޓް (0)
ލޯޑް ކުރަމުން...