ޅެން

މުސްލިމުން މިތިބީ ދެކޮޅަށް

ރަސޫލާ(ޞޢޥ)އަށް މަލާމަތްކޮށް ހަޖޫޖެހުމާ ތިބިން ދެކޮޅަށް،

                ރަސޫލުންނާ ނަބިއްޔުންނަށް ހަޖޫޖެހުމާ ތިބިން ދެކޮޅަށް.

ފުރާންސުވެރިން އަމުރުދީގެން އެތާ ކާޓޫނު ކުރަހައިގެން،

ގުޅުންހުރި ލިޔުންތައް

               އިމާރާތަށް ނަގާޕޯސްޓަރު ބަހައްޓާތީ ތިބިން ދެކޮޅަށް.

އަޖައިބެއްފަހެ ނުވާވަރުހޭ ރައީސް މެކްރޯންގެ މޮޔަކަންފެނި،

             އަޖަލުކުޑަތަން ވެގެންތިކުރާ މަލާމާތާ ތިބިން ދެކޮޅަށް.

ދެބިލިޔަން މުސްލިމުންގެ ހިތަށް ދެމުންއަނިޔާ ބިރެއްނެތިގެން،

            އަބަދުތިގޮތަށް ފޮށޭފޮށުމާ ތިބީމޭހަމަ މުޅިން ދެކޮޅަށް.

ނަގަން ޢިލްމީ ގޮތުން ހަތިޔާރު ތައްޔާރަށް މިއަދު މިތިބީ،

            ތިގަންނަގަނޑެއް ތިހެންގަތުމަށް ނުދޭން ފުރުޞަތު ތިބިން ދެކޮޅަށް.

ތިތާ މިނިވަންކަމޭ ކިޔަމުން ރަސޫލާ(ޞޢޥ)އަށް ފޮށޭފޮށުމަށް،

           މިތާ މިތިބީ ބުނަންހެއްޔޭ ނިކަން ކެރިގެން ނުކުމެ ދެކޮޅަށް.

މިއަދު މުސްލިމް ބައެއް ޤައުމުން މަޑުންތިއްބަސް ވެގެންޖެހިލުން،

          ތިފަދަ ހަޖުލާ މަލާމާތައް މިތާ މިތިބީ މުޅިން ދެކޮޅަށް.

މިއީދިވެހިންނެ ހިތްވަރުހުރި މިދީނުގެ ޙައްޤުގައި ތެދުވަން،

          ތިލާދީނީ އުސޫލުތަކާ މިތާމިތިބީ މުޅިން ދެކޮޅަށް.

ދުޢާކުރަމުން ރައީސް މެކްރޯންގެ ވެރިކަންނިމި ދިއުންއެދިގެން،

          ކުރާއަދު އިލްތިމާސެއްކަން ބުނަން ހަޖުލާ މުޅިންދެކޮޅަށް.

                         ___________

ސަލާމާ އިތުރު ޞަލަވާތާ އަރިސްކުރަމޭ އެމާތް އަރިހަށް،

        ގަތާ ގުލްހާރު އަމުނައިގެން ވިޚައިރުލްބަޝަރު މާތް އަރިހަށް.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close