ނާނު

ކޮފީ ވިތު ޝެއިޚް

     މިފަހަކައް އައިސް އަޑުއިވުނު އެންމެ ތަފާތު ވާހަކައަކީ އިސްލާމިކް މިނިސްޓްރީން އިންތިޒާމް ކޮށްގެން މާލޭގެ އެންމެ ކާރޫބާރު ބޮޑު ހޮޓާ، ކެފޭތަކުގެ ކޮފީމޭޒް ދޮށުގައި މިއަންނަ އާދީއްތަ ދުވަހު ޝެއިޚުންނާއި އެކު، ދީނީ މައުލޫމަތު ހިމެނޭގޮތައް ހިލޭ ކޮފީއެއް ބޯލުމުގެ އިންތިޒާމް އިސްލާމިކް މިނިސްޓްރީސް ހަމަޖެއްސި ވާހަކައެވެ. މިކަމަށްޓަކައި އިސްލާމިކް މިނިސްޓްރީއަށާއި، އެބޭފުޅުންނާއި ގުޅިލައިމެހިފައިވާ އެންމެހާ ޝެއިޚުންނަށް ހިފެހެއްޓުމެއްނެތި ޝުކުރު ދަންނަވަމެވެ.

      ކޮފީ ވިތު ޝެއިޚް މި ފުރޮގުރާމުން ނުކުންނަ ނަތީޖާ އަދި ނޭގުނަސް މިއީ މިވަގުތު މިރާއްޖޭގައި ކުރަންޖެހޭ އެންމެ ރަނގަޅު އެއްކަމުގެ “ފެށުމެއް” ކަމުގައި ފާހަގަ ކުރަމެވެ. ހަތަރު ލައްކަ މީހުންގެ އާބާދީއެއް އެއްފަސްވެފައިވާ 100% އިސްލާމީ ދައުލަތެއްގައި އިސްލާމީ ވަހުދަތު ނެތެމުންގޮސް ޝެއިޚުން ދައްކާ ވާހަކަ އަޑުނާހާ ހިސާބަސް އިންސާނީ ބުއްދި ސޮއްސައިލައި ދާ ރަނގަބީލްގެ އަޑު އިވޭތީވެ، ދެން ޝެއިޚުން ކިތަންމެ ހިތްޕުޅު ހަމަނުޖެހުނަސް ލިޔާ މީހުން މިފަދަ ވާހަކަތައް ލިޔާނެއެވެ. މިދައްކަނީ އެއްގޮތަކަށްވެސް ހުރިހާ  ޝެއިޚުންގެ ވާހަކައެއް ނޫނެވެ. ބައެއް ޝެއިޚުންގެ އަމަލުފުޅުތަށް ހުރިގޮތުން މި ލޮބުވެތި އިސްލާމީ ގައުމުގެ އިސްލާމީ ވަހުދަތު ނުވަތަ އިސްލާމްކަން ރައްޔިތުމީހާއަށް ޝައްކު އުފެއްދޭ ހިސާބަށް ބައެއް ޝެއިޚުންގެ ސިޔާސީ ދަހިވެތިކަން ހައްދު ފަހަނައަޅާ ދިޔައިތީވެ، ދެން މިވާހަކަ ލިޔުނީމަ އަޅުގަނޑު ކުށްވެރި ނުކުރައްވައްޗެވެ.

      މިފަހަކަށް އައިސް ރާއްޖޭގައި ތިއްބެވި ފުއްނާބުއުސް ބައެއް ދީނީ އިލްމްވެރިން ފެނިގެން ދިޔައީ އިރުވާ މޫސުމަށް ރާއްޖެ ހިޖުރަކުރާ ދޮންދޫނީގެ އުސޫލުން ސިޔާސީ މޫސުމީ ބައެއްގެ ގޮތުގައި ކަން ފާހަގަ ކުރަމެވެ. އަޅުގަނޑުމެން އެޖަމާއަތަކައްޓަކައި ފަޙުރުވެރިވި ސަލަފު ޖަމާތް މިސާލެއްގެ ގޮތުގައި ނަގަމާ ހިންގަވާށެވެ. ސަލަފުން ދަރުސެއް ބާއްވަނީ ކޮންއިރަކުތޯ،ކޮން މިސްކިތެއްގައިތޯ، ދަރުސު ދެނީ ކޮންޝޭޙެއްތޯ ރައްޔިތުން ހޯދަމުން، އިންތިޒާރު ކުރަމުންދިޔަ ދުވަސް މިވަގުތު އެވަނީ މާޒީވެ ގޮއްސައެވެ. ކުރުކޮށް ބުނާނަމަ ދީނީ ފަތުވާދޭ ބައެއްގެ ވާހަކަ ބުންޏަސް އަޑުއިވޭކަމައް ހަދާމީހަކު މަދުންނޫނީ ނުފެންނަ ހިސާބައް މިގައުމުގެ ދީނީ ވަހުދަތު ނުވަތަ އިސްލާމްކަން ދިޔައިތީވެ، ދެން މިހާ ހިސާބުން އިސްލާމިކް މިނިސްޓްރީން މިފެށި ޕުރޮގުރާމް ހުއްޓާނުލާ ހޮޓާތަކުގެ ކޮފީމޭޒުދޮށުން، ހުރިހާ ރަށެއްގެ ހޮޅުއަށި، ޖޯލިފައްޗާ ހިސާބައް ވަރައް ފުޅާކޮށް ގެންދަންޖެހޭ ކަމުގައި ދަންނަވަމެވެ.

       މިފަހަކައް އައިސް ސަލަފުންނާއި، ބައެއް ދީނީ އިލުމުވެރިން ނެރެމުންދާ ބަޔާންތައްވެސް ފެނިގެންދަނީ ސިޔާސީ ގޮތުން ވަކި އަތަކައްޖެހި، ވަކި ސިޔާސީ ފިކުރަކަށް ތަބާވެ، ވަކި ކެންޑިޑޭޓެއް ސެލެކްޓް ކުރަމުންދާތަނެވެ. ނޫނީ ވަކި މީހަކު ނުހޮވެއްޖިއްޖާ ގާދޫކޮލުން އިސްލާމްދީން އޮޔާދާނެ ވާހަކަ ރައްޔިތުންގެ ބޮލައްވައްދާ ދީނީގޮތުން ޝައްކާ ވަހުމު އުފެދޭ ގޮތް ގޮތަށް މަސައްކަތް ކުރަމުންދާތަނެވެ.

       ރައްޖޭގައި ހެދިފައިވާ ގާނޫނު އަސާސީގެ ދަށުން އެމީހެއްގެ އިސްލާމް ކަމާއި ގާބިލްކަން ދައުލަތުގެ ކަމާއިބެހޭ މުއައްސަސާތަކުން ކަށަވަރުކޮށް މި އިސްލާމީ ދައުލަތުގެ ވެރިޔަކަށް ނުކުތުމުގެ ހުއްދަ ދީފައިވާ ބޭފުޅާގެ އިސްލާމް ކަމާއި ދޭތެރޭގައި އާންމުންގެ މެދުގައި ޝައްކު އުފެދޭގޮތަށް ” ލާދީނީ ” ތާކިހާ ވަކި ކެންޑި ޑޭޓެއްގެ ބޮލުގައި އަޅުވަމުން ދިޔުމަކީ ގަބޫލް ކުރެވޭނެ ކަމެއްނޫނެވެ. ދީނީ ބައެއް އިލުމުވެރިންގެ އަގުވެއްޓި، ދީނީ ޝެއިޚުންނާއި ޒުވާނުން ދުރުކުރުވާ އެއްސަބަބު ކަމުގައި މިކަން ވުމީ އެކަށީގެންވާ ކަމެކެވެ. ކޮންމެޔަކަސް މިހާލަތައް މިގައުމުގެ އިސްލާމީ ވަހުދަތު ދިޔައިތީވެ، މި ބައްޔައް ބޭސްކުރުމަށާއި، ސަބަބު ދެނެގަތުމަށް މަހާސިންތާއެއް ބޭއްވުމައް އިސްލާމިކު މިނިސްޓަރަށް ގޮވައިލަމެވެ.

     ނިންމާލަމުން ދެތިން ކަމެއް ފާހަގަ ކޮށްލާނަމެވެ. މި ދެކެވެނީ އެބަޔަކަށްޓަކައި އަޅުގަނޑުމެން ފަހުރުވެރިވާ މާތްވެގެންވާ އިސްލާމްދީން ހިމާޔަށް ކުރުމަށް އުމުރުން ވީހާ ދުވަހެއް ރާއްޖޭން ބޭރުގަ ހޭދަކުރައްވާ ދުނިޔޭގެ ކަންކޮޅު ތަކުގައި ހުރި  އެންމެ މަސްހޫރު ޔުނިވަސިޓީ ތަކުން މަތީ ތައުލީމު ހާސިލް ކުރައްވައިގެން ރާއްޖެ ވަޑައިގެން ތިއްބެވި ބޭބޭ ފުޅުންގެ ވާހަކައެވެ.

      ފާހަގަ ކުރެވުނު އެއްކަމަކީ މިދެންނެވި އިލުމުވެރިންގެ ތެރެއިން ގިނަބަޔަކު އެކައްޗެއް ކިޔައިގެން އެއްމަގުސަދެއް ހާސިލް ކުރުމަށް މަސައްކަތް ކޮށްފިއްޔާ އެކަމެއްގެ ކާމިޔާބު އަވަސްވާކަމެވެ.  ނިމިދިޔަ 30 އަހަރުގެ ދިގުވެރިކަމެއް ކުރެއްވި ރައީސް މައުމޫނު އަބުދުލް ގައްޔޫމުގެ ރައުޔާ މުޅިން ޙިލާފަށް ” ޖަލުގެ ކުޑަގޮޅި ” ދައްކަމުން ދަނިކޮން ރާއްޖޭގެ އަންހެނުންގެ % 95 މީހުން މާތްވެގެންވާ އިސްލާމްދީނާ އެއްގޮތަށް އެ ކަނބަލުންގެ ހެދުންތައް ބައްޓަން ކުރުވާ ބުރުގާ އެޅުވިކަން ފާހަގަ ކުރަމެވެ. އެ ދުވަހު މިކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރި ވެފައިވަނީ އަދާލަތު ޕާރޓީއާއި، ޖަމީއަތުއްސަލަފާއި އަދި މަސްހޫރު ލަވަކިޔުންތެރިޔާ އަލްފާޝިލް އަލީ ރަމީޒުކަން ފާހަގަ ކުރަމެވެ. މިއޭ އަޅުގަނޑު މިދަންނަވާ ވާހަކައަކީ އެއްކޮށް އެއްމަގުސަދެއް ހާސިލް ކުރުމަށްޓަކައި ހިތްނިޔަތް ޙަލާސްކޮށް ﷲގެ މަގުގައި ބަޔަކު ނުކުމެއްޖިއްޔާ މީހަކު ނުރުހުނަސް އަދި ނުރުހުނަސް  އެކަމެއްގެ ނިމުން ކާމިޔާބު ވާނެއެވެ.

       ދެވަނަ ވާހަކައަކީ މިވަގުތު ސަރުކާރު ހިންގުމުގައި އިސްދައުރެއް އަދާކުރާ އަދާލަތު ޕާޓީގެ ބެލުމުގެ ދަށުގައި އިސްލާމިކް މިނިސްޓްރީ އޮތުމުން ކުރިން މިދެންނެވި ތިންފަރާތް އެކައްޗެއް ކިޔާތަން ފެންނަމުން ނުދާކަން ހިތާމަޔާއި އެކު ފާހަގަކުރަމެވެ. މިކަމަކީ ހަމަ ގައިމުވެސް އަޅުގަޑަށް ގަބޫލް ކުރެވޭ ގޮތުގައި މިވަގުތު މިރާއްޖެއަށް ދިމާވެގެން މިއުޅޭ ދީނީ މައްސަލަ ތަކުގެ “މަސްދަރު” ކަމުގައި ގަބޫލު ކުރެވެއެވެ. މިއީ ވަރަށްބޮޑު މައްސަލައެކެވެ. އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި ދީނީ އިލްމުވެރިންގެ މެދުގައި މިއޮތް ބައިބައިވުން ނެތިކޮށްލެވިގެން މެނުވީ ގައުމީ ވިއަސް، އިޖުތިމާއީ ވިއަސް، އިގުތިސާދީ ވިއަސް އަދި ދީނީ ވިއަސް އެއްވެސް ކަމެއްގެ ހައްލު ނެރުމަށް ސަރުކާރަށް ދަތިވާނެކަން ފާހަގަ ކުރަމެވެ. ސަބަބަކީ ދިވެހި ދައުލަތާ ސަރުކާރު ހިމެނޭ ކޮންމެ ކަމެއް ހިމެނިގެން ދާނީ އަދި ދާންޖެހޭނީ  % 100 މުސްލިމް ދައުލަތެއްގެ ގޮތުގައި ކަމައް ވުމުން މިދެންނެވި ދީނީ ބައެއް އިލްމު ވެރިން ސަރުކާރާ ޒާތީވެ ކަންކަމުގައި ނެރޭ ރައުޔު ތަފާތުވުމެވެ. މިއައްވުރެ ވަކި ހުތޫރަތްތެރި ދަތި އުނދަގޫ މައްސަލަ އަކާއި  ދިވެހި ސަރުކާރު ކުރިމަތިލާން މިވަގުތު ޖެހިފައި ނެއްކަން ފާހަގަ ކުރަމެވެ. ވުމާއި އެކު ސަރުކާރުން މިވަގުތު ފައްޓަވާފައި އެވާ “ކޮފީ ވިތު ޝެއިޚް” ޕުރޮގުރާމަށް އެއްބާރުލުން ދެއްވާ ހުރިހާ ޒުވާނުން ހަމަމަގަށް ގެނައުމަށްޓަކައި އެއްބައިވެ އެކަތި ގަނޑަކަށްވެ މަސައްކަތް ކުރެއްވުމަށް ހުރިހާ އިއްޒަތްތެރި ޝެއިޚުންނަށް ގޮވައިލަމެވެ. އަދި ހުރިހާ ޒުވާނުންވެސް ޝެއިޚް ވިތު ކޮފީއާއި ބައިވެރިވެ ހިޔޮނަސޭހަތް އަހާ ހިޔޮބަސް ގަބޫލްކުރާ ޒުވާނުންނަށް ވުމަށް ނަސޭހަތްތެރި ވަމެވެ. އަޅުގަނޑުގެ ދުއާއަކީ މި ލޮބުވެތި ދިވެހިގައުމު އަބަދުގެ އަބަދައް އިސްލާމްކަން މަތީ ލަހައްޓަވާ ދެދުނިޔޭގެ ބާއްޖަވެރިކަން އަޅަމެންނަށް ﷲ މިންވަރު ކޮށްދެއްވުމެވެ. އާމީން!

އެއް ކޮމެންޓް

  1. މި އާޓިކަލް ލިޔުނު ބޭފުޅާއަށް ވަރަށް ޝުކުރު ދަންނަވަމެވެ. ނަމަވެސް ހިތާމަ އަކީ ތިމާއަށް ކަންކަން އެނގޭ ކަމަށް ޤަބޫލުކޮށްގެން ވާނުވާ ނޭނގި ލިޔާތީއެވެ. ތި ދަންނަވާ ކޮފީ ވިތް ޝެއިޙް އަކީ 2015ވަނަ އަހަރުން ފެށިގެން އަލް އަސްރު ނަމުގައި ހިންގާ ދީނީ ޖަމްޢިއްޔާ އަކުން ހިންގަމުން ގެންދާ ޕްރޮގްރާމެކެވެ. އެޕްރޮގްރާމަށް 4 އަހަރާއި ގާތް ކުރަމުންދާއިރު، މިއަދު މިމޭރުމުން މިނިސްޓްރީގެ އެއްޗެއް ކަމަށް ހަދައިގެން ބޮޑު މަޒުމޫނެއް ލިޔުއްވި އިރު އެކަން ނޭނގި އޮތުމަކީ ވަރަށް ދެރަކަމެކެވެ. އެހެންކަމުން އެބޭފުޅުން ކުރަމުން އައި ބުރަ މަސައްކަތެއްގެ ފޮނީ ބޯން އެހެންބަޔަކަށް ދެއްވީއެވެ. އެބޭފުޅުން އެކަމާ ދެކޭގޮތް މީގައި މުހިންމެއް ނޫނެވެ، ނަމަވެސް ހަމަ އެނަމުގައި އެފަދަ ޕްރޮގްރާމެއް، ހަމަ އެގޮތަށް މިނިސްޓްރީން ކުރިއަށް ގެންދިޔުމަކީ ރަނގަޅު ކަމެއްތޯއެވެ. ހެޔޮ ކަންކަމުގައި ވާދަ ކުރުމުގައިވެސް އެސޫލަކުން އެކަން ކުރެއްވުމުން ވަރަށް ފުރިހަމަ ވާނެއެވެ.

    1. Noon alhugandu eggothakahves ilmkm ge echakah hedheeki noon
      Haqeeqathugaves alhuganduge thiya dhevvi mauloomaatheh neh
      Inshaa allahu dhen liyaa liyumehga thiya kanthah rangalhukolai dheynan

    1. Ok mikan v.bodah bayaku hingaafai vaakan gaboolu koffeemeve konme gothegai namaves mikan kuriah gendhiyumaki enmme rangalhu goiy kamugai nooni nudhekemeve
      Alhuganduge visnumugai mikan higan emme rangalhi islmk mntr in fundu dheegen jamaythakun

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close