ޅެން ދީބުވަނީ މޮޅިވެރިކަމުގައެވެ.

ދީބުވަނީ މޮޅިވެރިކަމުގައެވެ.

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޅެން: ޢަބުދުލް ޙަމީދު ( އެޑިޓަރ)

ވަނީ ދީބު މޮޅިވެރިކަމުގާއެ ކޯވިޑް ގެ ބަލިން

            މިންޖުވުމަށްއެދި ކުރަނީ ދުޢާއޭ…. 2

                  ތިބާ ޙަޔާތުންނޭ ހޯދަންވީ މަދަދު ލިބޭށިއެ

                        މާތްވި އިލާހޭ… މާތްވި އިލޭހޭ…..

ރަޙްމަތަށް އެދިގެން ރޯދަމަހެއް އައީ

            އިހުމާލެއް ނުވެތިބެ އަޅުކަން ޚާލިޞް ކޮށްގެން … 2

                  ރެޔާ ދުވާލާ ކެތްތެރިކަމުގައި ގޭގައި ތިބެގެން

                        ޛިކުރު ކުރާށޭ …. ޛިކުރު ކުރާށޭ ……

ޙަރަމާއި ކައުބާ ބަންދު ވެފައިވޭ

            ޙައްޖުގެ މަތިވެރި އަޅުކަން ނުކުރެވިފައިވޭ …. 2

                  މޮޅީގެ ސާލުން ބަނަކޮށްލީ އަދު ގަދަފަދަ އެތައްބައެއް

                        ފިކުރުކުރާށޭ …. ފިކުރު ކުރާށޭ …..

ޓެގް

ކޮވިޑް-19

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.