ރިޕޯޓް

ކޮވިޑް-19 ފެތުރޭލެއް ހަލުވިކަމާހެދި އިޓަލީގެ ސްކޫލްތައް ބަންދުކޮށްފި

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ވައިރަސް (ކޮވިޑް-19) އާއި ގުޅިގެން އިޓަލީ ވިލާތުގެ ބައެއް ޔުނިވަރސިޓީތަކާއި، ހުރިހާ ސްކޫލްތަކެއް ވަކިމުއްދަތެއްނެތި ބަންދުކޮށްފިއެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުގައި ބަންދުކުރީ ބައެއް ސްކޫލްތަކެއެވެ.

ވިލާތުގެ ޤައުމުތަކުގެ ތެރެއިން ވައިރަހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އިޓަލީވިލާތަށެވެ. ވޭތުވެދިޔަ ސައްވީސް ގަޑިއިރުގެ ތެރޭގައި އިޓަލީވިލާތުން ވައިރަހުގެ އަސަރު އަލަށް ފެނިފައިވާ މީހުންގެ ޢަދަދުވަނީ 500އަށްވުރެ އިތުރުވެފައެވެ. އަދި ވައިރަހުގެ ސަބަބުން އެޤައުމުން މަރުވި މީހުންގެ ޖުމްލަ ޢަދަދުވަނީ 100އަށްވުރެ އިތުރުވެފައެވެ.

ވައިރަހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެޤައުމުގެ މައި ސިނާޢީ ދެސަރަޙައްދުކަމަށްވާ ލަންބާޑީއާއި ވެނެތޯގެ މަދަރުސާތައް މިދިޔަ ހަފުތާގައިވަނީ ބަންދުކޮށްފައެވެ. އަދި މަރޗް އަށެއްގެ ކުރިން މަދަރުސާތައް ހުޅުވުން ރައްކާތެރި ނޫންކަމަށް އެޤައުމުގެ ސަރުކާރުން ބުނެއެވެ. ބަންދުކޮށްފައިވާ ސިނަމާތަކާ ދާރުލްއާސާރުތައް އަލުން ހުޅުވޭނެ ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ.

ވައިރަހުގެ ސަބަބުން އިޓަލީވިލާތުގެ ނާޒުކު އިޤްތިޞާދަށް ކުރާނެ އަސަރާމެދު ކަންބޮޑުވުންވަނީ އިތުރުވެފައެވެ. މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި އެޤައުމުގެ އިޤްތިޞާދަށް އެކެއް އިންސައްތައާއި ތިނެއް އިންސައްތައާ ދެމެދުގެ ހީނަރުކަމެއް އަންނާނެކަމަށް ބެލެވެއެވެ.

އިޓަލީވިލާތުގެ އިޤްދިޞާދާއިބެހޭ ވުޒާރާގެ ނައިބު އެންޓޮނިއޯ މިސިއަނީވަނީ އެޤައުމުގެ އިޤްތިޞާދު ކުރިއެރުވުމަށް ސަރުކާރުން ފިޔަވަޅު އަޅަމުންދާކަމަށް ވިދާޅުވެފައެވެ. ޤައުމުގެ އިޤްތިޞާދަށް ވަމުންދާ ގެއްލުން ފޫބެއްދުމަށް އިތުރު މަސައްކަތްތަކެއް ކުރުމަށް އެޤައުމުގެ ޤާނޫނުހަދާ މަޖިލީހަށް ހުށަހަޅުއްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close