ޅެން ހެޔޮ ޢަމަލުކުރާ ބަޔަކަށް ވާށެވެ!

ހެޔޮ ޢަމަލުކުރާ ބަޔަކަށް ވާށެވެ!

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހިތްހެޔޮކަމާ އެކުގައިއުޅޭ ބަޔަކަށްވުމީ ލާޒިމުކަމެއް،
     އޮތްއެއްޗަކުން ޚައިރާތުކޮށް އުޅުމީބުނަން ބޮޑުހެޔޮކަމެއް.
ދަހިވެތިކަމުން މުށްބާރުކޮށް އުޅުމުންލިބޭނީ ގެއްލުމެއް،
     ދަހިވެތިވުމުން ބަދުގޮތްވުމީ އެކިގޮތްގޮތުން މާގާތްކަމެއް.
އެކުވެރިކަމާ ރަޙުމާއެކީ އުޅުމީކުރަން ޖެހިދާކަމެއް،
     އެކުވެރިކަމެއް ނެތްއުޅުމަކުން ކުރިމަތިވަނީ މާބަނަކަމެއް.
ޢަމަލާބަހުން ތެދުވެރިވުމުން ލިބެވުންއޮތީ ނިޢުމަތްއެތާ،
     ޢަމަލާބަހާ ކަސިޔާރުވުން އެދުހުންއެޅޭނީ ކަސްތަޅެއް.
ހިތުގައިނިފާޤުގެ ބަލިއުފެދި ހިތްކަޅުވެގޮސް ދިހުނަށްވެގެން،
     މިތުރެއްގެސިފަ ނެތިގެއްލިގެން ދިއުމީހިތުން މާދެރަކަމެއް.
މަނަލެއްނެތޭ ހީކޮށްތިބާ ފާފައިގެ ‘ގިލަފަތި’ އަޅުވަމުން،
     ދާނަމަބުނަންހޭ ކުރެވެނީ މަގުފުރެދިގެން ދާނޭ ކަމެއް.
ޖަޒުބާތުގައި ޖޯޝީޒުވާން ލޭދައުރުވާ ހިނދުހިތުތެރޭ،
     ޢަޒުމާއެކީ ސީދާމަގުން ހިނގުމީބުނަން ހެޔޮއަޅުކަމެއް.
ޢަރުޝީގެމަތިވެރި ހިޔަލުގައި ހުރެވޭނެޔޭ އެދުވަހުތިބާ،
     ކަރުހިއްކުމެއް ނުލިބޭކަމީ އެތަނުންލިބޭ ބޮޑުނިޢުމަތެއް.

ޓެގް

ހިތްފަހި

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.