ޅެން އޭ ހިތާ……!

އޭ ހިތާ……!

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އޭ ހިތާ……!

ޅެން: ޢަލީ ޒިޔާދު / ލަންދޫ (ޢ.ޒ)

ވޭ ޙަސަދައިގެ ހިތްތައް މިތާ، ވޭ އެހާ ނަފުރަތު މިތާ

          ވޭން ދެނިވި ދޫތައް އެހާ، ވޭން ދެނީ ހިތަށޭ މިތާ

ކެތްކުރުން އޮތަތީ މިތާ، ކެތްތެރިވުމަށް ބުނަމޭ ހިތާ

          ކެތްނުވާ ޙާލުގަ ތިބާ، ނުމެ ވާށެ މާޔޫސް ހިތާ

ފެނިދާނެ މަންޒަރުތައް މިތާ، ލިބެވޭނެ އަނިޔާ ހިތާ

           ފެނި އެމަންޒަރު އޭހިތާ، ނުމެ ވާށެ މާޔޫސް މިތާ

އިއްވާނެ އަޑުތައް ހަދަހަދާ، ދެނެތިބެމެ ޙާލުގަ މިތާ

           އިއްވިޔަސް އަޑުތައް އެހާ، ނުމެވާށެ މާޔޫސް ހިތާ

ފެންނަ ފެނުމަށް ހީ ހަދާ، ދައްކާނެ ހެޔޮކަން ހިތާ

           ފެންނާނެ ހީލަތްތެރި މިތާ، ނުމެވާށެ މާޔޫސް ހިތާ

ފިނިކަމެއް ލިބެވެން އޮތީ، ޛިކުރު ކުރުމުންނޭ ހިތާ

            ފިނިކަމޭ އެދުވަހު އޮތީ، ނުމެ ވާށެ މާޔޫސް ހިތާ

8 މެއި 2019

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.