ޖަޒީރާ ރައްތަކުގައި އިރުވާމޫސުމުގައި އެންމެ އަޑުގަދަ ވާހަކައެއްގެ ގޮތުގައި ވެގެން އަންނަނީ ގަނޑު އޮއިވާލި ނުވަތަ އޮއިވާލި ކަނދުފަތީގެ ވާހަކައެވެ. އެއީ ސަބަބެއް ނެތިއެއް ނޫނެވެ. އޮއިވާޔެއް ރަށުގެ އިރުވާ ފަރާތައް ގޮނޑު ވެއްޖިއްޔާ އެދުވަހެއްގެ މަސްވެރިކަން ރަނގަލުވެ މުޅިރަށު އެންމެންނައް ލޮނުކަމެއް ލިބޭނެކަމީ އެކަކުވެސް ޝައްކުކުރާ ކަމެއްނޫނެވެ. މުޅިރަށުގެ ހުރިހާ މީސްތަކުން އެއްކަމެއްކޮށް އެއްގޮތެއް ގަބޫލްކުރެވޭތީ އޮއިވާލި ކަނދުވަތި ވެގެންދަނީ މުޅިރަށު އެންމެންނަށް ނިއުމަތަކަށެވެ. ކޮންމެއަކަސް ޒަމާން މިއަދު މިއޮތީ މުޅިން ބަދަލުވެ އޮއިވާލި ކަނދުފަތީގެ ގޮތުގައި ދާއިރާގެ މަޖިލީސް އިންތިހާބަށް ނުކުންނަ މެމަބަރުވެފައެވެ.

       ރައްޔިތުންގެ މަޖިލީހައް މެމްބަރުން ހޮވުމުގައި އެކިދުވަސްވަރު ބޭނުންކުރީ އެކި އުކުޅުތަކެވެ. ރައްޔިތުންގެ ސަކުވާއަކަށް ވެފައިއޮތީ ސަރުކާރުން އަންގަވާ ބޭފުޅަކު ހޮއްވެވުމަށްޓަކައި ކަތީބުން ވޯޓުފޮށީގައި މުންޑު އަޅަމުންދާ ޝަކުވާއެވެ. ނުވަތަ އޮފީސް ތެރޭގައި އިންނަ ކޯޓްރޫމަށް ވޯޓުފޮށި ވައްދާ ކަތީބު އެކުރާ ކަމެއްކުރުމުން ސަރުކާރުން ބޭނުންފުޅުވާ ބޭފުޅާ ހޮވުމުގެ ޝަކުވާއެވެވެ. ކޮންމެއަކަސް އެއީ އެދުވަހެވެ. މިއަދު ރައްޔިތުނގެ ވިސްނުން ހުރިގޮތް ކޮންވެސް ވަރަކަށް ބަލައިލަމާ ހިންގަވާށެވެ.

       މހ، ދެންފަހެ ދާއިރާގެ މެމްބަރު އެރަށަކަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރުމުގެ ކުރިން އެރަށެއްގެ ރައްޔިތުން އެންމެބޮޑަށް ބޭނުންވެފައިވާ މުހުތާދުތަކާއި، ބޮޑެތި އާއިލާގެ ތެރެއިން ވޯޓު ކޮންޓްރޯލް ކުރާނެހެންހީވާ މިހާ އަތުލައިގަތުމާއި، ރަށުގައި އެވަގުތަކު އެންމެބޮޑައް ހަރަކާތް ތެރިވާ ކުލަބު ޖަމުއިއްޔާތަކުގެ އިސްވެރިން ހެއްލުމާއި، އެއަރކޯނު ނެތް ތަންތަނުގެ ލިސްޓް ނެގުމާއި، ރަށުގައި ރައްޔިތުންނާއި ގުޅުންހުރި މަރާމާތު ކުރަންޖެހޭ ތަންތަންތަން ހޯދާބެލުމާއި، ރަށުގެ ތެރެއިން ނަންކިޔާ އަޑުގަދަ ބެބޭފުޅުން ފާހަގަ ކުރުމާއި، މިވަނި އެވަނި ބޭބޭ ފުޅުންނަށް ދޭން ބޭނުންވާ އެއްޗެއް ދިނުމުގެ އެންހެހާ ކަންތައްތައް ކުރާނީ އެދާއިރާއެއްގެ އިސް ޓާކޫރު ލައްވައެވެ.

        20 ވަނަ ގަރުނުގެ ތަރައްގީ ދުރުރާސްތާ ކުރަމުންދާއިރު މިއީ އަޅުގަނޑު ލިޔަން އެހާ ބޭނުންވާ ވާހަކައެއްނޫނެވެ. އެހެނަސް މިއަދުވެސް ބައެއް ރައްރަށުގައި މިކަން ހިނގަމުންދަނީ ހަމަ ސީދާ މިގޮތަށެވެ. ތަފާތަކީ ޒަމާނައްއައި ބަދަލާގުޅިގެން ރައްޔިތުންގެ ބޮލައް ސަވާރުވުމަށް މަޖިލީހައް ކުރިމަތި ލައްވާ ބޭފުޅާ ގެންގުޅުއްވާ އުކުޅު ތަފާތުވުމެވެ. މިކަން މިހެން ވުމުގައި ޒަމާނުންސުރެ ހުރި ސަބަބުތައް ހުރީ ހަމަ އެގޮތުގައެވެ. ކުރިންވެސް އަދި މިއަދުވެސް ކަންހިނގަމުންދަނީ އެއްބީދާއަކުން ކަމުގައި ވާތީވެ ރައްޔިތުމީހާވެސް މަޖިލީހައް ނުކުންނަ ބޭފުޅާ އަތުން އެއެއްޗެއް ލިބެންއޮތް ގޮތަކަށް އެންމެ މުނާސަބު ވަގުތު އެއެއްޗެއް އަތުލާކަމީ ދެބަސްވެވެންނެތް ހަގީގަތެކެވެ. ދާއިރާއިން މަޖިލީހައް ކުރިމަތިލައްވާ ބޭފުޅާވެސް  ގާނޫނު ހުއްދަކުރިއަސް އަދި ނުކުރިއަސް ޖާއިޒަސް އަދި ނާޖާއިޒަސް ގޮނޑި ކާމިޔާބު ކުރުމައްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތެއް ގެންދަނީ ކުރަމުންނެވެ.

       މަޖިލީހައް ކުރިމަތިލައްވާ ބޭފުޅާއަކީވެސް ހަމަ އިންސާނެކެވެ. ދާއިރާގެ ބައެއް ރައްރަށުގެ ރައްޔިތުން އެބޭފުޅާއަށް ފެންފޮދެއްވެސް ނުދީ އީދައް ބަނދެފަ އިންނަ ކުކުޅު ގަނޑަކަށް ހަދާހެން ހަދާލީމަ، ދެން އެބޭފުޅާ ދާއިރާއިން މަޖިލީހައް ހޮވުނީމަ ދާއިރާގެ ރައްޔިތުންގެ މަތިން ހަނދާންކުރާނެ ގޮތެއް، އަދި ހަދާންވާނެ ގޮތެއްވެސް އަޅެ އޮންނާނެހޭ؟ ޖާނާއި، މާލު ގުރުބާންކޮށްގެން އިންތިހާބުވީމަ ދެން އެބޭފުޅާވެސް އިންސާނަކަށްވީތީ ހުންނާނެ ދަހިވެތިކަމާއި، އަމިއްލަ އެދުންވެސް ހުންނާނެއެވެ. ދެން މިހާހިސާބުން ރައްޔިތުން ބޭނުން ނުވިއަސް އަދި ވިއަސް މަޖިލީސް ތެރޭގައި ނެގޭ ވޯރޓް ތަކުގައި އެއްކަލަ މެމްބަރުގެ އަތްގޮސްޖެހެނީ ނުބައިފިތުގައެވެ. ދެން އެހާ ހިސާބުން އެއްކަލަ އިއްޒަތްތެރި މެމްބަރުގެ ވާހަކަ އިންސާނުންގެ ތެރޭގައި ދެއްކޭނެ އެއްވެސް ގޮތެއް ނޯވެއެވެ.  

       ނިންމާލަމުން ދެވާހަކައެއް ފާހަގަ ކޮއްލާނަމެވެ. އިންސާނުންނަކީވެސް އޭގެ ޒާތުގައި ދަހިވެތި ބަޔަކަށް ވިއަސް، ކަންކަމުގައި ހައްދު ކަނޑައެލިފައި އޮންނަން ޖެހޭނެއެވެ. 20 ވަނަ ގަރުނަށް ދުނިޔެ އަމާޒު ހިފާފައިވާއިރު ޖާހިލިއްޔަ ޒަމާންނާ އެއްހިސާބެއްގައި އިންސާނާގެ ދަހިވެތިކަމުގެ ފިކުރު ހުރުމަކީ މިއަދު ބަލައިގަނެވޭނެ ކަމެއްނޫނެވެ. ކޮންމެ ގޮތެއްގައި ނަމަވެސް އިންސާނީ ނަސްލު ސަލާމަތް ކުރުމާއި، އިންސާނީ ކަރާތަތެރި ކަން ދަމަހައްޓާ ނެގެހެއްޓުމަކީ އެއިރަކު ދިރިހުރި ކޮންމެ އިންސާނެއްގެ ވާޖިބެކެވެ. އަދި އެހެން ނޫނަސް އެބައެއްގެ ހާލަތު އެބަޔަކު އަމިއްލައަށް ބަދަލު ކުރުމުގެ ކުރިން ﷲ އެބައެއްގެ ހާލާތު ބަދަލު ނުކުރައްވާކަން ނަސްފުން ކަނޑައެޅިގެން އެނގެއެވެ. މިއީ ވަރައްބައިވަރު ވާހަކައެވެ.

      ވޯޓާ ދިމާކޮށް ތަންތަނުގައި އޭސީ ހަރުކޮށް ދިނުމާއި މީސްމީހުންނަށް ބޮޑެތި ބޮޑެތި ހަދިޔާތަށް ހުށައެލުމާއި، ވޯޓާއި ދިމާކޮށް ރައްޔިތުންނާއި ގުޅުންހުރި އިމާތާރްތަތް މަރަމާތު ކޮށްދިނުމާއި ވަކި ވަކި ފަރުދުންނަށް ފައިސާގެ އެހީތެރިކަން  ފޯރުކޮށްދިނުމާއި، ކުލަބު ޖަމުއިއްޔާތަކުގެ  މަސްލަހަތުހުރި ތަންތަނަށް އެހީތެރިކަން ދިނުމާއި، އެފަދަ ފަރާތްތަކާއި ގުޅުންހުރި ބޭބޭ ފުޅުންނަށް ތަކެތި ދިނުމަކީ ރިސްވަތު ދިނުމާއި، ރިސްވަތު ހިފުމުގެ ތެރެއިން ހިނެނޭ ކަމެއްކަން ދާއިރާއިން އިންތިހާބަށް ނިކުންނަ އެންމެ ބޭފުޅުންނަށާއި،  ރައްޔިތުންނަށް ހަނދާންކޮށްދެމެވެ. އަދި މިފަދަ އެއްވެސް ކަމެއް ނުވަތަ އަމަލެއް ވިއަސް އެއްވެސް ފަރާތަކުން ހިންގާނަމަ ވީއެންމެ އަވަހަކަށް އެކަން އެންޓި ކަރަޕްޝަން ކޮމިޝަނަށް ހުށައަޅާ ފަރުދީ ޒިންމާ އަދާކުރުމަށް ތިޔަ އެންމެ ބޭފުޅުންނަށް ދަންނަވަމެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close