ޅެން މިނޫންގޮތެއް ހަމަ ނެތީބާއޭ!

މިނޫންގޮތެއް ހަމަ ނެތީބާއޭ!

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެހެންގޮތަކަށް މިކަންކުރެވެން ނެތީބާއޭ ހިތަށްއަރަޔޭ،
              އެހެންމަގަކުން ހިލާމިކަމެއް ނުވާނޭހޭ ހިތަށްއަރަޔޭ.
ބިދޭސީންގިނަ ގުނަވެޢަދަދުން މިތަންމިވަނީ މިޙާލަތުގައި،
              މިދޭސީންކަން ކުރާގޮތަކުން ޔަޤީނޭހަމަ ހިތަށްއަރަޔޭ.
ބިދޭސީންނީ ބިދޭސީންކަން އެނގެންޖެހެޔޭ ވަރަށްރަނގަޅަށް.
              އެދޭނަގުދުން މުސާރަމަހަށް ދެވެންވާނޭ ހިތަށްއަރަޔޭ.
މަސައްކަތް ކުރުވަނީދޭށޭ މުސާރަމަހުން ލަހެއްނުމެކޮށް،
              މަސައްކަތްކޮށް މަހެއްނިމުމުން ނުދީވޭހޭ ހިތަށްއަރަޔޭ.
އަހުލުޔާރުން ރަށަށްދޫކޮށް އެމީހުންއަދު މިތާއެތިބީ،
              މަހުންހަމަޔަށް މުސާރަދެވެން ޖެހޭނޭހަމަ ހިތަށްއަރަޔޭ.
އެމީހުންމަގު ތަކަށްދޫކޮށް ގެނައިމީހުން ފިލާބެޗުމުން،
              އެމީހުންއަދު ރެފިއުޖީންނަށް ވެފައިއެތިބީ ހިތަށްއަރަޔޭ.
މިހެންމިގޮތަށް މިކަންދާނަމަ މިތާޙުއްރިއްޔަތަށް ބުރުލެއް،
              އެހެންމަގަކުން އަތުވެދާނޭ ކަމަށްފެނެޔޭ ހިތަށްއަރަޔޭ.
ސަލާމަތްއޮތް ގޮތެއްހޯދާ މިކަންނިންމަން މިތާދިވެހިން،
              ސަލާމަތްކޮށް މިތަންބާއްވަން ނުވޭބާއޭ ހިތަށްއަރަޔޭ.

ޓެގް

ހިތްފަހި ބިދޭސީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.