މަންމަގެ ނަޞޭހަތް
މަންމަގެ ނަޞޭހަތް
ލިޔުއްވީ: ސަފިއްޔާ ހަސަން/ ފިފްޓީ ފްލާވަރ / އއ. އުކުޅަސް
ހަމަ މިދޭ މަންމާ ނަޞޭހަތް އައްސަވައިގެން އިންނަވާ
ހަމަ ނަހަމަ އިންސާފު އޮޅުވައި ވެސް ނުލާށޭ ދަރިފުޅާ
ށައިވަގެން އަންނާނެ ކަށިތައް ދިމަ ދިމާ އިން ތޫނުހާ
އައި ގޮތަށް ހެރިގެން ދިޔުން ރަނގަޅެއް ނުވާނޭ ދަރިފުޅާ
ލައްކަ ގިނަތައް އެޅިދެޔޭ ބުރު ދުނިޔެވީ މިހަޔާތުގައި
ވައްކަމާއި ޓެކުމުން ދުރުވެ ހުރުމޭ މޮޅީ ހަމަ ދަރިފުޅާ
ހަސަދަޔާއި ފިތުނައިގެ ޖަންގަލި ދޫކުރައްވާފައި ފަހަށް
މަސަލަހާ ސުލްހައިގެ މައިދާ ނަށް ދުވާށޭ ދަރިފުޅާ
ކޮންމެފަދަ ޖެހުނަސް މުސީބާ ތެއް ބަލާއެއް އަދި ވަބާ
ކޮންމެހެން ކިބަޔަށް ޚުދާ ޝުކުރޭ ކުރާނީ ދަރިފުޅާ
ހޯދުމަށް ޢިލްމުގެ ކަނޑުން އަގުމާތް ވެގެންވީ ރަންމުތީ
ބޯދެމުން ފީނާ ބަލާ ހިތްމަތް ކުރާށޭ ދަރިފުޅާ
ބިންމަތީގައި މަގުފުރައްދާ އިންދި ޝައިޠާނާ ގަހުން
ބިންނަވައިގެން އޭގެ މޭވާ ޔެއްނުވާނޭ ދަރިފުޅާ
ފަސް ވަގުތު ބަންގީ އަޑަށް ދުރުވާށޭ އަވަހަށް މިސްކިތައް
ފަސް ކުރުން ވަގުތުގެ ނަމާދެއް ހެޔޮނުވާނޭ ދަރިފުޅާ
ދާދި އަވަހަށް ދާދިކައިރީ މަރުވެޔޭ ކުރިމަތިވެގެން
ދާދިޔުމުގައި ފަސް އެނބުރި ބެލުމެއް ނުވޭ ހަމަ ދަރިފުޅާ

ވަރަށް ޢިބްރަތްތެރި ނަސޭހަތްކޮޅެއް