ޅެން ރަންމުތުގެ ފަރުބަދަ (8 ވަނަ ބައި)

ރަންމުތުގެ ފަރުބަދަ (8 ވަނަ ބައި)

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރަންމުތުގެ ފަރުބަދަ (8 ވަނަ ބައި)

ދުނިޔޭގަވީ  މިހަޔާތުގައި  ދެގޮތެއް  ނުވާ  ރަހުމަތްތެރިން
                   ގުނެވޭނެހާ  މަދުވާނެތީ  އުނިވިޔަ  ނުދީ  ވީގެންގުޅެން
އެހެނަސް އެކަން ވިސްނެން ފެށީ ބީވީފަހުން ލޯކުރިމަތިން
               ޖެހެވުނު މަޅީ ނެއްޓުން ނުވާ ޝައްކާ ވަހުމް ކުރެވުނުކަމުން
ރާޝިދު އަކީ އަބުރަށް ބަލާ ޢިއްޒަތް ނިކަން ރައްކާކުރާ
              ފާޚިޝް ނުބައި ކަންތައްތަކުން ދުރުގައި އުޅޭ ފަރުދެކެ ޒުވާން
ނަން ހަޑި ވެގެން ގޮސްކިލަނބުވާން އަގު ވެއްޓިގެން ބޭޒާރުވާން
            ތަންދިނުމަކަށް ދުވަހަކު ކޮޅުން އެދިގެންނުވާ ފަރުދެކެ ޒުވާން
އަބަދުމެ އަބަދު ހާލުމެ ބަލާ ވަރަކުން ނެވީ ދީލަތި އެހީ
             އަބަދަށް ޓަކާ އެކަމަށް މިތާ ޝުކުރޭކުރަން ވީ ހެޔޮހިތުން
އެހެނަސް މަށަށް ދެވުނޭ ނަމެއް ރާޝިދު މިތާ ލަދުގަންނަވާ
          ޖެހެވުނެ ވަހުމް ޝައްކާއެކީ ފެހި ދަލުގަ އަދު  “ލޯކަނު” ވުމުން
ހެޔޮކަން ނުދަނެ އެކަމުގެ ބަދަލު ބަދުނާ މަކުން ވެދުމޭކުރީ
           ކެޔޮގަނޑު ކަނޑާ ނިމުމާ އެކީ ގަސްވެސް އެކީ ލުހެލީ މުލުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.