ޅެން ރަންމުތުުގެ ފަރުބަދަ (10 ވަނަ ބައި)

ރަންމުތުުގެ ފަރުބަދަ (10 ވަނަ ބައި)

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަށްޑިހަ ގުނޭ ހާރަން މުތޭ އޭގައި ވަނީ އެތެރޭ ފުރާ
          އަށްޑިހަ މުތޭ ގެއްލުނު އެއީ ޝައްކެއް ނެތޭ އެކަމަށް ޔަޤީން

ރާޝިދުގެ ބޮލުގައި އެޅުވުނީ ދޮގު ތުހުމަތެއް ކަން އެނގި މަށަށް
           ރާޝިދު ކުށެއް ނެތްކަން މިތާ ރޭކާ މަށަށް ލައިފިޔެ ޔަޤީން

ވިސްނާ ލުމަށް ފަހުގައި މޮޅީ ރާޝިދުގެ ކައިރީ ފަށް ފަށުން
         ގަސްތާ އެކީ މާފަށް އެދުން ކަމުގައި މަށަށް ނިންމުނެ ރޮމުން

ކުރެވުނު ކުށާ މެދު ވިސްނަމުން ދިޔައީ ފެނޭ ތޯ ރާޝިދޭ
       ހުރެވުނެ އެގޭ ބުޑުގައި ލަދުން ވަންނަން ނުކެރި މާޔޫސް ވެގެން

ރާޝިދު  ތެދޭ  ފެނުމާއެކީ ބަސްހުއްޓުނޭ އެއްކޮން މަގޭ
         ރާޝިދު ގެއަށް ވަންނަން ނުރުހި ކޮށްލީ އިޝާ ރާތެއް އަތުން

ކޮން ބޭނުމެއް؟ ކޮން އަޑުތަކެއް؟ ކޮން ބެރުތަކެއް ޖެހުމަށް ތިއައި”
       ” ކޮން ގޮތްތަކެއް ބާ ރާވަނީ ބަދުނާ މުކޮށް ލަދުގަން ނަވަން؟”

ރާޝިދުގެ ގިނަ އެސުވާލުތައް އަޑުއިވުނު ނަމައީ ޒާހިދަށް
         ރާޝިދު އެދޭ ފަދަ މޮޅު ޖަވާބެއް ދޭން ހަދާ ނީކިހި ނަކުން؟

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.