އެމްވީ ޑިމޮކްރަސީ ނެޓްވޯކުގެ ނަގޫ ސަންފާއޮނަށްލުން!
އަޅުގަނޑާ އާދަނާ ދިމާވަނީ ޖުމުހޫރީ މައިދާނުގެ އިރު އުތުރު ކަންމަތީ ގާގަނޑުގެ ކޮޅުގައި އިށީންދެ އިންދައެވެ. އާދަނަކީ އަޅުގަނޑުގެ ވަރަށް ޒަމާންވީ ރަހުމަތް ތެރިއެކެވެ. އަޅުގަނޑު ޕޮލިސް ހެޑްކުއާޓަރާއި އަރާހަމަވިތަނާ އާދަނު ގޮވާލާފިއެވެ. އަދުނާނުއެވެ. މިތާ އިށީންނާށެވެ.
އާދަނުގެ ތުނބުޅި، މަތިމަހުގައި ކުރިއާ ތަފާތެއް ހުއްޓަސް، އަޅުގަނޑުވެސް އާދަނާ ޖެހިގެން ޕޮލިސް ހެޑްކުއާޓަރައް ކުރިމަތި ވާގޮތަށް އިށީންދެއްޖައީމެވެ.
އާދަނު މިތާ ގާގަޑުމަތީގަ އިރައްބަދެފަ އިން މާކަނައެއްހެން ޕޮލިހާ ދިމާލަށް ކަރުދިއްކޮށްގެން ތިޔައިނީ ކީއްވެފާހޭ! އަޅުގަނޑު އާދަނު ކުރެން އަހާފީމެވެ. އާދަނު ބުނަމުން ގެންދިޔައެވެ. ނޫނޭވާ ސާބަހޭ! ތިއޮއްވަރަށް ފާޑުފާޑުގެ އެއްޗިހި ލިޔާމީހާއަށް ވެސް މިވަގުތު މި ގައުމުގައި ހިނގާގެން މިއުޅޭ ކަންތައްގަނޑުގެ އެއްވެސް މައުލޫމާތެއް ހަމަ ނެތީހޭ! މިހެން ބުނިއިރު އާދަނުގެ ބޮލުގެ އިސްތަށިގަނޑު ކޮޅައްޖެހިފައި ހުރިތަން އަޅުގަނޑަށް ފެނެއެވެ. އަޅުގަނޑަށް ބުނެވުނީ އާދަނާ ކަލޭ ކުއްލިއަކަށް”ހަތްތަނުންކެކޭ” އުނދުނަކަށް ތިޔަ ބަދަލުވީ ކީއްވެހޭ! ރުޅިނައްޔާ ދެރައެއްނޫންހޭ! އެއުޅޭ ޝަހިންދާ ގުރޫޕުން ނެރެގެން އުޅޭ ރިޕޯރޓުގަ މާތްވެގެންވާ އިސްލާމްދިނަށް ބަދުބަސްބުނެ ކީރިތި ޤުރުޢާނަށް ހަޖޫޖަހާ ކީރިތި ރަސޫލާގެ އިއްޒަތަށާއި، ގަދަރަށް އުނިކަން ލިބޭގޮތަށް، އަދި އަހަރުމެންގެ ޅަދަރަނީންނަށް ކިޔަވާދޭ ފޮތްތަކުގައި އިސްލާމީ ހަރުކަށި އުސޫލުތަށް ހުރިކަމަށްބުނެ، ނެރެފައިވާ ރިޕޯޓުގެ މައްސަލަ މިހިރަ ޕޮލިހުން ތަހުގީގުކުރާ ވާހަކަ ބުނާތީ، އެމީހުން ގެންނަންޏާ ފެންނާނެ ނޫންހޭ! މިތާ އިށީންދެ މިއިނީ އެހެންވެއެވެ! ޕޮލިހުންނަކީ ވަރައް ސްޓޯރީގެ ބައެކެވެ.
އާދަނު މިހެން ބުނުމުން އަޅުގަނޑުގެ ކައިރިއަށް ހިނިއަތުވެއްޖެއެވެ. އަޅުގަނޑު ބުނެފީމެވެ. މިހިރަ މޮޔަޔާއެވެ. އަތުގަ ތިއޮއްފޯނުން ނޫސްތަށްކިޔާ ޙަބަރު އަޑުއަހާވެސް ނޫޅެންހޭ! މިހާރު ތިޔަގޮތަށް ޕޮލިސް ހެޑްކުއާޓަރ ކައިރިއަށް އައިސްގެން މައުލޫމާތެއް ނުލިބޭނެއެވެ. ތިއަށްވުރެ މާރަނގަޅުވާނެއެވެ. އެ އުޅޭ ހުސުނުއްސުޢޫދަށް ފޯނު ކޮއްލިއަސް! އެއިރުން ފަހަރުގަ ތިޔަމައުލޫމަތު ލިބިދާނެއެވެ.
ކޮންމެޔަކަށް ސަރުކާރުން އެމްވީ ޑިމޮކްރެސީ ނެޓްވޯރކް ސަސްޕެންޑް ކުރުމާއިގުޅިގެން ޝަހިންދާ އިސްމާއީލް އެދަނީ ރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާ އަލްފާޝިލް އިބުރާހިމް މުހަންމަދު ސޯލިހަށް އިންޒާރު ދެމުންނެވެ. މިއީ ކޮންމެސް ވަރަކަށް ވިސްނާލަންޖެހޭ ކަމެކެވެ.
ރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާއަށް ޝަހިންދާ އިސްމައީލް ޖެހެލުމެއްނެތި އިންޒާރު ދިނުން! އަޅުގަނޑަށް ސިފަވާ އެއްކަމަކީ ލާދިނީ ނެޓްވޯރކް މި ރާއްޖޭގައި ފެތުރިފައިވާ މިންވަރެވެ. ނުވަތަ މި ނެޓްވޯރކް ފެތުރުމަށް މިވަގުތު ދުނިޔޭގައި ނަންހިނގާ ބާރުގަދަ ގައުމުތަކުން ނުވަތަ ޖަމުޢިއްޔާ ތަކެއް ޝަހިންދާ އިސްމާޢީލް މެންނަށް ބެކަޕް ދީގެން ސިއްރިއްޔާތުގައި އަޑީގައި ތިބުމެވެ.
އެމްވީ ދިމޮކްރަސީ ނެޓްވޯކުން ދެފަހަރެއްގެ މަތިން ވުޖޫދު ކޮށްފައިވާ މި ރިޕޯރޓުގައި ލިޔެފައިވާ ބަހުރުވައާއި، ބުނެފާވާބުނުން މާތްވެގެންވާ އިސްލާމް ދީނާއި ޙިލާފްކަން ވަޅާއެރި ހިސާބުން ރައްޔިތުނގެ މަޖިލީހުގެ ރައީސް ރައީސް ނަޝީދު ދެފައި އެއްތާ ނުޖައްސަވާ އުޅުއްވާއިރު ހީވަނީ ސާލީހަކަށް ކަންވާރުބޮޅު އޮޅުވާލާގެން ފަޔަށް ހިނިއަރާގެން އުޅޭހެންނެވެ.
ރައީސް ނަޝީދު ސިޔާސީ ހަޔާތްޕުޅަށް ނުކުންނެވީސުރެ ގައުމުގައި ތިއްބެވި ބައެއް ދިނީ އިލުމުވެރިންނާއި ބައެއް ސިޔާސީ ފަރާތްތަކުން ގެންދެވީ ރައީސް ނަޝީދުގެ އިސްތަށި ފުޅުގާ ލާދީނީ ތާކިހާއަޅުވަން މަސައްކަތް ކުރައްވަމުންނެވެ. މިފަހަރުވެސް މިކަމުގައި އެބައިމީހުން އެމަގަށް މަސައްކަތް ކުރާނެ ކަމުގައި ލިޔަންޖެހެއެވެ.
މިކަން މި މަގައް ހިނގާ ދަނިކޮށް އެމްޑީއެންގެ ރިޕޯރޓް ވުޖޫދުވުމާއިއެކު، ރައްޖޭގައި މިވަގުތު ތިއްބެވި ހުރިހާ ފުންނާބުއުސް ދީނީ ބެބޭފުޅުން ޝަހިންދާ އިސްމާއީލްގެ ބޮލުގައި ކުރިސްޓިއަން މިޝަންގެ ތާކިހާ އެޅުވުމުން ރައީސް ނަޝީދު ފުރަތަމަ ނުކުންނެވީ އެމްޑީއެންގެ ރިޕޯރޓްގެ ދިފާޢުގައެވެ. އަދި މިރިޕޯރޓް ދިފާއު ކުރަން ހައްދަވާގެން ރައީސް ނަޝީދަށް އެތެރޭގެ ޕުރެސަރު ބޮޑުވެ ސޯޓްބެލޭ ހިސާބަށް ކަންތަށް ދިއުމުން އެކިފަހަރު އެކި ރާގަށް، އެކިގޮތްގޮތަށް ވާހަކަ ބަދަލު ކުރައްވާ، އެއްވެސް ކުރިއެރުމެއް ނުފެނުނީތީވެ، މިހާރު އެވަނީ މިނުބައި ސައިތޯނީ ވަސްވާސް ހިމެނޭ އެމްވީ ޑިމޮކްރަސީ ނެޓްވޯކުން ނެރެފައިވާ ރިޕޯޓާއި ދޭތެރޭގައި ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ. މިއީ ހަމަ ގައިމުވެސް ހިޔޮޙަބަރެކެވެ.
ރައީސް ނަޝީދުގެ ބަސްމަގު އެމްވީ ޑިމޮކްރަސީ ނެޓްވޯކުގެ ރިޕޯރޓަށް ފިޔަވަޅު އަޅާގޮތަށް ބަދަލު ކުރެއްވިއަސް! މިވަގުތު އެމެރިކާއާއި، އެމެރިކާގެ ހިއުމަން ރައިޓްސް ވޮޗުން ނެރެފައިވާ ބަޔާންތަކަށް ބަލާއިރު ދިވެހިސަރުކާރަށް މިކަމުގައި އަމަލީ މާބޮޑު ފިޔަވަޅެއް އަޅަންކެރޭނެ އަދި އެޅޭނެކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވެއެވެ. ސަބަބު ކޮންމެވެސް ވަރަކަށް ލިޔެލާނަމެވެ.
ނިމިދިޔަ ރިޔާސީ އިންތިޙާބުގައި ދިވެހިރައްޔިތުންގެ ބޮޑު އަގުލަބިއްޔަތަކުން އެމްޑީޕީއަށް ރައްޔިތުން އާބަސް ބުނެފާ ވަނިކޮން ރައީސް ޔާމީންއަށް އިންތިހާބު ގެއްލުމާއިގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވޯރޓް އޮޅުވަލިކަމަށްބުނެ، ވޯރޓް ހިލާލުމުގެ ބޭނުމުގައި ރައީސް ޔާމީނު ސްޕްރީމް ކޯރޓަށް ހުށައެޅި މައްސަލާގައި، ރައީސްޔާމީނަށް އެއްވެސް ދުލެއްނުދީ ދިވެހިރައްޔިތުންގެ ނިންމުން، ދިވެހިރައްޔިތުންނަށް ހޯދައިދިނީ އެމެރިކާގެ ބާރުގައޭ ލިޔުމަކީ ލިޔުމުގެ ކުށަކަށް ނުވާނެއެވެ.
މި ސަބަބު މިހެން އޮތުމުން އެމްވީ ޑިމޮކްރަސީ ނެޓްވޯކް ސަސްޕެންޑު ކުރި މައްސަލާގައި ދިވެހިސަރުކާރުގެ ނިންމުން ބަދަލުކޮށް ދިމޮކްރަސީގެ މަގަށް ހުރަސްއެޅޭ އެންމެހާ ކަންކަމުން ދުރުވެ ނިމިދިޔަ އިންތިހާބުގެ ތެރޭގައި އެމެރިކާ އާއިއެކު ވެފައިވާ އެއްބަސްވުމަށް ދިވެހިސަރުކާރުން އެނބުރި ރުޖޫއަވުމަށް އެމެރިކާއިން އެދަނީ ގޮވާލަމުންނެވެ. ސުވާލަކީ! އެމެރިކާއިން އެބުނާ އެއްބަސްވވުމަކީ ކޮބާހޭ! މި ސުވާލު އަޅުގަނޑު ދޫކޮށްލާނީ ކިޔުންތެރިންނަށެވެ. ” ހަރުބަހެއްގައި އޮންނާތީ ދުށީމެވެ. ” ބަޅެއްގެ ނަގޫ ސަންފާ އޮނަކަށް ލިއަސް ތެދެއް ނުވާނެއެވެ.” ހަމަ އޮންނާނީ ބަޅަށެވެ.

ވަރަށް މޮޅު ރިޕޯޓްގެ ކޮންސެޕްޓް .. އަދުނާނުގެ މިފަދަ ރިޕޯޓްތައް ވަރަށް ސަޅި އަދުނާނު ތިޔަބުނުއްވަނީ ހަމަ ތެދުފުޅެއް.
ބަޅެއްގެ ނަގޫ ސަންފާ އޮނަކަށް ލިއަސް ތެދެއް ނުވާނެއެވެ.” ހަމަ އޮންނާނީ ބަޅަށެވެ.