” ފަނުދުންމާރި އަޑު ބިންބި ދަޑުން ހަރުދުވެލީ ރަށަށް ލެފުނުފަހުން ކަރުތާފެން އަރާހަމަވި ފަހުން ދަރުބާރުން ވަށާހޯދިފަހުން” މިއީ މޭނާހައްސާނުގެ ވަރައްމަސްހޫރު “ސިޔާސީ” ލަވައެއްގެ ފެށުމުގައި ގެނެސްފައިވާ ކަޑިއެކެވެ. އަޅުގަނޑަށް ގަބޫލް ކުރެވުނު ގޮތުގައި އެދުވަހުގެ ކަންހިނގާ މަގުން ސިޔާސަތާއި ބެހެލެވޭނީ މިފަދަ ގޮތަކަށެވެ. ނޫނީވިއްޔާ އިހުތިޔާރު ކުރަންޖެހޭނީ ޖަލެވެ.
ކަރުތާފެން އަރާހަމަވެ ކަރުގެ ލަގޮނޑި އަޑިއަށްދިޔަ ހިސާބުން ރައްޔިތުން ނުކުމެ ދިވެހިދައުލަތުގެ ބާރުގަދަ ރައީސް އަބުދުﷲ ޔާމީން ވެރިކަމުން ގަދަކަމުން ކަހަލަ ގޮތަކަށް ދުރުކޮށް ދެން ވެރިކަން އެ ހަވާލު ކުރަންވަނީ ޅ.ހިންނަވަރު ނޫރާނީއާގޭ އިބުރާހިމް މުހަންމަދު ސޯލިހާއެވެ. އެކަމަކު ވަކިކަންތައްތަކެއް ކުރުމަށް ޝަރުތުކޮށް މާތްﷲ ގަނދީ ހުވާކުރެއްވީމައެވެ.
45 ދުވަހުގެ ދިގު ކެމްޕެއިނަކަށްފަހު ރައްޔިތުންނަށް ވެލެއްވެވި ގުނާއަދަދު ނުކުރެވޭފަދަ ވައުދުތަށް މަނިކުފާނު ހަނދުމަފުޅު ނެތެމުން ދިޔައަސް އަޅުގަނޑުމެން އެ ވައުދުތަކުގެ މަތިން ހަދާންއެބަ އާވެއެވެ. ދެން ޖެހިގެން އައީ ރައްޔިތުނގެ މަޖިލީހުގެ އިންތިހާބެވެ. މަނިކުފާނު ދެފައި އެއްތާ ނުޖައްސަވާ އަވަސްހިންޏެއްހެން ރައްރަށައް އަރުއްވާ ރައްޔިތުން ކައިރީގައި އެތަށް އަދޭހެއް ކުރެއްވީތީ ރައްޔިތުންގެ މަޖިލީސްވެސް އެވަނީ މަނިކުފާނު ހިތްފުރޭވަރަށް ރައްޔިތުން ދެއްވާފައެވެ. އަޅެ ވިދާޅުވެ ބައްލަވާށެވެ. ދެން އިތުރަށް މަނިކުފާނު ބޭނުންފުޅުވެ ލައްވަނީ ކޯއްޗެއްތޯއެވެ! އަލުގަނޑުމެން ހަމަ ތައްޔާރެވެ.!
މަނިކުފާނުގެ ވެރިކަމުގެ ހަނީމޫނު ދުވަސްތަށް މިހާރު އެވަނީ ފާއިތުވެ ގޮއްސައެވެ. މިއަދުން ފެށިގެން ކުރިއަށް ކަނޑާ ކޮންމެ ދުވަހަކީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި، ޝަކުވާއާއި ކުރިމަތިލާން މަނިކުފާނަށް ޖެހިވަޑައި ގަންނަވާނެ ދުވަސްތަކެކެވެ.
މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަސް ވެގެން ދިޔައީ ސަރުކާރުގެ ހުރިހާ އޮފީސް ތަކުގެ ވެރިންނާ ފަސޭހައިން ބައްދަލްކޮށް އެޕޮއިންޓް މަންޓް ހަމަޖެހޭ ދުވަސް ތަކެއްގެ ގޮތުގައެވެ. އެކަމަކު މިވަގުތު ސަރުކާރުގެ އޮފީހެއްގެ ވެރިއެއްގެ ފައިންޕުޅު ފެނުމަކީ ހަތްވަޅުން ގާނެގުން ކަހަލަ ކަމެކެވެ. އެޕޮއިންޓް މަންޓް ހެދިއަސް ބައްދަލްވަނީ ނަސީބުރަނގަލު ފަހަރަކުއެވެ. މިނިސްޓަރާއި ބައްދަލްކޮށްފައި ނޫނީ ނުދާން ނުކުންނަ ގަޑީގައި ދޮރުމަތީގަ ހުއްޓަސް، ފޯނު ކަންފަތުގަ ޖަހާގެން ދުރުފަރާތަށް އެބުރިގޮސް އަރަނީ ކާރަށެވެ.
މަނިކުފާނު ތިޔަހުންނެވީ ދިވެހި ކޮންމެރައްޔިތަކަށް އާންމު ދިރިއުޅުމުގައި އަމާންކަމާއި، ސަލާމަތްކަމާއި، ރައްކާތެރިކަން ގާނޫނުން ކަށަވަރުކޮށްދޭ މިންވަރަށް ހޯއްދަވައި ދެއްވުމަށް މާﷲގަންދީ ހުވާކުރައްވާގެންނެވެ. އަޅުގަނޑު ގަބޫލު ކުރާގޮތުގައި ސަރުކާރުގެ ހުރިހާ އޮފީސްތަކެއްވެސް ހިގަންޖެހޭނީ މިބީދައިން، ހަމަ މިގޮތަށެވެ.
ކެމްޕެއިންގެ ދުވަސްވަރު މަނިކުފާނު ” ވައުދުވެ ވަޑައިގެންނެވި ގޮތަށް” އަދި މިހާތަނަށް ރައްޔިތު މީހާގެ ޖީބަށް ލުޔެއްނުލިބުމާއި، އަމިއްލަ ގޭގައި ނިދާލެވޭނެ ރައްކާތެރި ކަމާއި ސަލާމަތްކަން ނުލިބުމާއި، ކުޑަދަރިފުޅު ބޭރައްނުކުމެ މަސްތުވާތަކެތީގައި ނުޖެހި ސަލާމަތުން ގެއަށް ވަންނާނެ ކަމުގެ ގެރެންޓީ ނުލިބުމާއި، ކުޅެން ޕާކަށް ފޮނުވާ ޅަދަރިފުޅު ބޮޑުމީހެއްގެ ޖިންސީ ޝިކާރައަކަށް ނުވެ ގެއަށް އާދެވޭނެ ކަމުގެ ގެރެންޓީ ނެތުމެވެ. މިއީ މިވަގުތު މި ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގެ ދުވަހުގެ ޔައުމިއްޔާއެވެ.
ހުރިހާ ނޫސްތަކަކާއި ތީވީ ތަކެއްގެ ފަލަސުރުޙީތަކުން ފެންނަމުން ދަނީ ޕޮލިހުން ރެޑުހޭންޑުކޮށް އަތުލި ކުއްވެރިން އިތުރަށް ތަހުގީގު ކުރުމަށްޓަކައި މުއްދަތް ޖެހުމަށް ކޯޓަށް ގެންދާއިރަށް ޕޮލިހުންގެ ރައުޔާ ހިލާފަށް ގާޒީން އެމީހަކު ދޫކޮށްލާތަނެވެ. މިއީ ވަރައްދެރަވަރު ވާހަކައެވެ.
އަޅުގަނޑަށް ގަބޫލުކުރެވުނު ގޮތުގައި މިވަގުތު މި ގައުމުގައި އޮތް މެންމެ ހުތޫރަތްތެރި މައްސަލައަކީ ފުލުހުންނާއި ދެކޮޅަށް ޝަރުއީ ކޯރޓުތަށް މަސައްކަތް ކުރަމުންދާ މައްސަލައެވެ. ޕޮލިހުން އެތައްދުވަހަކާއި އެތައްރެއަކު ހޭލާތިބެ ފާރަލާގެން މަސްތުވާ ތަކެތީގެ ވިއާފާރި ކުރާމީހާ އަތުލާފައި އިތުރަށް ތަހުގީގު ކުރުމަށްޓަކައި މައްސަލާގެ އެންމެފުނަށް ވާސިލުވުމަށް މަސްތުވާ ތަކެތި ގެންގުޅުނު މީހާގެ މުއްދަތް ޖެހުމަތް ގާޒީންގެ ކުރިމައްޗަށް ގެންގޮސް އާދޭސް ކުރަމުންދާތަން ފެނުމަކީ ޒަމާނީ ޑިމޮކްރެޓިކް އަދި ތަހުޒީބީ މުޖުތަމައެއްގައި ކަން ވާންޖެހޭނެ ގޮތްކަމުގައި ގަބޫލެއް ނުކުރެވެއެވެ. އަދި މިއީ ބަވަނަ ވެފައިވާ ދުނިޔެއެއްގައި 21 ވަނަ ގަރުނަށް ފިޓުވާ ގާނޫނީ ހަމައެއްވެސް ނުމެ ނޫންމެއެވެ.
ކޯރޓުތަކުން ކަންތަށް ކުރަމުން އެގެންދާ ގޮތުން ބައެއްފަހަރު ޕޮލިހުންނަށްވުރެ ވަކި ނިކަމެތ،ި ބާރެއްނެއް ބައެއް ދިވެހި ދިދައިގެ ދަށުގައި ނުވާކަހަލައެވެ. ސަރުކާރާއި ދޭތެރޭގައި ބަޔަކު ނުރުހުނަސް އަދި އެޖެންޑާ 19 ގަބޫލް ނުކުރެވުނަސް މިއީދެން ފުކެއް ބޮޑުވަރެކެވެ. ދިވެހި ދައުލަތުގެ ފަހުރެއް ކަމުގައިވާ ފުލުހުންނާއި ސިފައިންނަކީ އެ ގަމުމެއްގެ މައިކަށްޓެވެ. ނުވަތަ ޝަރުއީ ނިޒާމް ވެގެން ދާންޖެހޭނީ އެ މައިކަޝީގައި ހިނގަހިނގާ ހުންނަ ބަދަލުނުކުރެވޭ ތާޒާ ލެޔަށެވެ.
އަލުގަނޑަށް ގަބޫލްކުރެވޭގޮތުގައި ގައުމެއްގެ އެތެރޭގެ ސަލާމަތްކަމާއި ރައްކާތެރިކަން އެ ގައުމެއްގައި އޮތްމިންވަރު އެގޭނީ ނުވަތަ ކަށަވަރުވާނީ އެގައުމެއްގެ ފުލުހުންގެ އިންޓެލިޖެންސަށެވެ. ކުއްކުރާމީހާ ކުށުގެ ވެށިން ހެއްކާ ގަރީނާއާއި އެކު އަތުލާގަނެގެން ގާޒީންގެ ކުރިމައްޗަށް ގެންގޮއްސަ މިއީ މިވެނި އެވެނިކަމެއްކުރަނިކޮށް ގެނައިމީހެކޭ ނުވަތަ މިހިރީ މި މީހާ ގެންގުޅުނު ތަކެއްޗޭ ޕޮލިހުން ބުނީމަވެސް، ޕޮލިހުނަށްވުރެ ބޮޑަށް އެމީހާގެ މައުލޫމާތު އިއްޒަތްތެރި ގާޒީއަށް އެނގިލައްވާ، ޕޮލިހުން ގެންނެވި ހެއްކާ ގަރީނާ ހޯދާފައި އެވަނީ މުޅިންރަނގަޅަށް ނޫންކަމަށް އިއްޒަތްތެރި ގާޒީ ނިންމަވާ އެ ބޮޑު ކުއްވެރިޔާ އަނބުރާ އެ ކުށުގެ މާހައުލަށް ދޫކޮށްލެއްވީމަ އަޅުގަނޑުވެސް ދެން ލިޔަންޖެހެނީ، ދެން އޮތީ ހަމަ އެޖެންޑާ 19 އެވެ.
މިހާދަށު ދަރަޖަޔަށް ބަޔަކު ދިވެހިދައުލަތުގެ އިސްތިގުލާލު ވައްޓާލާ ޕޮލިހުންގެ ބާރުވެރިކަން ވެއްޔާ މޮޑެވޭ ހިސާބަށް ކަންތަށް ގެންދިޔާމަ ފުލުހުންގެ އަސްލު ބާރުވެރިކަން ފުލުހުންނަށް ލިބޭވަރަށް ފުލުހުންގެ ގާނޫނަށް ބަދަލު ގެންނަންޖެހޭކަމަށް އަލުގަނޑަށް އެބަގަބޫލް ކުރެވެއެވެ.
މިސާލަކަށް ޕޮލިހުންގެ އިންޓެލިޖެންސަށް ލިބޭ މައުލޫމާތަކާއި ގުޅިގެން ކުއްލިހާލަތުގަ ” ކޯރޓް އަމުރުނެތި ” އެވަގުތު އިންޓެލިޖެންސުގައި ތިއްބެވި ހުރިހާ ބޭފުޅުން ވަކިގޮތަކަށް ކަންކުރުމަށް އިއްތިފާގު ވެއްޖިއްޔާ އެކަމެއް އެ އިއްތިފާގުވީ ގޮތަކަށް ކުރުމުގެ ގާނޫނީ ބާރުވެރިކަން ” މިހާރުން މިހާރަށް”ދިވެހި ފުލުހުންނަށް ދޭންޖެހޭކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެއެވެ. މިވަގުތު ގައުމުގައި މިއޮތް ކުށުގެވެށި ރަނގަޅު ހާލަތަކަށް ބަދަލު ކުރުމަށް ޕޮލިހުން ކުރައްވަމުން އެގެންދަވާ މަސައްކަތަށް ކޯރޓުތަކުންވެސް އެއްބާރުލުން ދޭންއެބަޖެހެއެވެ.
ލިޔެވިދިޔަ ވާހަކަތަކަށް ބަލާއިރު ގައުމުގައި އިސްލާހުކުރަން ނުޖެހޭ ހަމަ އެއްވެސް ކަމެއް ހުރިކަމަކަށް ފާހަގައެއް ނުކުރެވުނެވެ. އެހެންކަމުން ރައީސުލް ޖުމުހޫރިއްޔާ އިބުރާހިމް މުހަންމަދު ސޯލިހު މި ގައުމު އިސްލާހު ކުރެއްވުމަށް ކުރަންޖެހޭ މަސައްކަތް އެބޭފުޅާގެ ބޮލުގައި މިވަގުތުހުރި އިސްތައްޓަށްވުރެ މާގިނައެވެ. އަދި ކުރިއަށްއޮތް 5 އަހަރު، ފަސްއެނބުރި ނުބައްލަވާ ހަރުދުވެލީގަ ދަތުރުކޮށްގެން މެނުވީ ދިވެހިރައްޔިތުންނަށް އެބޭފުޅާވީ ވައުދުތަށް ފުއްދުމަށް ދިވެހިސަރުކާރަށް ސަލާމަތުގެ އައްސޭރިއަކަށް ނުދެވޭނެއެވެ.
