ޤައުމީ ދުވަހުގެ ……؟
އަޙުމަދު ނާޞިޙު ގދ. ގައްދޫ އަބުލަޣީގެ
*****************
އުދަވަމުން އައި އިރު މިއަދު އޮހޮރާކަރުނަ އެބަ ދެކެމުހޭ؟
އުދަރެހުން ދައްކާ މަނާޒިރު ހިތުގެ ދެލޮލުން ދެކެމުހޭ؟
މަޑުމަޑުން ޖެހުމުން އެދިޔަ މިނިވަންކަމުގެ ފިނި ރޯތައް
މަޑުވެ ހިނދިގޮސް އަދުއުފައްދާ ކޮޅިގަނޑެއް އެބަ ދެކެމުހޭ؟
ދިވެހި ޤައުމީ ފަސްގަނޑަށް ދަހިވެތިވެ ބާޒެއް ކަޅިއަޅާ
ދިވެހި ދީބުގެ ޖައްވު ކުރަމުން ދާ ކިލަނބު އެބަ ދެކެމުހޭ؟
ދިވެހި ޤައުމުގެ ޙައްޤުގާ ޤުރުބާންވެދިޔަ ބަޠަލުންފަދައިން
ދިވެހި ޤައުމުގެ ފަސްގަނޑާ ދީނަށް ޤަދަރު އެބަ ކުރަމުހޭ؟
އަދި ވޮށެއްފަދަ މާތް ޝަހީދުން އޮހުރުވާލެއްވެވި ލެއިން
އަލި ނުލާހިކު ދަންމަރެއް ޤައުމިއްޔަތަށް އަލިކޮށް ނުދޭހޭ؟
ފަޚުރުވެރި ޣާޒީން ކޮށައި ދެއްވެވި އުޖާލާ މަގުތަކުން
އަހުރަވެތި ނޫކަށި ޒުވާނުން ހަމަ ހިނގަން ނުއުޅޭނުހޭ؟
ލޯބިވާ ވަޠަނަށްޓަކައި ކުޑަ ހިނދުކޮޅަކު ވިސްނާ ލިޔަސް
ލޯބިވާ ވަޠަނުގެ މި ގިސްލުން ކަންފަތަށް އިވެމުން ނުދޭހޭ؟
ރާޅުތައް ގޮނޑުދޮށްތަކަށް ބޭސްދީ ކިޔައިދިން ރާގުތައް
ފާޅު ކުރަމުން ދާ އެ ހިތި އިޙުސާސްތައް މޭރުން ނުވޭހޭ؟
ކޮމެންޓް (0)
ލޯޑް ކުރަމުން...