ޅެން

ރަންމުތުގެ ފަރުބަދަ (4 ވަނަ ބައި)

ހަތަރުވަނަ ބައި

މަތުލަބު ދެހިތް ގުޅިފައިވުމުން މަޤުސަދު މި އެއްގޮތް ވީކަމުން
                ފަތުރާލަދިން  ދާވަނި  ވަނީ  ލޯތްބަށްޓަކާ  ޒީނަތްވެގެން
ބިޔަރާޅުތައް ނެގިނަމަ ވިޔަސް  “ދެރިޔާ” ނަގައި ގެންދުއްވުމުން
              ހިޔަލަށްމެދެވި  ނިވަލަށް  ވަދެވި  ގެންދެވެވުނީ އެކުގައިވުމުން
މިޔަ ތޫނުވީ ޚަންޖަރު ތަކުން ރެކިގެން ސަލާމަތް ވީ އެކީ
              ފިޔަޖެހި ފަތިސް ތަކުގައި  ތެދޭ އިޝްޤީ  ރޮނގުން ހަމަހަމަވުމުން
ތަރިތަކު މަތީ ގަނޑުވަރު ބިނާ ކުރެވެން ނެތަސް ވީމޭ ޚުޝީ
                ފަރިޔަށް  އޮޅާނޭ ފޭލިނެތް! އެހެނަސް ޤަދަރުވެރިކަން ޔަޤީން
ހަމައަށް ދެއިރު ކާނޭމަހެއް ލިބުމަށް އެދަތި ވީނަމަ ވިޔަސް
               ކަމަކަށް އެކަން ނުހަދާ ނިކަން ކުރިޔަށްހިނގީ ހިނިތުން ވަމުން
ދެރަ ނިކަމެތިން ސަފުގައިވިޔަސް ފަންތީ ގޮތުން ދަށުގައިވިޔަސް
              ގެރަކާން ތެދޭ ޖެހިފައިވިޔަސް މިހަޔާތް ވަނީ އަލިކޮށް ޔަޤީން
ވީމޭ މަތީ ފަރުބަދަ ތަކާ އުފަލުގެ މިފެން އާރުގެ ތެރޭ
                ވީމޭ އެސަފުގައި މަހުޖަނުން ވީމާ  އުޖާލާ  ދިރިއުޅުން

ހިތްހަމަ ޖެހޭ  ދިރިއުޅުމުގައި ދަތިތައް އެގިނަ ހުރިނަމަވިޔަސް
              ހިތްބަލިވެގެން  ރޮއެހެދުމަކީ  އަހަރެންކުރާ ކަމެކެއްމެ ނޫން
ފޫދާކަށެއް  ދެލޮލުން  ކަރުން ނިކަމެތިވިޔަސް  ނުޖެހޭއެކުން
              ފުއްދާލަމުން  ޝުކުރޭކުރީ  މިންވަރުފުޅަށް  ހެޔޮވީ  ހިތުން

އެކު ޒާހިރާ ފެށި ދަތުރުގައި އެކި ކަނޑު ހުރަސް ކޮށްގެން މިތާ
             އެކި  މަންޒިލަށް  ވާސިލުމެވާން  ކުރި  ހިތްމަތޭ  މިފެށީލިޔަން

ކަނޑުގައި އޮމާން ފުރި ދޯނިގޮސް ފަނޑުކަމުގެ ތެރެޔަށް ގެއްލިގޮސް

             ކަނޑުވެވި ޣަރަޤުވެވިގެން ދިޔުން ވީއަޞްލަކަށް ދަހިވެތިވެވުން

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close