ޅެން ރަންމުތުގެ ފަރުބަދަ (17 ވަނަ ބައި)

ރަންމުތުގެ ފަރުބަދަ (17 ވަނަ ބައި)

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

17 ވަނަ ބައި

މުތްތަށް އިތުރު އެވަމުން ނެގޮސް ހެދުނީ މުތުގެ ފަރުބަދަ ރަނުން

        ހިތްހުއްޓިފައި  އެގޮތައް  އިނިން  ގަގުވެސް  އަރާފައި  ލޯމަތިން

ރަންމުތުގެ ބޮޑު ފަރުބަދަ މަތީ އޮތް ޒާހިރާ އުނގުގައި ތެރޭ

       ރަންތަށި އަތުން ގެންއިދެ ހިފައި ފުޅިބުރި އޮތޭ ކައިރީ ނިކަން

އިންދާ  މިހެން ނެތުމުގެ  ތެރޭން ފެނުނޭ ބެއެއް މުސްކުޅި ފުރާ

       ދެން ގާތަށޭ ޖެހި ވެސް އެލީ ތަށި ދިން ބެކަން ވެއްޖޭ ޔަޤީން

ހުއްޓަން އެދުނު ނަމައީ ތެދޭ ހުއްޓޭނެ ގޮތް ނުވިޔޭ އެދޭ

       ހުއްޓަން އުޅުނު ވަރަކަށް ރޮވޭ މިންވަރު އިތުރު ވާކަން ޔަޤީން

ރަންމުތް ތަކުގެ މައްޗަށް އަރާ ހުއްޓުން މަގޭ ގާތޭ މިތާ

       ރަންތައްޓަކުން މުޅި ޒިންދަޤީ ވިސްނުނެ އަލަށް ބަނަކޮށްލިކަން

އެނގިގެން ނުވޭ ވީކީއް ކަމެއް ނަމަވެސް ހިތައް ވިސްނުނު މަގޭ

         އެނގިހާމަވާ ކަމަކީ މިތާ  “ކަނުކޮށް” ހުރީ އަދަކާ  ހަމައިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.