ޅެން Untitled

Untitled

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

    ރާގު: މަލާ ތިޔަ މަލުގެ ޝަރަފުގައޭ

 ޝައިޠާނާގެ މަޤްޞަދު

ނިކަން ސިއްރުން އެޝައިޠާނާ މި ވަސްވާސްދޭ ފިލާ ހުރެގެން

          މިކަން ކޮށްލާ އެކަން ކޮށްލާ، ނަޞޭހަތް ދޭ ބަލަން ހުރެގެން

  ހެވާނުބަޔާ އެކީ އޮޅުވާ، ވަރަށް ރީއްޗަށް މަކަރު ހަދަމުން

         އެވާގޮތް ނޭނގި ހުއްޓާ ޒަހަރު އެބަ ބޮވެޔޭ އަމިއްލަ އަތުން

  ހަޞީލަތް ހެޔޮ ވިހާ ގޮތްތައް ބަދަލުކޮށް ނަފްސަށޭ އޮޅުވީ

        ނަޞީބުން ހިތް ފަސާދަކުރޭ، ގަޟާ ޤަދަރާއި މަތިކުރަމުން

 ވަރަށް ހުޝިޔާރުކޮށް  ފާފައިގެ ލޮންސި ތަކުން ދެޔޭ ހަމަލާ

        ދުރަށް ގޮސްގެން ރެކެން ބޭނުން ވިޔަސް ނުވެވޭ އެހަމަލާއިން

 ޖަވާހިރުހެން  ހިތަށް އަރުވާ  ހަވާނަފުސަށް ތިމާ ގެން  ގޮސް

          ހަވާ ނަފުސަށް ތަބާ ކުރުވާ، ޘަވާބުން  ނަފުސު ދުރުކޮށްލުން

 ބަލަން ފަރި މާބަގީޗާއަށް، ހުރީމާ ކަށިތަކޭ ހެރެނީ

           ލޮލަށް ފެނިދާ އެ މަންޒަރު ތައް ބަދަލުކުރެޔޭ ނިކަން އުފަލުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.