ތިލަފަތް ދޮންބޭބެ 65 ގޮނޑި އާއިއެކު ގިރުވާން ކޮޅަށް!
ތިލަފަތް ދޮންބޭބެއާއި އަޅުގަނޑާއި ބައްދަލުވީ ޖުމުހުރީ މައިދާނުގެ އެއްނަމްބަރ ޖެޓީއާއި ވީފަޅިންނެވެ. މީހަކު “ހައި ޖަހަލުމުން” ބައިލިއިރު ތިލަފަތް ދޮންބޭބެ ކޮޅައްޖަހާފައިހުރީ ޖުމުހޫރީ މައިދާނުގެ ހުޅަނގު އުތުރު ކަންމަތީގައެވެ. ނުދަންނަ މީހަކު ހައިޖަހާލުމުން މަޑުކޮށްލައިފީމެވެ. އަޅުގަނޑާއި މުހާތަބުކޮށް ތިލަފަތް ދޮންބޭބެ ބުނަމުންދިޔައީ އަޅެ މިއޮއްދުވަސްވަރު އަހަރެން ނުދަންނަންހޭ! އަޅުގަނޑު އާދެހޭ ނުދަންނަމޭ ދަންނަވައިފީމެވެ! އޯކޭ އަހަރެން ނުދަތަސް އެހެން ވެއްޖިއްޔާ އެގެންޑާ ދޮންބޭބެ ދަންނަންހޭ! ނުނީ އެޖެންޑާ 19 ދޮންބޭބެ ދަންނަންހޭ! މިހާހިސާބުން މިކަލޭގެ މިކިޔާ އެއްޗެއް އަޅުގަނޑަށް ގެޓްވާގޮތް ވެއްޖެއެވެ. އަޅުގަނޑު ބުނެފީމެވެ. އާއެކެވެ. މިހާރު އެގެއްޖެއެވެ.
މިހާހިސާބުން ތިލަފަތް ދޮންބޭބެ އަޅުގަނޑު ކުރިމަތީގައިހުރެ އަމިއްލަޔަށް ތައާރަފް ވާންފަށައިފިއެވެ. ކަނުލައި އަޑުއަހާށެވެ. އަހަންނަކީ ތިބާއެވެ. އަދި ތިބާގެ މުސްތަގުބަލެވެ. އަދި ތިލަފަތް ދޮންބޭބެ އަކީ ތިބާގެ ދަރިންގެ، ދަރިންގެ، މުސްތަގުބަލް ކަނޑައަލާ ދުރުރާސްތާ ދުރުމީއެވެ. މިއީ ސަމާސާ ވާހަކައެއް ނޫނެވެ. މިއީ ގާނޫނީ ތަރަހައެވެ. އަދި ޖުމުލަ ދިރިހުރުން ކަށަވަރުކޮށްދޭ ގާނޫނީ ހައްލެކެވެ. ބަލަ އަދުނާނުއެވެ. މަޑުކޮށްބަލާށެވެ. މިހާރު އަހަރެންނަށް ކިތަށް ގޮނޑި ކަށަވަރު ވެއްޖެހެވެ. 70 ގޮނޑި ނެގޭނެ ގޮތެއް ނެއްހޭ! މީނާގެ ފެންސިރުކަމުން އަޅުގަނޑު ހިތައްއެރީ މިކަލޭގެ މިއީ ނޫނޭވާ ދަހިމީހެއްތާއެވެ. އަޅުގަނޑަށް ބޭއިޙުތިޔާރުގައި ބުނެވުނީ ތިބާޔަށް 65 ކަށަވަރު ވެއްޖެއެވެ. އެވަރުންވެސް ހިތްފުރޭގޮތް ނުވީހެވެ! އަޅެ ދެން ތިޔަކުރާކަމެއް ކޮއްބަލާށެވެ. ތިބާ އެއްވެސް ކަމެއް ކުރުމަށް މަޖިލީހުގެ ތެރެއިން ގާނޫނީ ވިއަސް އަދި ގާނޫނީ ނުވިއަސް އެއްވެސް ހުރަހެއް މިވަގުތަކު ނޯންނާނެއެވެ. އޭ ތިލަފަތް ދޮންބޭބެއެވެ. ބޭނުންނަމަ ޖެހެގެން ހުރި ރަށުގެ ހުރިހާ އަންހެނުން ފިރިން ކައިރިން ވަރިކުރުވާގެން ގާނޫނީ ގޮތުން އަނބިފިރި ކަމުގެ ގުޅުންހިންގޭ ވަރައްވެސް ތިޔައޮތީ މިފަހަރު ހިތްނިޔަތް ހަލާސްކޮށް ދިވެހިރައްޔިތުން ރުހުންދީފައެވެ. އެކަމަކު ވާހަކައެއް ބުނަންހޭ! ތިބާގެ ބޮލުގައި ހުރި އިސްތައްޓަށް ވުރެވެސް ދިވެހިރައްޔިތުންނަށް ވެފައިވާ ވައުދުތަށް މާގިނަވާނެއެވެ. ހަނދާންކުރާށެވެ. ރައްޔިތުންގެ އެކްސްޕެކްޓޭޝަން ވަރަށް މަތިވާނެއެވެ. އެޖެންޑާ 19 ގައިލިޔެ ގަރާރުވެފައިވާ ގޮތަށް ރަނުން، ރަނަށް ހުރިހާކަމެއް ނުނިމެއްޖިއްޔާ ފުރަގަހުން ކީއްކުރަންހޭ! ކުރިމަތިންވެސް ” ފައިން އެރޭނެއެވެ”
އަޅުގަނޑުގެ މައުލޫމާތު ކުއްކަމުގައި ނުވާނަމަ ދިވެހިރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި އަދި މިހާތަނަށް ޕާޓީއަކަށް ދިވެހިރައްޔިތުންގެ ފަރާތުން ދީފާނުވާފަދަ އިތުބާރާއި، ޔަގީކަން މިވަނީ މިފަހަރު އެމްޑީޕީއަށް ދިވެހިރައްޔިތުންގެ މެޖޯރިޓީން ދީފައެވެ. މިއީ ވިސްނާލަންޖެހޭ ކަމެކެވެ. ރައްޔިތުންގެ މަޖިލީހުގެ މިފަދަ ސްޕަރ މެޖޯރިޓީއެއް އެއްޕާޓީއަށް ލިބުމަކީ ގައުމެއްގެ ބަރުލަމާނީ ހަޔާތުގައި މަދުންނޫނި ނުވާކަމެކެވެ. މިއީ ހަމަ ގައިމުވެސް މި ރާއްޖޭގެ ރިކޯޑެކެވެ. އެމްޑީޕީއަށް މިފަހަރު މަޖިލީހުގައި މިފަދަ ބޮޑު އަގުލަބިއްޔަތެއް ދިވެހިރައްޔިތުން ދީފައިމިވަނީ އަޅުގަނޑަށް ގަބޫލް ކުރެވުނު ގޮތުގައި ސަބަބުތަކެއް ހުރީމައެވެ. އެހެން ކަމަށްވުމުން އަޅުގަނޑުގެ ވިސްނުމުގައިހުރި ދެތިންކަމެއް ފާހަގަ ކޮށްލާނަމެވެ.
ފުރަތަމަ ސަބަބަކީ ނިމެމުންމިދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމާއި، އެމްޑީއޭއަށް ނިސްބަތްވި ހުރިހާ މެމްބަރުންނާއި އެމްޑީޕީގެ ބައެއް ގޮނޑިވިއްކާ މެމްބަރުން ގުޅިގެން ދިވެހިރައްޔިތުންގެ ކުރިމަތީގައި ރޯމާދުވާލު ލަދެއް ހަޔާތެއްނެތި ގާނޫނަށް ގެނައި ” ގާނޫނާއި ހިލާފު އެތައް އެތައް ބަދަލެއްގެ ނަތީޖާ ކަމުގައެވެ. ހާއްސަކޮށް އެއިރު ވެރިކަމުގައި ހުންނެވި ރައީސް އަބުދުއްﷲ ޔާމީނުގެ ސަރުކާރުން ކުރައްވަމުން ގެންދެވި ގާނޫނާއި، ގަވައިދާ ޙިލާފް އަދި ލާއިންސާނީ އެތައް، އެތައް ކަންތައްތަކެއް ކުރުމަށް ގާނޫނީ ގޮތުން މަގުފަހި ކޮށްދިން ބައެއްގެ ގޮތުގައި ވެގެން ދިޔައީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި މިދެންނެވި މެމްބަރުންނެވެ. މިއީވެސް އެއްސަބަބެވެ.
ދެވަނަ ސަބަބެއްގެ ގޮތުގައި ފާހަގަ ކުރެވުނީ ރައީސް ނަޝީދު އިސްވެ ހުންނަވާ އެމްޑިޕީ އިން މަޖިލީސް 19 އަށް ތައްޔާރުކުރި އެޖެންޑާ 19 ޝައްކެއްނެތް މިންވަރަށް ރައްޔިތުން ބަލައިގަތުމެވެ. އަދި މި އެޖެންޑާ 19 ގެ ތެރެއިން ރައްޔިތުންގެ ބޯހިޔާވަހިކަމާއި، އަބުރުވެރި ދިރިއުޅުމެއްގެ ފެށުން ކަށަވަރު ކުރެވޭނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ބޮޑުވުމެވެ.
ތިންވަނަ ސަބަބެއްގެ ގޮތުގައި ފާހަގަ ކުރެވުނީ އެމްޑީޕީ ފިޔަވާ ދެން މަޖިލީހަށް ނުކުންނެވި ހުރިހާ ބޭފުޅުންހެން ރައްޔިތުންގެ ކުރިމައްޗަށް ވިއްކަވަން ގެންނެވި އެއްވެސް އެއްޗެއް ފެންނަން ނެތުމެވެ. އަދި ވަކިން ހާއްސަކޮށް ބަނގުރަލާއި، އޫރުމަހާ، މަސާޖު ސްޕާތަށް ހިންގަވާ ރިޒޯޓް އޯނަރުންނާއި، ބައެއް ދީނީ ޖަމާއަތް ތަކަށް ނިސްބަތްވި ދީނީ ބޭބޭފުޅުންވެސް ވޯޓް ހޯދެއްވުމަށް ރައްޔިތުންނާއި ހިސާބަށް ވަޑައިގަތީ ލާދީނީ، ލާދީނީ ވިދާޅުވަމުން ހުސްއަތާއެވެ. މި އިންތިހާބުގައި ނޫނަސް ރާއްޖޭގައި ބޭއްވުނު ހުރިހާ އިންތިހާބެއްގައިހެން ވަކި ބެބޭފުޅުން ވޯޓް ހޯދުމުގައި ދީނީކާޑް ގެންގުޅުމަކީ މިފަދަ ބޭބޭފުޅުންގެ ” ކަށީގައި” ހިފާފައިވާ ކަމެކެވެ. ފާހަގަ ކުރެވުނު އެނެއްކަމަކީ މިފަހަރު މި އިމްތިހާބުގައި ރައީސް ނަޝީދުގެ ހުސިޔާރު ކަމުން މިފަދަ ބޭބޭ ފުޅުންނަށް ދީނީކާޑު ކުޅެން ފުރުސަތު ލިބިގެން ނުދިޔަކަމެވެ. އަދި ރައްޔިތުންވެސް އެފުރުސަތު މި ބޭބޭފުޅުންނަށް ނުދިންތަނެވެ. އަދި މި އިންތިހާބުގައި އަޖައިބުވެ އަންތަރީސްވި އެއްކަމަކީ މަސްހޫރު ދީނީ ޖަމާއަތްތަކަށް ނިސްބަތްވި ބެބޭފުޅުންވެސް ވޯޓްހޯއްދެވުމުގައި ރަނގަޅު ފާހަގަ ރަނގަޅު ބޭފުލާއަށް ދިނުމަށް ރައްޔިތުންގެ ކައިރީގައި އެދެމުން ދިޔައިރު މިބޭބޭފުޅުންނަށް ކެމްޕެއިނު ކުރުމަށް ފަރުދާގެ ފުރަގަހުގައި ބަނގުރަލާއި، އޫރުމަސް ވިއްކައިގެން ރެޒޯޓް ހިންގަވާ ބޭބޭފުޅުންގެ ފައިސާއިން ކެމްޕެއިނަށް ހަރަދުކުރާ ކަމުގެ ވާހަކަ ރަށުތެރޭގައި ފެތުރުނުއިރު މިވާހަކައާއި ދޭރޭގައި ޗުއްޕުވެސް ނުބުނެތިބުމެެވެ.
ނިންމާލަމުން ދެވާހަކައެއް އަދި ފާހަގަކޮށްލާނަމެވެ. ނިމިގެން މިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީސް އިންތިހާބުން ފާހަގަ ކުރެވުނު އެއްގަމަކީ ދިވެހިރައްޔިތުން މިވަގުތު މިއޮތީ ޑިމޮކްރަސީއަށް ދޮންވެ ފައްކާވެފައިކަމެވެ. މިނޫނީ އަދި މި ދިވެހިރާއްޖޭގައި ނެގި އެއްވެސް ވޯޓެއްގައި މުއްސަދިންގެ ގުއިރޯނުގައި ދިވެހިރައްޔިތުންނުޖެހި މަޖުބޫރު ކަމެއްނެތި އެ ރައްޔިތަކަށް ފެންނަގޮތަކަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓް ސީދާބަސް ބުނެފަކަނެތެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލެއްވި ބޭބޭފުޅުންގެ ތެރެއިން އެންމެ ވާދަވެރި 4 ފަރާތެއްގެ ގޮތުގައި ފާހަގަ ކުރެވުނީ ގާސިމް އިބުރާހިމާއި، އަބުދުﷲ ޔާމީނާއި، މައްޗަންގޮޅީ މެދުދާއިރާއަށް ކުރިމަތިލެއްވި އިއްބެއާއި، ރައީސް ނަޝީދެވެ. ފާހަގަ ކުރެވުނު އެއްކަމަކީ މިދެންނެވި ތިންބޭފުޅުންވެސް ރައީސް ނަޝީދާގެ އިސްތަށި ފުޅުގައި ” ލާދީނީ” ތާކިހާ އަޅުވައިގެން ދިވެހިރައްޔިތުން ހައްލައިގެން އިންތިހާބު ކާމިޔާބު ކުރެވޭތޯ މަސައްކަތް ކުރަމުން ގެންދެވިތަނެވެ. ކޮންމެޔަކަސް ރައީސް ނަޝީދުގެ އިސްތަށި ފުޅުގައި މި ދެންނެވި ބޭބޭފުޅުން އަޅުއްވަން އުޅުނު ” ލާދީނީތާކިހާ” ރައީސް ނަޝީދަށް ވެގެން މިދިޔައީ ގުލްޗަންޕާ މާފައްޗަކަށެވެ.
ދެން ހުންނެވީ ރައީސް މައުމޫނާއި ، އާދަލަތު ޕާޓީގެ އިމްރާނު އަބުދުﷲ އާއި، ކުރީގެ ނައިބުރައީސް މުހަންމަދު ޖަމީލް އަހުމަދެވެ. މި އިންތިހާބުގެ ނަތީޖާ ދިވެހިރައްޔިތުން ކަނޑައެޅި ގޮތުން މި ދެންނެވި ބޭބޭފުޅުން ވެގެންމިދިޔައީ ސިޔާސީ އެއްވެސް ބަރުދަނެއްނެތް ބޭފުޅުންގެ ގޮތުގައެވެ.

ތިހެން ކީ ފުލެޓް ދޮންބެ ވެސް ބާރަށް ވެއްޓުނީ
.jumlakoh dheena furahsaara kohfa vaaliyumeh.
އަސްލުވެސް. ކުރިން އަދުނާނުގެ ލިޔުންތައް ވަރަށް ކިޔާހިތުން ކީން. އެކަމަކު ފަހަކަށް އައިސް މި ލިޔާ ލިޔުންތަކުން ވަރަށް ފޫހިވެއްޖެ. ދެން މަށެްއް ނުކިޔާނަން. ލާދީނީ ސްޓައިލްއަށް ލިޔުންތައް ހުންނަނީ
Kiyaa meehaa ruheyhaa gothakah dhen hama Adhunaanube liyan jehehe e liyumaki nimidhiya vaadhaveri inthihaabaai gulhey liyumeh hama v.fakka