އަރާފަނި ޖިންނި!
( އެގާރަވަނަ ބައި )
ޖިންނި ސައިތޯނުން އުމްބައޯ ޖަހާގަތް ސަރަހައްދަކީ ތާރީހީ މިފަދަ އެހެން ހާދިސާއެއްވެސް ހިންގާފައިވާ ސަރަހައްދެކެވެ. އަރާފަނި ޖިންނި ވާހަކައަށް މައުލޫމަތު ހޯދުމުގެ ތެރެއިން އެނގުނު އަނެއް ކަމަކީ” ޖޯޝާ ކަމަނަ” ކިޔާ އަންހެން ކުއްޖަކު، ފީރޯޒުގެ ހިމެނޭ ސަރަހައްދުން ޖިންނީން އުމްބައޯ ޖަހާގަތް ގޮތަށް ވަގައްނަގާގެން ( އުނިކުރެވިފައި…..) ކައިރިއަށް ގެންދިޔަކަމެވެ.
ޖޯޝާ ކަމަނަ ވާހަކައަކީ ހަގިގީ ހާދިސާއަކަށް ވުމުން ވާހަކަ ލިޔުއްވާ ކޮންމެސް ބޭފުޅަކު ޖޯޝާ ކަމަނަ ވާހަކަ ލިޔުއްވާނެ ކަމަށްބަލާ މިހާދިސާގެ އިތުރު ތަފުސީލަކަށް މިވަގުތަކު އަޅުގަނޑު ނުދާނަމެވެ.
ޖިންނީންގެ ބަޔަކު އުމްބައޯ ޖަހާގަތް ވަގުތު ނުވަތަ ތަން، ނުވަތަ ކޮންގެއެއްގެ ކޮން ކަންމައްޗެއްކަން މި ވާހަކައަށް މައުލޫމަތު ދެއްވި އެއްވެސް މީހަކަށް ސީދާ ބުނެދެން އެނގިފައި ނުވާކަން ފާހަގަ ކުރަމެވެ. އެކަން އެމަގަށް ހުއްޓަސް ކަންހިނގި ގޮތާއި، ކަންހިނގި މަގު ޝައްކެއްނެތް މިންވަރަށް ހޯދިފައި ވުމުން އަޅުގަނޑަށް ލަފާކުރެވެނީ އެވަގުތު އުމްބައޯ ހުންނާނީ ކަރަންކާގެއާ މާދުރުނޫން ހިސާބެއްގަ މައުލޫދު ހަރުގޭގެ ބިގަރު އަލިވާ ހިސާބުގައެވެ.
ދެން ފާހަގަ ކުރެވުނު އަނެއް ކަމަކީ ޖިންނީން އުމްބައޯ ޖަހާގަނެގެން ގެންދިޔަ ގޮތާއި ބެހޭގޮތުންނެވެ. ސުވާލަކީ! އުމްބައޯ ޖަހާގަނެގެން ގެންދިޔައީ ހިންގުވާފަހޭ؟ ނޫނީ ވަރާގެ މަތީގައި ބައިންދާގެން އުދުހިފަހޭ؟ މި ދެސުވާލުގެ ޖަވާބު އަޅުގަނޑަށް ހޯދިފައި ނުވިއަސް އެއްކަމެއް އެނގުނެވެ. އެއީ! އުމްބައޯ ގައިގައި ބޯކިޔޮ ގަހެއްގެ ކަށި އަދި ކީއްކުރަންހޭ! ފަތިހު ބޯކޮށް ވިއްސާރަ ވެހުނަސް ފެންތިކެއްހާ ހިސާބުވެސް އުމްބައޯ ގައިގާ ޖެހިފައި ނުވެއެވެ.
ނ.ލަންދޫއަކީ ވާބޮޑު މާރަށަކަށް ވުމުން ލަންދޫގެ ބަންޑާރަ ގަނޑު ހިމެނޭ ރަށުގެ އުތުރު ފަޅީގައި ރޭގަނޑު ކަނުއަނދިރީގައި ބޯކިޔޮ ކަށިން ސަލާމަތްވެ ވަލުތެރޭގައި މަގުހިނގާ އުޅުމަކީ ދަތި އުނދަގޫ ކަމެކެވެ.
ކޮންމެއަކަސް ފީރޯޒުގެ، ދިލްބަހާރުގެ، ރޯޝަނީގެ، ލަންދޫ މަކުތަބު ނުވަތަ ލަންދޫ މަދުރަސާ އަދި މެދު މިސްކިތް ހިމެނޭ ސަރަހައްދަކީ ޖިންނި ސައިތޯނުން ދޯޅު ސަރަހައްދެއް ކަމުގައި، ތާރީޙައްޓަކައި ފާހަގަ ކުރެވޭނެ ފުރުސަތު އެބައޮތެވެ. އަދި އެދުވަސްވަރު މެދުމިސްކިތް ހިމެނޭ ސަރަހައްދުގައި ސަހަރާއެއް ވާކަމުގައި މިވާހަކައަށް މައުލޫމާތު ދެއްވި ގިނަބެފުޅުން ކިޔާދީފައި ވެއެވެ.
އަރާފަނި ޖިންނި ވާހަކާގެ ދިރާސާއިން ހޯދި ހޯދުން ތަކުން އެނގުނު އެއްކަމަކީ ނ. ލަންދޫއަކީ ޖިންނި ސައިތޯނުން އާދަޔާ ޙިލާފަށް ދޯޅު ރަށެއްކަމެވެ. އެކަން އެހެން ވެދާނެ ސަބަބުވެސް އެބަ ފާހަގަ ކުރެވެއެވެ. ނ.ލަންދުވަކީ ޒަމާނުންސުރެ ބުދުދީނުގެ އިސް ހާމުދުރުން ދިރިއުޅެފައިވާ މާރަށެކެވެ. އޮޅުދޫ ކަރައިގާ ދިރިއުޅޭ ބުދުދީނުގެ ހާމުދުރުންނަކީ ފަންޑިތައާއި ސިހުރު ވެރިކަމުގައި ހައްދުފަހަނައަޅާ ގޮސްފައިވާ ބައެއްކަން މިއަދުގެ ދިވެފިރާއްޖޭގެ ސިޔާސީ މަސްރަހުންވެސް އެބަ ފާހަގަ ކުރެވެއެވެ.
އަރާފަނި ޖިންނި ވާހަކަލިޔުމަށް އަޅުގަނޑު ހޯދިހޯދުންތަކުން ޔަޤީން ކަށަވަރުވި ތިންކަމެއް ފާހަގަ ކޮށްލާނަމެވެ. ފުރަތަމަ ކަމަކީ ނ.މާޅެންދޫން ނ.ލަންދޫ ބޮޑުމައުލޫދަށް އައި ކުޑަކުއްޖަކު ނ.ލަންދޫގެ ތެރެއިން ޖިންނީން ޖަހާގަތް ކަމެވެ.
ދެވަނަ ކަމަކީ އެ ކުޑަކުއްޖާ ޖިންނީން ޖަހައިގަނެގެން ރުކަންމަތީ ފެންގަޑު ކައިރިއަށް އަށް ގެންދިޔަ ކަމެވެ.
ތިންވަނަ ކަމަކީ މިދެންނެވި ކުޑަކުއްޖާ ރުކަންމަތީ ފެންގަނޑުގެ ކައިރީގަ އިންގަހެއްގެ ބުޑުމަތީގައި އިށީންގެ އިންދާ ޖެހިގެންއައި ދުވަހު ހެދުނު އަށެއްހާ އެހާކެއްހާ އިރު ލަންދޫ ރައްޔިތުން އެ ކުއްޖާ ހޯދައިގެން ކުއްޖާގެ ބެލެނި ވެރިންނާއި ހަވާލު ކުރިކަމެވެ.
އިސްވެ މިދެންނެވި ތިން ކަންތައްތަށް ހިނގާދިޔަ ގޮތުގެ މައުލޫމަތު ކިޔާދެއްވި ގިނަބޭބޭފުޅުން އެ ކިޔާދެއްވި މައުލޫމަތުގައި ފުށުއެރުން ހުރިކަން ނުވަތަ ކިޔާދީފައިވާ ވާހަކަ ތަކުގައި ތަފާތު ހުރިކަން ފާހަގަ ކުރަމެވެ. މިކަން މި މަގައް ހުއްޓަސް އަދި މިކަމާއި ގުޅިގެން ލިބުނު މައުލޫމާތު ތަފާތު ވިއަސް ކަމުގެ އަސްލު މަސްދަރު އޮތީ ތަފާތެއްނެތި ހަމަ އެގޮތުގައި ކަން ފާހަގަ ކުރަމެވެ. އެހެން ކަމަށްވުމުން ވާހަކާގެ ފަހު ދެބައި ލިޔުމުގައި ބެލިފައި ވާނީ މި ވާހަކައަށް މައުލޫމާތުދެއްވި ބޭބޭފުޅުންގެ ތެރެއިން އެންމެ ސައްޙަކަމަށް އަޅުގަނޑަށް ގަބޫލް ކުރެވުނު ގޮތަށެވެ. ﷲ އިރާދަފުޅު ކުރެއވިއްޔާ މީގެ ކުރީގެ ބައިތަށް ގެންސްދީފައިވާ ބީދައިން މި ވާހަކައިގެ ނިމުގެ ފެށުން މި ލިޔަން ފަށަނީއެވެ.
ވާހަކަ ނިންމުން!
ދެވަނަ ބޮޑުހަނގުރާމައިގެ ތަދުމަޑުކަން ދިވެހިރާއްޖެއިން މުޅިން ފިލާ ނުދިޔައަސް ﷲ ގެ ހިޔޮ ރަހުމަތާއިއެކު ނ.ލަންދޫ އޮތީ ތިޔާގިކަންމަތީ ހިޔޮހާލުގައި ކަމުގައި ލިޔަން ޖެހެއެވެ.
އަހަރަކު އެއްފަހަރު މުޅި އަތޮޅަށް ހުޅުވާލާގެން ނ.ލަންދޫ ރައްޔިތުން ބާއްވާ ބޮޑު މައުލޫދަކީ ނުވަތަ ގެޓްޓު ގެދައަކީ އެޒަމާނުގައި ދީނީ ގޮތުން ނ.ލަންދޫ ރައްޔިތުން ދުރައްރާވާގެން ނ.އަތޮޅުގައި ހިންގާ އެންމެބޮޑު ދީނީ ހަފުލާއެވެ.
ލަންދޫ ބޮޑު މައުލޫދު ހަރުގޭގައި ދިއްލާފައިހުރި ބިގަރުތަކުގެ އަލިން މުޅި ސަރަހައްދައް ވަނީ އަލިވެފައެވެ. މި މަންޒަރު ބެލުމަށްޓަކައި މައުލޫދަށް ރައްރަށުން އައިސްތިބި މީހުން އެތިބީ ކުޑަކުދިން ކިހީއްޔަށް ޖަހާލާގެން ބޮޑު މައުލޫދު ހަރުގޭގެ ދޮރުމަތީގަ ދިއްލާފައި ހުރި ބިގަރުތަކުގެ ހިތްގައިމް ރީތި ” ރިހި އައްޔަށް” ބަލަހައްޓާގެންނެވެ. މިފަދަ ހިތްގައިމް އަލި ރީތި މަންޒަރެއް ދުވަހަކުވެސް ފެނިފައިނުވާ އެތަށް މީހުންނެއް މިފަހަރު މި މައުލޫދަށް އެކިރައްރަށުން އައިސް ތިބިކަން ފާހަގަ ކުރަމެވެ.
ޅެންވެރިން ބުނާގޮތުންނަމަ ނ.ލަންދޫ ބޮޑު މައުލޫދު ހަރުގޭގެ ތެރެ ހީވަނީ ފަލަކުން ނައްޓާލާގެން އައިސް އިން ހަނދެއް އިންހެންނެވެ. އެހާވެސް ހިތްގައިމެވެ. އަދި ހަމަ އެހާމެ ނަލަވެފާ ޗާލޭ! އަޅުގަނޑު ފަދަ ދެލިނުހިނގާ ގަލަމެއް ގެންގުޅޭ މީހަކަށް މި މަންޒަރުތަށް ތިޔަބެފުޅުންނަށް ކަރުދާހުގާ ކަޅަހުދުން ލިޔެ ސިފަކޮށްދެން ދަތިވެފައި ހަމަ ފިސާރި އުނދަގުލެވެ.
ބޮޑު މައުލޫދު ހަރުގޭގެ ހުރިހާ އިންތިޒާމެއް ހަމަޖެއްސުމަށްފަހު” ބޮޑުބާރަ” މީހުންގެ ގުރޫޕްގެ ހުރިހާ މީހުން އެވަނީ ފެންވަރާ ނަލަހެދުމަށްޓަކައި އެމީހެއްގެ ގެއަށް މިވަގުތު ގޮއްސައެވެ. މައުލޫދު ފެށުމަށް ހަމަޖެހިފައިވާ ގަޑިއަކީ މިރޭގެ އިޝާނަމާދަށް ފަހުގައެވެ.
މައުލޫދު ހަރުގެއަށް ގެންދާ ކޭމުގެ އެންމެ ފަހުގެ ތައްޔާރީތަށް ވުމަށްޓަކައި އާމިންދައިތަ އެގެންދަނީ ބަދިގޭގާހުރެ ފޮޅިގަނޑު އަޅަމުންނެވެ. ކޭމުގެ މަތީގައި ބާއްވާ ފޮޅިގަނޑު އެޅުމަށްފަހު ބާކީއިން ބިސްކޮޅުން އުމްބައޯއަށް ކުޑަފޮޅިގަނޑެއް އެޅުމަށްފަހު ބަދިގޭގަ ބާއްވާފަ އާމިންދައިތަ ބޭރައް އެ ނިކުތީ އުމްބައޯ ހޯދާށެވެ.
ހީވާގޮތުން މިހާރު މަޢުރިބު ނަމާދުން މީހުން ފައިބާނެއެވެ. އެވަގުތު އުމްބައޯ ހުރީ ފީރޯޒުގޭ ކުންނާރު ގަސްދަށުގައި ބިގަރު އަލިވާ ހިސާބުގައި ފޮލިކޮޅެއް އަތަށް ލާގެންނެވެ. އާމިންދައިތަ ގޭތެރެއިން އެ ނުކުންނަނީ ފޮޅިކޮޅުދޭން އުމްބައޯ ހޯދާށެވެ.
ކުއްލިއަކަށް މުޅިސަރަހައްދަށް އަލިކޮށްލުމަށްފަހު މަލަކާ ދޮންހައްވަ އެ ތިރިކޮށްލަނީ ފީރޯޒުގޭ ކުންނާރުގަހުގެ ތެރެއަށެވެ. މަލަކާ ދޮންހައްވަ ހަތަރު ފަރާތަށް ކަޅިއަޅާލުމަށް ފަހު އުންބައޯ ޖަހާގަނެ އެ ބައިދަނީ ވަރާގެ.. (އަދި ނުނިމޭ! ( މިއަންނަ ހަފުތާއަށް އިންތިޒާރު ކޮށްލައްވާ!)