ޅެން

ޝުކުރުތައް ފޮނުވަނީ

ޅެން ލިޔުއްވީ : ޝާހިލް މުޢީން / މާވަޑައާގެ/ އއ. އުކުޅަސް

ޝުކުރުތައް ފޮނުވަނީ

ނިމުން ނެތް ޝުކުރުތައް ގަތައިގެން ފޮނުވަނީ

    ބިމުން ނޫރު ފަނޑުވުން ނުވާހެން ވިދާނީ

        ހިމުން ފަސްގަނޑުންވެސް ސަނާތައް ކިޔަނީ

             ބިމުން މާތް މި ދީބުގެ ތިނަން ފަހެ ގޮވަނީ

ތިނެއްވީ ނޮވެންބަރު ވަގުތުގައި ފަޖުރުލާ

    މިނެއްނެތި އެ ބާޣީން ވަޒަންތައް ޖަހައިލާ

        ރެނެއްވާ އެ ހިތްވަރު ދިފާއުގެ ވިހަމަލާ

           މިނެއްނެތި އެބަތަލުން ދެމުންދިޔަ ޔަޤީނީ

ތަމަޅަ ޓައިގަރުންނާ “ވަސަންތީ” ގޮވައިގެން

    ހަމަލަތައް މިދިނުމަށް “ޕުލޮޓު”ތައް ހަދައިގެން

       ކަމަރު ބަނދެ އެލުތުފީ ވިބޭނުން މިވެރިކަން

             ހަމަލަތައް އެކަމުވީ ހުރަހަކަށް އެމަދަނީ

“ޤައުމު އަދު މިއަނބުރާ ނަމޭލާ އަހަރެމެން”

     މައުނަވީ އެހިނިތުން ވުމާއެކު އެބުނަމުން

       ވައުދުވީ ސަގުރުނާ ސިރޭއަދު އެކިބުރުން

           ފައުނަކުން އިލާޙީ އެބުނިބަސް ނިވާނީ

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close