ކޮފީ އަކީ ވަރަށް ގިނަ މީހުންނަށް ކަމުދާ ބުއިމެކެވެ. އަދި ޚާއްޞަ ގޮތެއްގައި ކަޅުކޮފީއަށް ދެވި ހިފައިފިނަމަ އެއިން ދުރުވުމަކީ ވަރަށް އުނދަގޫ ކަމެއްކަމަށް ގިނަމީހުން ބުނެއެވެ. ކޮފީގެ ސަބަބުން ހަށިގަނޑު ތާޒާކޮށްދީ ހިތްހަމަ ޖައްސައިދެއެވެ.
ކޮފީބުއިމުގެ ސަބަބުން ހަށިގަނޑަށް ނުހަނު ގިނަ ފައިދާތައް ލިބުމުގެ އިތުރުން އެންމެ ޚާއްޞަކަމަކީ ބަރުދަން ލުއިވުމެވެ. ބަރުދަން ލުއި ކުރުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. އެހެންނަމަވެސް ކޮފީ ބޯ މީހަކަށް މިއީ އުނދަގޫ ކަމެއް ނޫނެވެ. ކޮފީ ނުބޯ މީހަކާ ކޮފީބޯ މީހެއްގެ ބަރުދަން ލުއިވުމުގެ ނިސްބަތަށްބަލާނަމަ ކޮފީބޯމީހެއްގެ ބަރުދަން ލުއިވުމުގެ ފުރުޞަތު 50 އިންސައްތަ މަތިވެއެވެ.
ކޮފީ ބުއިމުގެ ސަބަބުން ބަރުދަން ލުއިކޮށްދިނަސް އެންމެ އެދެވިގެންވާ ގޮތަކީ ކަސްރަތުކޮށްގެން ބަރުދަން ލުއިކުރުމަށް މަސައްކަތް ކުރުމެވެ.
ކޮފީބުއިމުގެ ސަބަބުން ބަރުދަން ލުއިވުމުގެ އިތުރުން ވަރަށް ގިނަ ބަލިތަކުން މީހާ ދުރުކޮށްދޭ ކަމަށް ސިއްހީ މާހިރުން ލަފާދެއްވައެވެ. އެގޮތުން ކޮފީ ބުއިމަކީ ހަކުރު ބަލީގެ ވައްތަރެއް ކަމަށްވާ “ޑައިބެޓިކް2″އިން އިންސާނާ ދުރުކޮށްދޭ ކަމެއްކަމަށް ދިރާސާތަކުން ދައްކައެވެ. ދުވާލަކު 6 ތަށި ކޮފީބޯ މީހުންނަށް “ޑައިބެޓިކް2” ޖެހުމުގެ ފުރުސަތު 22 އިންސައްތަ ކުޑަވާ ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.
ކޮފީ ބުއިމުން ޑިޕްރެޝަން އިން ދުރުކޮށްދޭކަން އެނގޭހެއްޔެވެ؟ ޑިޕްރެޝަން އެންމެ މަދުން ތަހައްމަލް ކުރާ މީހުންގެ ތެރޭގައި އާއްމުކޮށް ކޮފީ ބޯ މީހުން ހިމެނޭ ކަމަށް ދިރާސާތަކުން ދައްކައެވެ.
ކޮފީ ބުއިމުން ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދެއެވެ. ކޮރެއާގައި ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ދުވާލަކު 3 ނުވަތަ 5 ތަށި ކޮފީ ބޯ މީހުން ހިތުގެ ބަލީގެ އެންމެ ފުރަތަމަ އަލާމާތްތަކުން ދުރުކޮށްދެއެވެ.
ކެންސަރަކީ އެބައްޔަކާމެދުގައި އެތައް ބަޔަކު ކަންބޮޑުވާ އަދި ޖެހިލުންވާ ބައްޔެކެވެ. އާއްމުކޮށް ކޮފީ ބޯނަމަ،ކެންސަރު ޖެހުމުގެ ނުރައްކާ ކުޑަކޮށްދެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...