ހައްދު ފަހަނައަޅާ ގޮސްފައިވާ ބަންގާޅީން
ގައުމުތަކަށާއި، ރައްރަށައް މުސިބާތްތަކާއި ބަލާވެރިކަން ކުރިމަތިވަނީ އެކިފަހަރު އެކިގޮތް ގޮތަށެވެ. ބައެއްފަހަރު އިންސާނުންކުރާ ވިޔާނުދާ އަމަލުތަކުގެ ސަބަބުންނެވެ. އަނެއްބައި ފަހަރު އިންސާނާ ބާރުނުފޯރާ ހިސާބުންނެވެ. ކޮންމެއަކަސް އަޅުގަނޑުމެން އެބިމަކަށްޓަކައި ފަހުރުވެރިވި މިލޮބުވެތި ދިވެހިރާއްޖެ މިއަދު މިވަނީ ބަންގާޅީން ޖަމާވެ ފުރާލާފައެވެ. މިއީ ހަގީގަތެކެވެ. މަސައްކަތް ކުރުމުގެ ނަމުގައެވެ. ދުނިޔޭގެ ތާރީޙައްބަލާއިރުވެސް ބަންގާޅީން މަސައްކަތް ކުރުމުގެ ނަމުގައި އައި ގައުމެއް އަދި މިހާހިސާބަށް ބަންގާޅީންގެ އަތްދަށުން ސަލާމަތްކުރެވިފަކަނެތެވެ. ހިތާމަޔާއިއެކު ދަންނަވަން ޖެހެނީ އަޅުގަނޑުމެން އެބިމަކަށްޓަކައި މިއަދު ފަހުރުވެރިވާ ދިވެހިރާއްޖެ މިއޮތީ ބަންގާޅީން އަތްދަށުވުމުގެ މަގުމަތީގައެވެ.
ބަންގާޅިންގެ މައްސަލަ މިއީ މިއަދަކު އިއްޔެއަކު މިރާއްޖެއައް ދިމާވެގެން އުޅޭ ބަލާ،މުސީބާތެއް ނޫނެވެ. މި މައްސަލަ ފުރަތަމަ ކުރިމަތިވެގެން އައީ އެ ޒައީމަކައްޓަކާ އަޅުގަނޑުމެން ފަހުރުވެރިވި ރަންތިރީސް އަހަރުގެ ބާނީ ރައީސުލް ޖުމުހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބުދުލްގައްޔޫމުގެ ހިކުމަތުއަމަލީގެ ދަށުގައި މިރާއްޖެ އޮއްވައެވެ.
ޒަމާނުންސުރެ ދިވެހިން ކުރަމުންއައި ވިއާފާރީގެ ތެރެއައް ބަންގާޅީންގެ ހަތަރެސްފައި ނުފޯރާ އެއްވެސް ދާއިރާއެއް އަދި ރަށެއްވިއަސް ނުވެއެވެ. އަޅުގަނޑަށް މިކަންސިފަކުރެވެނީ ގައުމީ ބަލާމުސީބާތެއްގެ ގޮތުގައެވެ. ބަންގާޅީންގެ ބަލާމުސީބާތް ފެށިގެންއައިގޮތަށް ބަލާއިރު މައްސަލާގެ އަޑީގައި ތިބީ ހަމަސީދާ ދިވެހިންނެވެ. ނުވަތަ ދިވެހިންނާއި ގުޅިފައިތިބި ބަންގާޅީންނެވެ.
ބަންގާޅީން ރާއްޖެއައް އެތެރެކޮށްފައިވާ ގޮތައްބަލާއިރު މައުމޫނު އަބުދުލް ގައްޔޫމުގެ ވެރިކަމުގައި ޕަބުލިކް ވޯކްސްހުރި ދުވަސްވަރު ކަނޑުބޯއްޓުގަ ފަލުކާ ކާގޯގެ ގޮތުގައިވެސް ތިލަފުށި މަގުން ވީސާ ،ޕާސްޕޯރޓު ނެތި ބަންގާޅީން ( އިންސާނުން) ރާއްޖެ އެތެރެކޮއްފައިވާ ކަމުގެ ވާހަކަތައް ފެންމަތިވިއެވެ.
މިކަން މިހެން އޮތަސް އެދުވަސްވަރު މިވާހަކަ މިގޮތަށް ލިޔެފިއްޔާ ދެން އެމީހަކައް ސަރުކާރާއި އިދިކޮޅަށް ބަގާވާތްކުރި މީހެއްގެ ހުކުން ފަހަރުގަ އަތުވެދާނެއެވެ. އެހެންވެއްޖެނަމަ އޮންނަންޖެހޭނީ އުމުރަށް ޖަލުގައެވެ. އެހެންވެ މިވާހަކަތައް އެއިރު ލިޔާންކެރުނު އެއްވެސް މީހަކުނެތެވެ.
ލިޔެކިޔުމާއިނުލައި ރާއްޖޭގައި ވަގަށް މަސައްކަތްކުރަން މިއަދު ބަންގާޅީން ރާއްޖެއަށް އެތެރެވާން ޖަހާ ދެވަނަ މަޅިޔަކީ ޓޫރިސްޓުންގެ ގޮތުގައި ޓޫރިސްޓު ވިސާގައި ރާއްޖެ އައުމެވެ. މިއީ އަނެއްކާ އަނެއްބަލާ މުސީބާތެވެ. ޓޫރިސްޓެއްގެ ގޮތުގައި އިމިގުރޭޝަންގެ ގަވައިދާ އެއްގޮތައް އެތެރެވާ މީހަކަކު ހިފެހެއްޓޭނެ ގޮތެއްވެސް ނޯންނާނެއެވެ. އަދި މި މަގަކީ ބަންގާޅީންނަށް އެންމެ ހަރަދުކުޑަ އެންމެ ރައްކާތެރި ގޮތެވެ. އެޖެންޓަކަށް ދޭންޖެހޭ އެއްޗެއްވެސްނެތެވެ.
ރާއްޖެއަށް ބަންގާޅީން އެތެރެކުރާ ވިއަފާރިއަކީ ދިވެހިންނާ ބަންގާޅުމީހުން ގުޅިގެންހިންގާ މިލިޔަންޑޮލަރުގެ” ބައިނަލް އަގުވާމީ ހިއުމަންޓްރެފިކިންގެ” ވިއަފާރިއެކެވެ. މިމައްސަލާގައި ދިވެހިރާއްޖެ މިވަގުތު އުޅެނީ ދުނިޔޭގެ ހިއުމަން ޓްރެފިކިން އިންޑެކްސްގެ ރަތްވަނާގައެވެ. މިއީ ދިވެއްސަކައްވީތީވެ ހިތާމަ ކުރަންޖެހޭ ދެރަވަރު ވާހަކައެކެވެ.
ރާއްޖޭގައި މިވަގުތު ހިންގާ ނޭއްގާނީ ގާނޫނާއި،ގަވައިދާ ހިލާފު ހުރިހާކަމެއްގެ ފަހަތުގައި ތިބީ ދިވެހިންނާއިއެކު ބަންގާޅީންނެވެ. މީހަކު މެރިޔަސް، މަސްތުވާތަކެތި އެތެރެކުރިޔަސް، އަދި އެތަކެތި ވިއްކިއަސް ނޫނީ އަންހެން ކަނބަލެއް ރޭޕްކުރިއަސް، ޅަފިރިހެން ކުއްޖަކާ ބެހުނަސް، ނުވަތަ މަގުފޭރުނަސް އަދި މިނޫން އެހެން ނުބައިކަމެއް ކުރިޔަސް ބަންގާޅީޔަކު ނެތިއެއް ނުދާނެއެވެ.
އަޅުގަނޑަކީ މިފަދަ ކަންކަމަށް ހައްލު ގެނެވޭ ވަރުގެ ލަފާއެރުވޭ މީހަކައް ނުވިއަސް މިވާހަކަތައް ކަންހުރިމަގައް ސަރުކާރުގެ ކަމާއިބެހޭ ފަރާތް ތަކަށް ހަނދާންކޮށްދެވެ. ކޮންމެ ގޮތެއްގަ ނަމަވެސް ރައްޔިތުންކުރާ އެންމެ އާދައިގެ މަސައްކަތުގެ ތެރެއަށް ބަންގާޅީން ވަނުން ހުއްޓުވަން ޖެހެއެވެ.
ކޮންމެޔަކަސް އަޅުގަނޑު ގަބޫލްކުރާ ގޮތުގައި ގައުމުގައި ހިންގާ ނުވަތަ ހިނގާ މިފަދަ ނާތަހުޒީބީ ޖަރީމާތަކުގެ ވާހަކަ ލިޔުމުގެ ގޮތުގައި ރައްޔިތުންނާއި ހިސާބައް ކޮންމެސް މީހަކު ފޯރުކޮއްދެން ޖެހެއެވެ. ސެންސަރުކުރުމަކާއި ނުލައި މިފަދަ ވާހަކަތައް ރައްޔިތުންނާއި ހިސާބައް ތިލަކުރުމަކީ ލިޔާމީހުންގެ ޒިންމާއެކެވެ. ﷲ އިރާދަ ކުރެއްވީތީ ނާރެސް މީޑިއާ ގުރޫޕް މެދުވެރިކޮށް އަޅުގަނޑު މިދަނީ މިވާހަކަ ލިޔަމުންނެވެ.
އަޅުގަނޑައް ލިބިފައިވާ މައުލޫމާތު ކުއްކަމުގައި ނުވާނަމަ ބަންގާޅީންގެ ނޮހޮރުއްޕާން ހައްދުފަހަނައަޅާދިޔަ ދެވަނަ ގައުމަކީ ދުބާއީ އާއި ބަހުރޭނެވެ. ދުބާއީން ބަންގާޅީން ބޭރުކުރުމުގައި ގެންގުޅުނު ތިއަރީ އިންސާނިއްޔަތާއި ކުޑަކޮށް ހިލާފުވިއަސް މިވަގުތު މި ރާއްޖޭގައި ބަންގާޅީން ހައްދުފަހަނައަޅާ ގޮސްފައި ވާތީ މިކަމުގައި ދުބާއީ ނަމޫނާއަކަށް ބެލުމަކީ މުހިންމުކަމެކެވެ. ބަންގާޅީންނާއި ދެކޮޅައް ދުބާއީންއެޅި ފުރަތަމަ ފިޔަވަޅަކީ ބަންގާޅީން އެތެރެކުރުމައް ވިސާނުދިނުމެވެ. ދެވަނަ ފިޔަވަޅަކީ ގަވައިދާ ޙިލާފައް ވިސާނެތި، ނުވަތަ ވިސާ އާނުކޮށް ތިބި ހުރިހާ މީހުންނާއި، ރަށުމީހުންނާއި ގުޅިގެން ވިއާފާރި ކުރާމީހުންނާއި، އަމިއްލައަށް ގުރޫޕް ހަދައިގެން މަސައްކަތްކުރާ ހުރިހާމީހުން ހޯދާ ވަގުތުން ކަނޑުބޯއްޓު ފަހަރުގައި ބަންގާޅައް ފޮނުވާލާ މުޅި ދުބާއީ ވަގުތުން ސާފުކޮއްލީއްޔެވެ. މިނޫން އެއްވެސް ގޮތެއް މިކަމުގައި އޮތްކަމަށް އަޅުގަނޑަށް ލިޔެވޭކައްނެތެވެ.
ނިންމާލަމުން ދެވާހަކައެއް ކިޔުންތެރިންނާއި ހިއްސާކޮއްލާނަމެވެ. ފުރަތަމަ ވާހަކަޔަކީ މިވަގުތަކީ އަނެއްކާ ސަރުކާރުން ބަންގާޅީންގެ މައްސަލަ ހައްލުކުރުމައް ފޫގަޅާގެން އުޅޭ ދުވަސްވަރެއްކަން ނޫސްތަކުގެ ސުރުހީތަކުން އެބަފެނެއެވެ. މިއީ އެހާ އާވާހަކައެއް ނޫނެވެ. ސަރުކާރުން މިހެންފަށާ ކޮންމެ މަސްރޫއެއް ނިމެނީ ބޮނޑުނަގުލަށެވެ. ނިކުންނަ ނަތީޖާ ހަމަ ސުމެކެވެ.
ބަންގާޅީންގެ ވާހަކަ ލިޔަމުންދާއިރު އަޅުގަނޑުގެ ހަދާނައް އަންނަނީ 1982 ވަނަ އަހަރު އަވައްޓެރި ސްރީލަންކާގައި ފެށިގެންދިޔަ އަހުލީ ހަގުރާމައިގެ މަތިންނެވެ.
ހުދުކާފޫރު ދަނޑުތަކުގައި މަސައްކަތް ކުރުމަށް ތަމަޅަނާޑޫއިން އިގިރޭއްސިން ގެނައި ތަމަޅައިން މިވަގުތު އެވަނީ ސްރީލަންކާގެ ރައްޔިތުންނައްވެފައެވެ. ނުވަތަ ސިންގަޅައިންނާއި ތަމަޅައިން އިނދެގެން ލިބުނު ދަރިން އެވަނީ ސިލޯނުގެ ރައްވެހިންނަށް ވެފައެވެ. މި ފާއިތުވެދިޔަ ވިއްސަކައް އަހަރުގެ ތެރޭގައި ސްރީލަންކާގެ ރައްވެހިންގެ ގޮތުގައި ތިބި ސިންގަޅައިންނާއި ތަމަޅައިން ހަގުރާމަކޮށް އެއްލައްކަ ވިހި ހާހައްވުރެ ގިނަ އިންސާނުންގެލޭ ވަނީހައްގެއްނެތި ބިންމައްޗައް އޮހޮރުވާލާފައެވެ. މިދުވަސް މިގޮތައް ދިވެހިރާއްޖެއަށް ނަޔަސް ބަންގާޅީންނާއި، ބަންގާޅީންގެ ދަރިން ގުޅިގެން މީގެ 30 އަހަރުފަހުން މިބިންމަތީގައި ލޭއޮހޮރުވުމަކީ ނުވާނެ ކަމެއްކަމުގައި ލިޔެވޭކައްނެތެވެ. މިއީ ވަރަށް ކުރިޓިކަލް ވާހަކައެކެވެ. ކޮންމެޔަކަސް މިވާހަކަ މިއަދު އަޅުގަނޑު ލިޔުނުކަމަށް ތިޔައެންމެ ބޭފުޅުން ހެކިވެ ލައްވާށެވެ.
ސަބަބަކީ މިވަގުތު ރާއްޖޭގައި ހުވަފަތްވެފައި ތިބި ދިވެހި އަންހެނުންނާއި ވިއާފާރިކުރުމުގެ ބޭނުމުގަ އާއި ” މަގުކުރުކޮއް ލުމުގެ ބޭނުމުގައި” ބަންގާޅީން އެދަނީ އިންނަމުން އަދި ދަރިންހޯދަމުންނެވެ. ކޮވެލި ކާޅުހާއްޔައް ބިސްއަޅާފަދައިން ވަރިކޮއްފައިތިބި، ވަރިވެގެންތިބި، އެކިސަބަބުތަކާއިހުރެ މީހަކާއި ނުއިދެތިބި ހުރިހާ އަންހެނުންނާއި އެދަނީ ބަންގާޅީން އިންނަމުންނެވެ. އެންމެ ބޭފުޅުންނެވެ. މިއައްވުރެ ވަކިބޮޑު ނުރައްކާތެރި ކަމެއް 20 ވަނަގަރުނުގައި ދިވެހިރާއްޖެ ދެކުމަކީ ދުރުކަމެކެވެ.
އެންމެ ބޭފުޅުންނޭވެ. ބަންގާޅީން މިގައުމުގެ ވިއާފާރި އަޅުވެތި ކުރަމުންދާއިރު ކަންނެތްކަމުގެ ނިދިން ނީދާ ކުޅިބަލަންތިބޭ ބަޔަކު ކަމުގައި އަޅުގަނޑުމެން ނުވަމާ ހިންގަވާށެވެ. މިއީ އަޅުގަނޑު މެންނަށް ކާބަފައިން އަމާނާތްތެރިކަމައި، ސަލާމާތްތެރި ކަމާއިއެކު އެތައް އުދަގުލެއްގެ ތެރެއިން ކާބަފައިން ގެނެސް ދީފައިވާ ރަންމުތެއްފަދަ ދިވެހިރާއްޖެއެވެ.

Varah ragalhu Artical eh. Akamaku massala akee thi beyfulaa ah ves thi bunaa Bangaaleen wazeefa ga genguley thee.
Varah varah rangalhu article eh
ވަރަށް ދަށު ދަރަޖައިގެ ލިޔުުމެއް. ޝާއިރު ކުރެވިގެންވެސް ނުވާނެ. ވަކި ޤައުމަކަށް ނުވަތަ ނަސްލަކަށް ދިމާކޮށް އެއީ ބަލާވެރިކަމެކޭ ބުނުމަކީ ޤާނޫނު އަސާސީން މަނާ ކުރާކަމެއް. ބަންގްލަދޭޝް މީހުންގެ ތެރޭން ގިނަބަޔަކީ ގަވާއިދާ ހިލާފަށް ވަޒީފާ އަދާކުރާ މީހުން ނަމަވެސް އެ އީ އެތައް ސަބަބަކާހުރެ. އޭގެ ސަބަކީވެސް ދިވެހީންވެސް ލިޔުންތެރިޔާ ބުނެ އެކަމަކު އަދިވެސް ދިޔައީ ހުރިހާ ބަންގްލަދޭޝް މީހުންނަށް “ބަލާވެރިކަމެއް” ކަމަށް ގޮވަމުން. މި ލިޔުން އިސްލާހު ކުރަން ވަރަށް ބޮޑަށް އެދެން.
Thiya beyfulhaa liyun rangalhah nukiyuvaakan faahaga kuran ” balaaekey Lliyefakaa nuvaane” liyefai vaanee balaa museebaathekey mihen
މިއީ މިހާރު ދިވެހިރާއްޖެއަށް ދިމާވެފައިވާ ވަރަށް ނުރައްކާތެރި އަދި ބިރުވެރި މައްސަލައެއް. މުޅި ރާއްޖެ އެމީހުންގެ އަތްމައްޗަށް ގޮސްފައިމިވަނީ. ދެރަވާކަމަކީ ކޮންމެ ބަޔަކުވެސް އެކަމާ ފިޔަވަޅުއަޅަނީއޭ ކިޔައިގެން ފަލަސުރުހީތައް ފެންނާނެ. ނަމަވެސް އެކަށީގެންވާގޮތަކަށް ފިޔަވަޅުއެޅިފައި ނުހުރޭ.
މިހާރު ރާއްޖޭގެ ހުރިހާވިޔަފާރިއެއް އެބައިމީހުންގެ އަތްމައްޗަށް އަރަމުން އެދަނީ. މުޅިރާއްޖެ ހިސޯރުކޮށްފި.
އުފަންވި ދިވެހިފަސްގަނޑުދެ ލޯބިވާ ދިވެއްސެއްގެ ހައިސިއްޔަތުން މިކަމަށް ރަނގަޅު ހައްލެއް ގެނެސްދެއްވުމަށް ރައީސް އަރިހުގައި އާދޭސްދަންނަވަން . މި އީ ވަރަށް ސީރިއަސް މައްސައެއްގެ ގޮތުގައި މިކަން ބައްލަވާދެއްވާ. މިކަމުގައި ޤައުމަށް އިހްލާސްތެރިބަޔަކު މަސައްކަތް ކޮށްގެންނޫނީ މިކަމަކަށް ހައްލެއް ނުލިބޭނެކަން ކަށަވަރު. ކުރިން ވާގޮތަކީ ބަޔަކު ހައްޔަރު ކުރިވާހަކަ ނޫސްތަކުން ފެންނާނެ ދެން ފަހުން އެމީހުންވެސް މާލެތެރޭގައި އުޅޭތަން ފެންނަނީ. މައްސަލައަކީ އެކަމުގައި ރިޝްވަރު ވަނީމާ އެމަސައްކަތް ބޮނޑު ނިގުލަށްގޮސް އެބެނީ. ހިތާމަހުރި….
އަދި މިކަމުގައި ކުރައްވާ މަސައްކަތް ކޮންމެ މަހަކު އަޅުގަނޑުމެންނަށް އަޕްޑޭޓް އެއް އެންގޭނެގޮތެއް ހައްދަވައިދެއްވުމަށްވެސް ދަންނަވަން.
Sarukaarun mikan kuriyah gendhaa goiy kiyuntherinaa hisaabah thilakoh dheveythow v.masahkay kuraane vaahaka bunameve
Dhivehinnah kameh kuran nukrenyaa jeheyny bangaalhyn gennan madhu laari kolhakah emeehun ekurany haadhahaavaa bura masaiykathey dhivehinnakah nukreyne evarah masaikaiy kuraakah lakkaan laaridhinas