ރިޕޯޓް ޓީޗަރުންގެ ދުވަހުގެ ހަދިޔާއަކަށް ރިސޯޓް ދަތުރެއް!

ޓީޗަރުންގެ ދުވަހުގެ ހަދިޔާއަކަށް ރިސޯޓް ދަތުރެއް!

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ކޮންމެއަހަރެއްގެ ޓީޗަރުންގެ ދުވަސް ސްކޫލުތަކުން ފާހަގަކުރަމުންދަނީ ބެލެނިވެރިންނާއި، އެސްކޫލެއްގެ މެނޭޖްމެންޓުން އިސްނަގައިގެން ވަރަށް ކުލަގަދަކޮށެވެ. ދުވަހުގެ މުނާޞަބަތުގައި ޓީޗަރުންނަށް އެކިކަހަލަ ހަދިޔާތައް ބެލެނިވެރިންނާއި، ދަރިވަރުންގެ ފަރާތުން ދެމުންދަނީ ވަކިމިންވަރެއްނެތިއޭ ބުންޏަކަސް އެއީ މުޅީން ދޮގަކަށް ނުވާނެއެވެ. އެހެން އެއްވެސް ދާއިރާއަކުން ފާހަގަ ނުކުރާވަރަށް ދުވަހެއް ފާހަގަކުރަނީ ޓީޗަރުންގެ އަގުބޮޑު މަސައްކަތާއި، ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ، އަދި ޓީޗަރުންނަށް އުފެދިފައި އޮންނަ ލޯތްބާއި ހަމްދަރުދީއެއްގެ ސަބަބުންނެވެ.

މިދޔަ ހޮނިހިރު ދުވަހަކީ ރާއްޖޭގައި ޓީޗަރުންގެ ދުވަހުގެ ގޮތުގައި މިއަހަރު ފާހަގަކުރާދުވަހެވެ. ކޮންމެ އަހަރެއްގެ ވެސް 5 އޮކްޓޯބަރަކީ ރާއްޖޭގެ ޓީޗަރުންގެ ދުވަހެވެ. އެހެންކަމުން މިދިޔަ ބުރާސްފަރި ދުވަހުން ފެށިގެން ބައެއް ސްކޫލްތަކުގައި އިއްޔެއާއި، ޖެހެންދެން ޓީޗަރުންގެ ދުވަހާއި ގުޅުވައިގެން އެކިކަހަލަ ޚާއްޞަ އިވެންޓްތައް ދިޔައީ ބާއްވަމުންނެވެ.

އިއްޔެއަކީ ނ.ލަންދޫ ސްކޫލްގެ ޓީޗަރުންނަށް ވަރަށް ޚާއްޞަ ދުވަހެކެވެ. އެ ސްކޫލްގެ ޙަޔާތުން 50 އެތައް އަހަރެއް ވެފައިވާއިރު އިއްޔެއަކީ ހުރިހާ ޓީޗަރުންނާއި އެސްކޫލްގެ ހުރިހާ މުވައްޒަފުން ރިސޯޓަކަށް ދަތުރެއްދިޔަ ފުރަތަމަ ފަހަރެވެ. މިއީ ޓީޗަރުންގެ ދުވަހުގެ މުނާޞަބަތުގައި އެސްކޫލްގެ ވެރިންނާއި، މެނޭޖްމެންޓުން އިސްނަގައިގެން ހަމަޖައްސައިދިން ދަތުރެއްކަމަށް އެސްކޫލުން ބުނެއެވެ.

އަޅުގަނޑުމެން އަބަދުވެސް ބަލަނީ ޓީޗަރުންނަކީ ވަރަށް ޚާއްޞަ ބައެއްކަމަށް . އެމީހުންގެ ޚިދުމަތުގެ ސަބަބުން ނޫންތޯ ކޮންމެ ދާއިރާއެއްވެސް ކުރިއަށް މިދަނީ . މިސާލަކަށް ޑޮކްޓަރަކުވެސް ޑޮކްޓަރަކަށް ވަނީ ޓީޗަރުން ކިޔަވައިދިގެން އެހެންނޫންތޯ. ލަންދޫ ސްކޫލްގެ އިސްވެރިޔަކު ނާރެސްމީޑިއާއި، ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.

ނ.ލަންދޫ ސްކޫލްގެ ހުރިހާ މުވައްޒަފުން އިއްޔެގެ މެންދުރު ކެއުން އޮތީ ސޮނެވާ ޖާނީ ރިސޯޓްގައެވެ. ރާއްޖޭގެ އެންމެ މަޝްހޫރު އެއްރިސޯޓް ކަމުގައިވާ ސޮނެވާ ޖާނީއަށް ލަންދޫސްކޫލްގެ މުވައްޒަފުން އިއްޔެ ކުރި ދަތުރުގެ ވާހަކަ ނާރެސް މީޑިއާއި، ހިއްސާކުރަމުން އެސްކޫލްގެ ޓީޗަރަކު ހާމަކުރެއްވި ގޮތުގައި ރިސޯޓް ދަތުރެއްގެ ފުރުޞަތު ލިބުމުން ހުރިހާ ޓީޗަރުންވެސް ތިބީ ވަރަށް އުފާވެފައެވެ. އަދި އެކަން ސަޕްރައިޒް އިވެންޓެއްގެ ގޮތުގައި ދިއުމުން އެހުރިހާ ބޭފުޅުންވެސް ތިބީ ވަރަށްބޮޑަށް ހިތްހަމަޖެހިފައިކަމަށް އެސްކޫލްގެ މުވައްޒަފުން ހާމަކުރިއެވެ.

ލަންދޫސްކޫލްގައި ޓީޗަރުންގެ ދުވަސް ފާހަގަކުރުމުގައި ކުރިއަށް ގެންދިޔަ އެކިއެކި އިވެންޓްތައް ނިންމާލީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ރޭގެ ނިޔަލަށެވެ. ރޭ އެންމެ ފަހު އިވެންޓެއްގެ ގޮތުގައި އޮތީ ލަންދޫސްކޫލްގެ ޕީޓީއޭގެ ފަރާތުން ޓީޗަރުންނަށް ދިން ރޭގަނޑުގެ ފަރިއްކޮޅެކެވެ.   

އެސްކޫލްގެ ޕްލޭގްރައުންޑްގައި ރޭ އޮތް އިވެންޓްގައި ބެލެނިވެރިންގެ ފަރާތުން ޓީޗަރުންނަށް ހަދިޔާ ދިނުމާއި، ހިތުގެ ޝުޢޫރުފާޅުކުރުން އޮތެވެ.

ލަންދޫ ސްކޫލުން ހާމަކުރައްވާ ގޮތުގައި އެސްކޫލްގެ ޕީޓީއޭ އަކީ ހީވާގި ހިންގުންތެރި ބައެކެވެ. އަދި ސްކޫލާއި، ޓީޗަރުންގެ މަސައްކަތްތައް ބަލައިގަންނަ ހޭލުންތެރި ޕީޓީއެކެވެ.

ޓެގް

ޓީޗަރުންގެދުވަސް ލަންދޫ ސްކޫލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.