ނާނު

ރަމަޟާންމަސް! ވިޔަފާރިވެރިން މުއްސަދިވެ އާންމު ރައްޔިތުން އިތުރަށް ދަރަނިވެރިވުން!

      ލިޔަން ފެށުމުގެ ކުރިން އެއްވަހަކައެއް ފާހަގަކޮށްލާނަމެވެ. ދަންނަވަން ޖެހެނީ މި އާޓިކަލް ލިޔުމުގައި ދީނީ ނަޒަރަކުން ބެލިފައި ނުވާނެ ވާހަކައެވެ. ކޮންމެޔަކަށް ކުރިޔަށް މިއޮތީ ބަރަކާތްތެރި ރަމަޟާންމަހެވެ. ޒަމާނަށްއައި ބަދަލާއި ގުޅިގެން ދިވެހިންގެ އާންމު ދިރިއުޅުމަށް ބަދަލު އައިސްފައި ވީ ނަމަވެސް ރަމަޟާން މަހަށް ދިވެހިން ކޮށްއުލޭ އާންމު ކަންކަމުގެ ވައްޓަފާޅިއަސް އެއްވެސް ބަދަލެއް އައިސްފައި ނުވާކަން ފާހަގަ ކުރެވެއެވެ.

       ރަމަޟާން މަހަކީ ދިވެހިންނަށް ވަރަށް ހާއްސަ މަސްވަރެކެވެ.  މިއީ ދިވެހިންނަށް އަހަރުގެ ތެރޭގައި އަންނަ އެންމެ ޙާއްސަ މަސްވަރެވެ. އަދި މުޅިއަހަރު އެމަހައްޓަކައި ހުރިހާ ދިވެހިން ތައްޔާރުވެ ކަންކަން ތަރުތީބުކޮށްގެން ތިބޭ މަސްވަރުވެސް މެއެވެ. ރަމަރާން މަހަކީ ﷲ ސުބުހާނަހޫ ވަތައާލާ އެމަހެއްގައި އިންސާނިއްޔަތަށް ހުރިހާ ހިޔޮކަމަކާއި ރަހުމަތާއި ފުއްސެވުން ލައްވާ، އެ މަހެއްގައި ލައިލަތުލްޤަދުރު ވިލޭރޭ ލެއްވި މަސްވަރެވެ. އަދި ރަމަރާން މަސްވަރަކީ އެ މަހެއްގައި ކީރިތި ޤުރުޢާން ބާވާލެއްވި މަސްވަރުވެސް މެއެވެ.

          ދިވެހިންގެ ޒަމާންވީ އާދަކާދަ ބުނާގޮތުން ފިރިހެންވެރިން ކޮންމެ ތަނެއްގައި މަސައްކަތް ކުރަން ތިއްބަސް ރަމަޟާންމަހަށް އެމީހަކަށް ލިބުނު އެއްޗެއް ހިފައިގެން ނޫނީ ލިބުނު ފައިސާ ކޮޅަށް މުދާ ގަނެގެން އެމީހެއްގެ އަނބިދަރިންގެ ކައިރިއަށް ރޯދަ ހިފުމަށްޓަކައި އައުމަކީ ދިވެހިންގެ ޒަމާންވީ ބަދަލުނުވާ ތަރިތީބުވެގެން ހިގާ އާދަކާދައެކެވެ.

          ދިވެހިންގެ އާންމު ވައްޓަފާޅި ހުންނަގޮތުން ރަމަޟާންމަހުގައި އާންމުގޮތެއްގައި ކައިބޮއިއުޅޭ މައިގަނޑު ކާބޯތަކެތި އެއްގޮތްވިއަސް ފަތްފިލާ ވެއްޔާއި ތަރުކާރީ އަދި ފަލަމަޑީގެ ބާވަތްތަކާއި، އަދި ފުރޫޓުގެ ބާވަތްތަކާއި އަދި އެނޫންވެސް ދަޅުކާނާގެ ތަފާތު ބާވަތްތަށް އާންމު ގޮތެއްގައި ބޭނުންކުރެއެވެ. އަދި މީގެ އިތުރުން އެއްގަމްމަހާއި ބަޓަރާއި ޗީޒުގެ ބާވަތްތަކަކީވެސް ރަމަޟާންމަހައް ހާއްސަ ތަކެއްޗެވެ.

         މިދެންނެވި މަގަށް ދިވެހިންގެ ދިރިއުޅުމުގެ އާންމުވައްޓަފާޅި ރަމަޟާން މަހަށް ބަދަލުވަމުން ދާތީ، އާންމު ކާބޯތަކެތީގެ އަގުތަކަށް މާބޮޑެތި ބަދަލުތަކެއް ނަޔަސް ކެއުމުގައި ބޭނުންކުރާ ފަތްފިލާވެއްޔާއި، ފަލަމަޑީގެ ބާވަތްތަކާއި، ތަރުކާރީއާއި ފުރުޓުގެ ހުރިހާ ބާވަތްތަކެއް އަތްނުފޯރާ ހިސާބަށް އަގުތަށް ބަދަލުވެގެން ދެއެވެ. ރަމަރާން މަސްނިމޭއިރު ރައްޔިތުމިހާ ހުންނަނީ ދެފުށުން ތެލުލެވިފައެވެ. މި ސަބަބު މިހެން ހުރުމުން ސަރުކާރުގެ މުއައްޒިފުންނަށް ސަރުކާރުން ގެންދަނީ ރަމަޟާން ހަމުގެ ހާއްސަ އިނާޔަތެއްގެ ގޮތުން 3000.00 ރ. ދެމުންނެވެ. އެކަމަކު އަމިއްލަ ތަންތާ މަސައްކަތް ކުރާ މުއައްޒިފުންނަށް އާންމުގޮތެއްގައި ލިބެނީ 500.00 ރ. ނޫނީ 1000.00 ރ. އެވެ. ބައެއްތަންތަނުން އެއްވެސް އިނާޔަތެއް ނުދެއެވެ. މިސަބަބުތަށް މިހެން ހުރުމުން އާންމުރައްޔިތުންނަށް ރަމަޟާންމަސް ވެގެންދަނީ ދަތިއުނދަގޫ ތަކުލީފުބޮޑު މަހަކަށެވެ. ކުރުގޮތަކަށް ބުނާނަމަ ރަމަޟާންމަސް ނިމޭއިރު ތިމާ ހުންނަނީ ދެން ސަލާމަތްނުވާވަރައް ދަރާވިކިފައެވެ. އަދި ކަރަންޓް ބިލާއި، ފެންބިލް އޮންނަނީ ނުދެއްކި ޑަބަލްވެފައެވެ.

         އަޅުގަނޑާއި ސްމޮންއާއި ދިމާވަނީ ކ.ކާށިދޫފުށި އައިލޭންޑަށް ( އަސްލުނަމެއްނޫން) ދިއުމަށް ދޯންޏަށްއަރާ ހުއްޓައެވެ. ސްމޮންއަށް އަޅުގަނޑު ގޮވާލައިފީމެވެ. އައިސްބަލާށެވެ. ކީއްހޭތިޔަ ކުރަނީ! ބޭބެއެވެ. އަހަރެން މިދަނީ ކާށިދޫފުށި އައިލެންޑަށް ދާންވެގެންނެވެ. މާދަމާ އަންނާނަމެވެ. އަހަރެން ގަނެފައިއޮތް 4 ކޮޕީފަތްދަޑު ކާށިދޫފުށި އައިލޭންޑުގައި އޮނާނެއެވެ. ކުރިއަށް މިއޮތީ ރުފިޔާ ހޯދާ ސީޒަނެވެ. ކޮންމެ ކޮޕީފަތް ދަނޑަކީ އެއްލައްކަ ރުފިޔާއެވެ. ބޭބެއަށް އެނގޭހޭ މިހާރު އަހަރެން މާލޭ ލޯކަލް މާރުކޭޓުގައި 3 ކޮޕީފަތް ވިއްކަނީ ދިހަރުފިޔައަށެވެ. އެކަމަކު ރަމަރާން މަހު 3 ކޮޕީފަތް އަހަރެން ވިއްކަނީ 35 ރުފިޔާއަށެވެ. އަދި ކޮޕީފަތް ނޫނަސް ރަމަޟާންމަހު މާރުކޭޓުގައި ވިއްކާ ހުރިހާއެއްޗެއް ވިއްކާނީ ވަރައްއަގުބޮޑުކޮށެވެ. ބޭބެއަށް އެނގޭހޭ! ” ރޯދަމަހު ހުރިހާ އެއްޗެއް ކާމީހުން ގިނަވަނީ”! ޑިމާންޑާ އެއްވަރަށް ސަޕުލައި ހުއްޓަސް އަހަރުމެން އެއްޗިހި ގެންނަނީ ކޮންމެ ދުވަހަކު ހުސްވާ ވަރަށެވެ. ” އެއިރުން..  ބޭބޭ! އަހަރެން ބޭނުން ވައްތަރު ކުރަނީ”! ބޭނުންވާ މީހާ ޖެހެނީ ކަންޏާ ގަންނަށް! ދިވެހި މީހުން މިވައްތަރު މަސައްކަތް ނުކުރަނީ !

          ދެން އަޅުގަނޑު ހިނގައިގަތީ ހުޅަނގަށް ބުޅިކަންވާރު ހަސަންބެ ފިހާރައާއި ދިމާއިން ދޯނިތަށް ކައިރިއަށެވެ. އެތަނުން އަލުގަނޑާއި ދިމާވީ ހުސޭނާއެވެ. ހުސޭނު އަޅުގަޑަށް ގޮވައިލާފިއެވެ! ބަލަ އަދުނާނުއެވެ. ކީއްހޭ ތިޔަކުރަނީ..!  އަޅުގަނޑު ސަމާސާ ރާގަކަށް ބުނެފީމެވެ. ގެސްޓަކު ހޯދަނީއެވެ. ހުސޭނު ބުނެފިއެވެ! މިއޮއްއަންނަނީ ސީޒަނެވެ. މަށާއެކު ކިޔޮޅުކަމުދާން އަންނާށެވެ. ލާރިހަދާލެވޭނެއެވެ. މާދަމާއެއީ ރޯދަމަހެވެ. މަހުގެ އަގުހުންނަނީ އަހަރުމެން ހިތައްއެރި ހިސާބެއްގައެވެ. ހުޅުނބުޖަހާ އަނިއަޅާލައިފަ ކޮރަކައްޔެއް ބޭއްވިއަސް ސަތޭކަރުފިޔާ ލިބޭނެއެވެ. ނިމުނީ ނޫންހޭ!

          ދެންއެނބުރި އަޅުގަނޑު ދިޔައީ ތޮއްޑޫ ކަރާ މާރުކޭޓާއި ދިމާލަށެވެ. އަނެއްކާ މިތަނުން އަޅުގަނޑާއި ބައްދަލުވީ އަޅުގަނޑު ޒަމާންވީ ރަހުމަތްތެރިއާ ބަގުލާދޭސް އަލަންގީރު ސޭޓާއެވެ. އަޅުގަނޑު އަހާފީމެވެ. މިތާ ކީއްހޭ ތިޔަކުރަނީ! އަލަންގީރު ސޭޓުބުނެފިއެވެ. އަދުނާނުއެވެ. މިއުޅެނީ ކަރާވިއްކާނެ ގޮޅިއެއް ނުލިބިގެންނެވެ. މިފަހަރު ﷲ އިރާދަ ކުރެއްވިއްޔާ ތޮއްޑޫގައި ކަރާއެބަހުއްޓެވެ. ވިއްކަން ބަހައްޓާނެ ތަނެއް ނުލިބެއްޖިއްޔާ ހުރިހާ ކަރާތަށް އަވީގައި އެތުރިމާ ދާނީ ހަލާކު ވެގެންނެވެ. މިކަން މިހެން ވެއްޖިއްޔާ އަނެއްކާ މިފަހަރުވެސް ކަރާ އަގުބޮޑުވާނެއެވެ.  އަދުނާނުއެވެ. ކަލޭތިޔައީ ލިޔާމީހެއްނޫންހޭ! އެންމެންގެ ރައީސް އިބުރާހިމް މުހަންމަދު ސޯލިހަށް މިއަޑު އިއްވައިލަ ދީބަލާށެވެ. ތޮއްޑޫ މީހުންނަށް ކަރާވިއްކާނެ ތަންކޮޅެއް ހަމަޖެހޭތޯއެވެ. އޭރުން ތޮއްޑޫ ކަރާ މިފަހަރު އަގުހިޔޮވެފައި ތަޒާވާނެއެވެ. އަދި މީރުވެފަ ފޮނިވާނެއެވެ. އަޅުގަނޑަށް ބޭއިހުތިޔާރުގައި ބުނެވުނީ ބަލަ ތިރަށުމީހުން އިހައްދުވަހު 3 ކަރާ ކުރިމަތީ ޖީބަށްލައިގެން މާލޭގައި ކަރާވިއްކާތަނެއް ހޯދުމަށްޓަކައި ރައީސް އޮފީހައްގޮސް އިބޫ އާއި ބައްދަލްކުރީމެއް ނޫންހޭ! ވީކިހިނެއްހޭ..!

         ކޮންމެޔަކަށް މިދެންނެވި ހުރިހާ ސަބަބެއް މިހެންހުރުމުން އަޅުގަނޑަށް ފާހަގަ ކުރެވޭ ދެތިން ކަމެއްލިޔެލާނަމެވެ. އަބަދުހެންމެ މި ދެކެވެނީ ކޮންމެ ރަމަޟާން މަހަކު ރައްޔިތުމީހާ ޖީބުހުސްވެ ވިޔަފާރި ވެރިޔާގެ ޖީބު ބަންޑުން ދާވަރަށް ފައިސާ ޖަމާކުރާ ވާހަކައެވެ. މިއީ މިއަދުގެ ހަމައިން ވެއްޖިއްޔާ ވަރަށްބޮޑު ވާހަކައެވެ.

         އަޅުގަނޑަށް ގަބޫލްކުރެވޭ ގޮތުގައި މިކަން މި މަގަށް ހިނގާ ދިއުމުގައި ސަރުކާރުގެ އިހުމާލު، ނުވަތަ ދުރާލާ ކަންކަންރާވާ ހިންގުމުގައި އިކޮނޮމިކު މިނިސްޓްރީގެ ” ފޭލިއަރ” ނުވަތަ ސަރުކާރުން ރަމަޟާން މަހަށް ދެއްވި އަހުމިއްޔަތުކަން ކުޑަކަން ފާހަގަ ކުރެވިދާނެއެވެ. މިހެން މިދެންނެވީ ރަމަޟާންމަހާއި ދިމާކޮށް  ކަރަންޓްބިލް، އަދި ފެންބިލް އަގުހިޔޮކުރިކަމަށް ސަރުކާރުން ބުންޏަސް މިހިމަހު ގޭގެއަށް ފޮނުވި ކަރަންޓްބިލް އެވްރެޖްކޮށް ގާތަގަޑަކަށް  % 20 ވަނީ އަގުބޮޑުވެފައެވެ. ކަރަންޓްބިލާ ބެހޭގޮތުން ސަރުކާރުންދެއްކެވި ވާހަކަ އާއި ކަންހިނގާފައިވާގޮތް ދިމާނުވުމަކީ ހަގީގަތެކެވެ. އިންޖީނުގެއާއި ސުވާލު ކޮށްފިއްޔާ އެބޭފުޅުން ބުނުއްވާނީ ކަރަންޓް ބިލް ބޮޑުވުން އެއީ މޫސުމީ ކަމެއްކަމުގައެވެ. އަޅުގަނޑު ދަންނަވާ ހިތްވަނީ ކަރަންޓް ބިލްގެ ސައިޒު ކުޑަކޮށްލިނަމަ ސްޓެލްކޯއަށް ދެއްކޭނެ ކޮންމެވެސް ވާހަކައެއް އޮތީހެވެ.

          ދެންއޮތީ މަސްވެރިން ބޭނުންކުރާ ޑީސަލްގެ ވާހަކައެވެ. ދެފަހަރެއް މަތިން އެސްޓީއޯ އިން ވަނީ ތެލުގެ އަގުބޮޑު ކޮށްފައެވެ. ރަމަޟާންމަހާ ދިމާކޮށް ސަރުކާރުން ތެލުގެ އަގު ބޮޑުކޮށްފައި ވުމުން މަސްވެރިން ބާނާ މަހުގެ އަގަށް އެބަދަލު އަންނާނެ ކަމަށް ގަބޫލު ކުރަންޖެހެއެވެ. މަހަކީ ރަމަޟާންމަހު ހުރިހާ ގެއެއްގަވެސް ބޭނުން ކުރާނެ އެއްބާވަތެވެ. ސަރުކާރުން މިގޮތަށް ކަންތަށްކޮށްފައި މަސްވެރިންގެ ބޮލުގައި މަސް އަގޮބޮޑު ކުރުމުގެ ހުރިހާ ޒިންމާއެއް އެޅުވުމަކީ އެންމެ ޒިންމާދާރު ގޮތްކަމުގައި ލިޔެވޭކަށް ނެތެވެ.

          ކާޑުގެ ބާވަތްތަށް އަގުހިޔޮކޮށް މާލެއާއި އެއްއަގެއްގައި ހުރިހާ ރައްޔިތުންނަށް ލިބޭގޮތަށް ސަރުކާރުން ރޭއްވެވިއަސް އެސްޓީއޯގެ ރޭވުންތެރިކަމުގެ ދޯހަޅިކަމުން ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި ހިސާބަށް މިކަމުގެ ފުއިފަސޭހަކަން އަދި މިވަނީ ނުލިބެއެވެ.

          މިއީ އަނެއްކާ އަނެއް ވާހަކައެވެ. ސަރުކާރުން ރައްޔިތުންނަށްޓަކައި ހިޔޮބަދަލެއް ގެނަޔަސް އެކަންކުރަން ތިއްބަވާ ބޭބޭފުޅުންނަށް އެންމެ ރަނގަޅު ގޮތުގައި އެފަދަ ކަންކަން ރާއްވަވާ ހިންގަން ނޭގުނީމަ ދެން ވާންޖެހޭ ގޮތްގޮތް ޑިމޮކްރަސީ ވެރިކަމުގައި އޮވެއެވެ. ހަމަ ގައިމުވެސް އަޅުގަނޑު މިބޭބޭފުޅުންގެ އިސްތިގުފާއަކަށް ނުގޮވާނަމެވެ.

          ރާއްޖެއާއި އެކުއެކުގައިހެން ވެރިކަން ބަދަލުވި އަނެއްގައުމަކީ އަޅުގަނޑުމެންގެ އަޙް ޕާކިސްތާނެވެ. މީގެ މަހެއްހާ ދުވަސް ކުރިން އަޑުއިވެގެން ދިޔައީ ބޮޑުވަޒީރު އިމްރާން ޙާންގެ ހާއްސަ މެސެޖެއް ޕާކިސްތާނުގެ ހުރިހާ ވިއާފާރި ވެރިންނަށް ދެއްވި ތަނެވެ. ” ރަމަޟާންމަހާ ދިވާކޮށް ބޮޑު އަގުގައި ވިއްކުމަށް މުދާ ގަނޑުކުރާ ފަރާތްތަކާއި، އަދި ރަމަޟާން މަހަށް އަމާޒުކޮށް ބޮޑުއަގުގައި ގުދާވިއްކާ ފަރާތްތަކާއި ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެއްވިތަނެވެ. މިދެންނެވީވެސް ސަރުކާރެއްގެ ވާހަކައެވެ.

          އަދި މިއުޅެނީ ރަމަޟާންމަސް ނުފެށިގެންނެވެ. މިވަގުތު މާލޭ ލޯކަލް މާރކޭޓުގައި ކާއްޓެއް ވިއްކަނީ 20.00 ރ. އަށެވެ. ކަނޑޫދޫ ގިތިޔޮމިރުސް ކިލޯއެއްގެ އަގަކީ 1000.00 ރ. އެވެ. އެހެން ކަމަށް ވަނީނަމަ ގިތިޔޮ އެންމެ މިރުހެއްގެ އަގަކީ 25.00 ރ. އެވެ. އަޅެ ފައްކަލެއް ނޫންހޭ!

           ކުރުކޮށް ބުނަންޏާ ބުނެވޭނީ ކަންކަމުގައި ކޮންމެ ގޮތެއް ވަރިހަމަ، ވިޔަފާރި ވެރިއާ ކޮންމެ ކަމެއް ކުރިއަސް ވަރިހަމަ، ކޮންމެތާކު ކޮންމެ އެއްޗެއް ވިއްކިއަސް ވަރިހަމަ، ދިވެއްސެއްގެ ނަމުގައި ގަމީހަކައި ފަޓުޅޫނެއް ލައިގެން ބަންގާޅީއެއް ހުއްޓަސް ވަރިހަމަ، ސަރުކާރެއް ދިވެހި ސަރުކާރު ނޫނީ ވުޖޫދުގައި ނުވާވާހަކައެވެ. އެހެން ގޮތަކަށް ބުނަންޏާ ވާއެއްޗެއް އަދި ނުވާ އެއްޗެއް އެއީ ކޯންޗެއްހޭ! ” އެއީ ދިވެހިންގެ،  ދިވެހިސަރުކާރެވެ.”

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close