ޅެން ވަޤުފު ކުރި ހިތް

ވަޤުފު ކުރި ހިތް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

           

      ސިހުމަކުން ނޭވާލަމުން ވިސްނާލިޔޭ

                        ރިހުމަކުން ހިތުގައިއަޅާ  ތަދުނުފިލަޔޭ

         ގަސްތުގައި ވޭނީޒަޙަމް ނުމެދޭނަމޭ

                         ފަސްދެމުން ދާހެން މަށަށް ހީކުރެވެޔޭ

         ޔާރުދިން އަނިޔާތަކުން ހިތް ކަތިވުމުން

                           އާރަކުން ލޭ އޮހެރިދާ ހެން ހީވެޔޭ

         އުދަވަމުންނާ އޮއްސެމުންދާ ތަރިތައްނަޔާ

                        އުދަރެހުން ބަބުޅާގޮތުން ހިތް ދަތިވިޔޭ

         މަންޒަރުން ތަސްވީރުވާ އެކިކުލަތަކުން

                      މަންޒިލެއް ފެންނާނެހެން ކަށަވަރުވިޔޭ

        ވަޤުފުކޮށް ދޭހިތް ތިބާ ފޮރުވާނަމޭ

                    ވަގުތަކަށް ހިތްލެބުނަކަސް އޮންނާނެޔޭ

       

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.