ރަންމުތުގެ ފަރުބަދަ (11 ވަނަ ބައި)
11 ވަނަ ބައި
“ބަދުނާމުތަށް އެޅުވުނު ވަރާ މެދުގައި ތިހިތް ހަމަ ޖެހުނު ތޯ؟
މަދުވީ ފުކެއް، ވެލި ކުނިކޮޅެއް ހޯދަން ގެއަށް އައިހޭ އަލުން؟”
އެވަގުތު ހިތަށް ވެރިވީ ކަރުނަ “އިސްރާފު” ވެސް ނުކުރަން ހިތާ
އެވަގުތު ނުރޮއެ ހިންދާލުމަށް ގަސްތޭ ކުރީ ރުއިމަށް ފަހުން
“އަހަރެން މިއައި ކުރެވުނު ހިޔާ ކުރެވުނު ޢަމަލު ދެރަވަރު ކަމުން!
އަޚަކަށް ވުމުން މާފަށްމެ އެދި ދެމެހެއްޓުމަށް އެކުވެރި ގުޅުން
ފުރުސަތު މަށަށް ދެއްވާ ނިކަން ރުޅިއިސްކުރެވި ކުރެވުނެ އެކަން
ބުރުދެން އަރާ ނޭޖާގައެއް އިތުރަށް މަދޭން އެދިގެން ނުވަން”
“ހެދިހާ ގޮތެއް ހެދިގެން ހުރުން އަހަރެން ޒަމީރް އެދިގެން ނުވޭ
އެދިގެން ވިޔަސް އިތުރަށް ދެނެއް އެކުގައި އުޅެން ނެތްކަން ޔަޤީން
އަހަރެންގެ ހިތް ކަލެޔަށްޓަކާ ބިއްލޫރިހާ ސާފޭ ތެދޭ
އެހެނެއް ކަމަކު މިގުޅުން އަލުން ނުވެޔޭ އެކީ ދެމިގެން މިވުން
