ޅެން ރަންމުތުގެ ފަރުބަދަ (13 ވަނަ ބައި)

ރަންމުތުގެ ފަރުބަދަ (13 ވަނަ ބައި)

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

13 ވަނަ ބައި

އެދުވަހު ގަނޑުން ބަލިވީ ކަމުން ހުރިހާ މުތެއް ހުސްވެވިދެރީ

         ބެދުނީ  މަޅީ ދަރަނީ ތެދޭ އެވަރަށް އަތުގަ މުތް ނެތް ކަމުން

ކުރުމަށް އަދާ ދަރަނީ މަޅިން ވިސްނީ ގޮތެއް ހަމަހޭ މެނެތި

         ދުރު ވިސްނުމަށް ނުމެގޮސް  އަޔޭ ރޯނޭގޮތެއް މިޚިޔާލަކުން

މިޚިޔާލަކީ މުޅި ޒިންދަޤީ ހަފުށުން ފިހެލި އަޞްލީ ހުޅޭ

          މިހިސާބަށާ ހަމައިން އަހާ ތެރިނޭ ކިޔުން ކަނުލާ ނިކަން

ދިޔުމުން ގެޔަށް ލޯބިން އައިސް ބައްދާލަމުން ބުނި ޒާހިރާ

       “ގޭގައި ނުއުޅި އަބަދަށް ދުރުގަ ތިޔަހެން އުޅެން ނޭދެން ވަކިން”

“ބުރަކޮށް އުޅޭ ތިއްޔޭ މިހެން ނުމެވަދެވެނީ މުނިޔާ ފުޅާ

        އިހުގައި އުޅުން ގޮތުގައި ވުމަށް ދާން ހިންގަވާ ކޯރަށް އަލުން”

ލޯތްބާއެކީ  ހިނިތުން  ވަމުން  ދެވުނޭ  ޖަވާ  ބެއް  ހީލަތުން

        ލޯތްބާ  ރަހުމު ވޭހޭ  ނެތިސް  ހަމަ  ބުއްދިޔާއި  ވިސްނުން؟

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.