ނާނު

ހަސަނުގެ ހަޔާތުން 1 ދުވަސް

ހަސަނުގެ ހަޔާތުން އެއްދުވަސް މިނަމުގައި އަޅުގަނޑު މިފަށާ ސީރީޒް ބައްޓަން ކުރެވިފައިވާނީ މިވަގުތު ރާއްޖޭގެ ކަންކޮޅުތަކުން ފާހަގަކުރެވޭ ހައްލުކުރަންޖެހި، ހައްލުނުލިބި، ހައްދުފަހަނައަޅާފައިވާ ބައެއް ކަންތައްތަކުގެ މައްޗަށާއި، އަދި މިހިތްގައިމު ޖަޒީރާ ރައްތަކުގައި ޒަމާނުންސުރެ އިންސާނުން ދިރިއުޅެމުން އައިސްފައިވާ އަމާން އޮމާން ހިތްގައިމް ދެވަނައެއްނެތް ދިރިއުޅުމުގެ މައްޗަށެވެ. ހަސަނުގެ ހަޔާތުން ތިޔައެންމެ ބޭފުޅުންނަށް ފައިދާ ކުރުވަނިވި، ދުނިޔެވީ ހަޔަތާ ގުޅުންހުރި ރަނގަޅު މައުލޫމާތުތަކެއް ލިބިގެން ދާނެ ކަމުގައި ޔަގީންކުރަމެވެ.

2018 ނޮވެމްބަރ 01 ވީ ބުރާސްފަތި ދުވަހުގެ ހެނދުނު 6.45 އެހާކެއްހާއިރު ހަސަނު އޮތީ އާދައިގެ މަތިން ގަދަ ނިދީގައެވެ. ހޭލެވުނީ މީހަކު އައިސް ގޮވާއަޑަށެވެ. ތެދުވާށެވެ. މަރުހަބާއެވެ. މިނިވަންވަނީއެވެ. ހަސަނު ނާސްތާކޮށްލައިގެން އަވަސްވެގަތީ މާލެއައްދާށެވެ.

ހެންދުނު 7.35 އެހާއިރެވެ. ހުކުމެއް ކުރުމެއްނެތި އަހަރާ ފޮއިދުވަސް ފަހުން ޖަލުގެ ތޭރިތަކުގެ ތެރޭގައި ބަނދެފައިވާ ބަކަރިގަނޑެއްހެން އޮތުމަށްފަހު ހަސަނު މިނިވަނެއްގެ ގޮތުގައި އެނުކުތީ ޕޮލިސްހެޑްކުއާޓަރުންނެވެ. މަގުމައްޗައް ދެކޮޅައް ބަލައިލުމަށްފަހު މިސްރާބުޖެހީ ޖުމުހޫރީ މައިދާނާ ދިމާއިން ހުޅަނގަށެވެ. ދުރައްނުދެވި އުޅެނިކޮން މަސްމާރުކޭޓް ކުރިމަތިން ބައްދަލުވީ ކުރީގެ ރަހުމަތްތެރިއާ އަލަންގީރު ބާއިއާއެވެ. ޒަމާންވީ ދެރައްޓެހިން އެތައްދުވަހެއް ފަހުން ފެނުމުން ކޮނޑާ ކޮނޑުޖައްސާ ސަލާމްކޮށް އަތާ އަތް ޖޯޑުކޮށްފިއެވެ. ހަސަނާ މުހާތަބުކޮށް އަލަންގީރު އަހާލިއެވެ. ބޭބޭ” ގެމަނަސޫއެވެ.” ހަސަނު ބުންޏެވެ. ” ބަލޫ އަސީއެވެ.” އެކަމަކު މިނިކުތީ ޖަލުންނެވެ. މިވަގުތު ބޭބޭގެ އަތުގައި މަސައްކަތެއް ކުރަންވެސް އަދި ސައިތައްޓެއް ބޯންވެސް އެއްވެސް ފައިސާއެއްނެތެވެ. އަލަންގީރުބައި ހުރީ މިވާހަކަ ކަނުލައި އަޑުއަހާށެވެ. އަދި ބުންޏެވެ. އެއީ ކީއްވެ ” ކުރީގައި ބޭބެ މުޒާހަރާކުރާޕާޓީ ބޮޑުމީހާ ވައްތަރު ހުންނަނީދޯއެވެ.” ހަސަނު ގާތައްއައީ ހިންޏެވެ.

ގުޅުންހުރި ލިޔުންތައް

މިހާހިސާބުން ހަސަނު އަތުގައި ހިފައިގެން އަލަންގީރުބާއި ވަނީ ދިވެހިރާއްޖޭގެ ފުރަމާލޭގައި ހުންނަ ލޯކަލް މާރުކޭޓަށެވެ. ދޮރުގެ ވައަތް ފަޅީން ހުޅަގައްހުރި 10 ގޮޅި ހަސަނައް ދައްކައިލިއެވެ.  ބޭބޭ މިއީ މިހާރު އަހަރެންގެ ވިއަފާރިއެވެ. ދުވާލެއްގެ ސޭލްސްއަކީ އެއްލައްކަ ވިހިހާސް ރުފިޔައެވެ. “ފައިދާ ހުންނަނީ އެއްދުވަހު ތިރީސްހާސް ރުފިޔާ ވައްތަރު!” ބޭބެ މަސައްކަތެއް ކުރަންބޭނުމީ ވިއްޔާ ބޭނުން ވަރަކަށް ފައިސާ ދީފާނަމެވެ. އެކަމަކު ބޭބެ އަހަންނައް އެއްކަމެއް ކޮއްދެން ޖެހޭނެއެވެ. ކޮންމެ ހަފުތާއަކު ބޭބޭގެ ނަމުގައި އަރެންގެ ހުރިހާ ފައިސާ ބަނގާޅައް ފޮނުވައިދެން ޖެހޭނެއެވެ. ބޭބެއަށް އެނގޭތަ ބޭބޭގެ ނަމުގަ މިފައިސާ ޖަމާކުރީމަ މީރާއަށް ރެމިޓެންސް ޓެކުސް ދައްކަން ނުޖެހެނީ! އެހެން ވީމަ އަހަންނައް ކިހާފައިދާ! މިއީ މީގެކުރިންވެސް ހަސަނު އަޑުއަހާ ވާހަކައެކެވެ. ކުއްލިޔަކަށް ހަސަނު އިނގިލީގައި ދަތްއަޅާ ލުމައްފަހު އަހާލިއެވެ. މި 10 ގޮޅިހޯދީ ކިހިނެއްހޭ؟ އަލަންގީރުބައީ ބުންޏެވެ. ” ދެގޮޅި ނަގަނީ މެމްބަރު އަތުން ” ހަތަރުގޮޅި ނަގަނީ ކުރީގެ މެޑަމް ފާތުންދައިތަގެ ފުރޭންޑުއަތުން ” އަނެއް ހަތަރުގޮޅި ދެނީ ފޮޑިއަލިބެ ފުރޭންޑު”  އެއީ ރިސޯޓް ސަޕްލައިކުރާމީހާ!   ބޭބޭ “މިވައްތަރު ބަރާބަރު! ދިވެހިމީހާ މަސައްކަތް ނުކުރަނީ ” އަހަރުމެން ބޭރުމީހާ ބަރާބަރު މަސައްކަތް ކުރަނީ ” ރާއްޖޭމީހާ ކުޑަލާރި ދިނީމަ އޯކޭ ވަނީދޯ. ހަސަނައް ބުނާނެ އެއްޗެއްވެސް ނޭގުނެވެ. ހަސަނުހިތައްއެރިއޭ މިއީ ގަންގާޅުބާއެވެ. ނޫނީ މިއީ އަޅުގަނޑުމެން އެތަނަކައްޓަކައި ފަހުރުވެރިވާ ދިވެހިރާއްޖެބާއެވެ. މަސައްކަތެއް ކުރަންބޭނުންވީމަ އެބައަންނަމޭ ކިޔާފަ ހަސަނު ހިންގައިގަތީ ބަނޑާރަ މިސްކިތާ ދިމާލަށެވެ.

ކަމަކުދާކައްނެތެވެ. ބަންޑާރަ މިސްކިތް ހިމެނޭ ސަރަހައްދު މީހުންޖަމާވެ މިއޮތީ މުޅިން ތޮއްޖެހިފައެވެ. ހަސަނައްދިމާވީ ނަދީމާއްތަ އާއިއެވެ. އެހެންކަމައްވުމުން އެސަރަހައްދުގައި ހިނގަމުންދާ ކަންތައްތައް ދެނެގަންނާކަށް ހަސަނައް އުނދަގޫ ކަމަކައް ނުވިއެވެ. ނަދީމާއައްތަ ބުންޏެވެ. ހަސަނާއެވެ. މިއޮތީވާ ކަމެކެވެ. ސަދޫމަށްވުރެ މިތަނުގައި އަދުލުއިންސާފު މިވަނީ ގޯސްވެފައެވެ.  ސަދޫމުގައިވެސް ސަރީއަތް ނިމޭނީ ސަރީއަތުގެ މަޖިލީހުގައި ފަޑިޔާރު މަނިކުފާނައް ދިނުމައްޓަކައި އެންމެގިނަ ފައިސާ ގެންދާ މީހާ ކޮޅައްކަން ޝަރީއަތުގައި ހިމެނޭ ދެޙަސްމުންނައްއެނގެއެވެ. ނަދީމާތަ ބުންޏެވެ. ހަސަނާ ބަލާބަލާށެވެ. މިހިރަ ކޯރޓުން ފަސް ފަނޑިޔާރުންގެ އިއްތިފާގުން އެއްދުވަހު ނިންމާ ހުކުން އަނެއްދުވަހު 3 ފަނޑިޔާރުން އެބަ ބާތިލްކުރެއެވެ. ހުކުންކުރަންތިބި ފަނޑިޔާރުންނައްވެސް އަދި އަޑުއަހަންތިބި މީހުންނައްވެސް މިވަނީ އަދި ދެންވާނީ ކިހިނެއްކަން ނޭގޭހިސާބައް ސިޔާސީ ނުފޫޒުގެ ތެރެއައް ފަނޑިޔާރުންގެ ބުއްދިއާއި ވިސްނުން ދިޔާތީވެ، އަޅެ ﷲގެ ގާނޫނުގައި ގިސާސް ހިފުމުގައި ދިރުންވިއަސް މިރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރަން މިއުޅެނީ ހަމައެކަނީ ހުމާނު މަރަންކަމުގައި ވާނަމަ މިތިބަ ގޮތެއްނެތް ޖާހިލުންގެ ވާހަކަ ދައްކާނީ ކިހިނެއްހޭ! އަޅެ މިރާއްޖޭގެ ފަޑިޔާރުގެޔާ ސަދޫމުގެ ފަނޑިޔާރުގެއާ ތަފާތު ވޭހެވެ. މިހާހިސާބައް ނަދީމައްތަ ވާހަކަ ދިޔާމަ އެތާ ހުންނަން ނުކެރިގެން ހަސަނު އަވަސް އަވަހައް މިސްރާބުޖެހީ ލަގުޒަރީ ކައިރީގައި ހުރިފިހާރައެއްގައި މަސައްކަތްކުރާ ތިމާގެ މީހަކާއި ބައްދަލްކުރާށެވެ. އަޅުގަނޑާއި ހަސަނާ ބައްދަލުވީ ލަގުޒަރީ ކައިރިން މަޖީދީ މަގުންނެވެ. ހަސަނަކީ އަޅުގަނޑުގެ ޒަމާންވީ ރަހުމަތްތެރިއެކެވެ. އެވަގުތު ހަސަނު ހުރިހާލަތު އެނގުމުން އަޅުގަނޑު އަވަސްވެގަތީ ހަސަނު ގޮވައިގެން ޖެހިގެންހުރި މަޒާޑާ ކެފޭއައް ވަނުމަށެވެ.  ޕޮލިހުން ނުކުމެގެން ހަސަނު އައިމަގުމަތީގައި ދިމާވި ހުރިހާ ވާހަކައެއް އަލިފުން ޔާއައް އަޅުގަނޑައް ކިޔައިދީފިއެވެ. ކޮންމެޔަކަސް މިހިރީ ފަޅި ދުވަހެއްގެ ތެރޭގައި ހަސަނައްދިމާވި، އަޅުގަނޑުމެން އެތަނަކައްޓަކައި ފަހުރުވެރިވާ ފުރަމާލޭގައި، ހައްލުނުވެ، ހައްލުކުރަންޖެހިފައިހުރި ބޮޑެތި މައްސަލަތަކެވެ.

ހަސަނަށް ދިމާވި ކަންތައްތަކާއި ބެހޭގޮތުން އަޅުގަނޑުގެ ވިސްނުންހުރިގޮތް މިލިޔުމުގެ ކިޔުންތެރިންނާއި ޝެއަރކޮށް ނުލައި ދޫކޮށްލުމަކީ އެންމެ ރަނގަޅުގޮތްކަމުގައި ނުދެކޭތީވެ ދެތިން އަކުރެއް ލިޔެލުމުގެ އުފާ ހާސިލް ކުރަމެވެ.

ނަދީމައްތަ ނޫނަސް އަޅުގަނޑައްވެސް ގަބޫލުކުރެވޭ ގޮތުގައި މިރާއްޖޭގައި ފަޑިޔާރުން އަދުލައް ހުކުން ކުރާކަމައް، ނުވަތަ ހުކުން ކޮއްފާނެ ކަމައް ލިޔާކައް އަޅުގަނޑަކައް ނުކެރޭނެއެވެ. ކޯރޓު ކިޔަސް ފަނޑިޔާރުގެކިޔަސް އަދުލަށް ހުކުންކުރާކަމަށް ރައްޔިތުންނައް ގަބޫލު ނުކުރެވެންޏާ ފަޑިޔާރުގެއެކޭ އަތޮޅު އޮފީހުގެ އުނދޯލިގެއެކޭ ތަފާތެއް ނުވާނެއެވެ.

އަނެއްކާ އަނެއް ވާހަކައެވެ. މާލެއާއި، މާލޭކައިރީގައި ދިރިއުޅޭ ހުރިހާ ދިރިތިބީން ކޮންމެދުވަހަކު ކެއުމައް ބޭނުންކުރާ ހުރިހާ ތަރުކާރީ އާއި ފަލަމަޑީގެ ބާވަތްތަކާއި، ހިކިކަނޑުމަސް ލޯކަލް މާރުކޭޓުގައި ރޯމާދުވާލު ހުރިހާ ދިވެހިންގެ ކުރިމަތީގައި ގާނޫނާއި ގަވައިދާ ހިލާފަށް ދިވެހި ވިއާފާރި ވެރިންނައް ފުރުސަތު ނުލިބޭގޮތައް ލޯކަލް މާރުކޭޓުގެ ގޮޅިތަކުގައި ވިއާފާރި ކުރަމުން އެގެންދަނީ ބަންގާޅީންނެވެ. އަޅުގަނޑު ހިތައްއަރައެވެ. ސަރުކާރުގެ ވެރިޔަކު ދުވަހަކުވެސް މިތަނައް އަޅެ ނުވަންނަނީބާއެވެ. އިކޮނޮމިކު މިނިސްޓަރ ފައްޔާޒު އަޅެ ކޮބަހޭ! ނޫނީ މާލޭ ރައްޔިތުން އިންތިހާބުކުރި ސިޓީ ކައުންސިލަރުން ކޮބާހޭ! ގައުމެއްގެ ހަޔާތުގައި އެގައުމެއްގެ ރައްޔިތުންކުރާ މިފަދަ އެންމެ އާދައިގެ މަސައްކަތުގެ ތެރެއައް ބިދޭއްސީން ވަދެގަންނަން ދޫކޮށްލުމައްވުރެ ވަކި ބޮޑު ގައުމީ މައްސަލައެއް،ގައުމެއްގެ ހަޔާތުގަ ކުރިމައްޗެއް ނުވާނެއެވެ. މާލޭ ލޯކަލް މާރުކޭޓު ބަންގާޅީން ހިސޯރުކޮއްގެން ތިބޭ ތިބުން ސަރުކާރުން ނިމުމަކަށް ގެންނަންޖެހެއެވެ. ނޫނީ ރައްޔިތުން ނިކުމެ ގަދަބާރުން ނަމަވެސް ބަންގަލީންގެ އަތްދަށުން ލޯކަލް މާރުކޭޓު ސަލާމަތް ކުރަންޖެހެއެވެ. މިކަމުގައި ސަރުކާރާއި، ރައްޔިތުންގެ އިހުމާލު އިންތިހާއައް ބޮޑެވެ.

އަޅުގަނޑަށް ލިބިފައިވާ މައުލޫމާތު ކުއްކަމުގައި ނުވާނަމަ ބަންގާޅީންނައް ބޮޑު އަގުގައި ގޮޅި ކުއްޔައްދީގެން އާމްދަނީ ހޯދަމުންދާ ފަރާތްތަކުގެ ތެރޭގައި ރައްޔިތުން މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންނާއި، ސަރުކާރުގެ އިސްވެރިންނާއި ދައުލަތުގެ ކުރީގެ މަހާރެހެންދީވެސް، ބަންގާޅީ ޖަރީމާގައި ހިމެނޭ ކަމުގެ ތުހުމަތުގެ އިނގިލި އެދަނީ ދިއްކުރަމުންނެވެ. މިކަން މިހެން އޮތުމުން ބަންގާޅީންގެ ބަލާވެރިކަން ލޯކަލް މާރުކޭޓައް ފޯރާނެވަރު އަޅެ ވިސްނައިލަ ބައްލަވާށެވެ.  

މިވަގުތު މައުލޫމާތު ލިބެމުންދާ ގޮތުގައި މިހާރު ވެރިކަމުގައި ހުންނެވި އިބުރާހިމް މުހަންމަދު ސޯލިހު ބޭނުންފުޅުވެގެން ދިވެހިންނައް އަނބުރާ މި ގޮޅިތައް ހޯދައިދިނުމައް ސިޓީއެއް ގޮޅިތަކައް ފޮނުވަމުންދާވާހަކަ އެބަ އަޑުއިވެއެވެ. މިއީ އެހާ އާވާހަކައެއް ނޫނެވެ. ކޮންމެ ސަރުކާރެއް ބަދަލުވާއިރު މި ގޮޅިތައް އެސަރުކާރަކާއި ގުޅުންހުރި ފަރާތްތަކަށް ދިނުމައްޓަކައި މީގެ ކުރިންވެސް ސިޓީ ކައުންސިލުން ގޮޅިތަކަށް ސިޓީ ފޮނުވަމުންދެއެވެ. މިހެން މިކަން އޮތުމުން މިފަހަރު މިފޮނުވާ ސިޓީގައިވެސް އާރުލާނެ ވާހަކަ ލިޔަން އަޅުގަނޑައް ދައްޗެވެ. ކޮންމެޔަކަސް އަޅުގަނޑުގެ ރަހުމަތްތެރިޔާ މިސްޓަރ ހަސަނު މާލޭ ލޯކަލް މާރުކޭޓުން ގޮޅިއަކައް އިންތިޒާރުކުރެއެވެ. އަދި އިބުރާހިމް މުހަންމަދު ސޯލިހަކީ ހަސަނު ވަރައް އިތުބާރު ކުރައްވާ ބޭފުޅެކެވެ. އެހެން ކަމައްވުމުން މި ގޮޅިތަކައް ވާގޮތެއް ބެލުމައް އަޅުގަނޑާއި ހަސަނާ ދެމީހުން ތިބޭނީ ބަލާށެވެ. ( މިއަންނަ ހަފުތާގަވެސް ހަސަނާއި ބައްދަލުވާނެ ކަމުގެ އުންމީދުގައި މި ވަކިވަނީއެވެ. އެންމެ ބޭފުޅުންނައް ވަރައް ހިޔޮދުއާ ސަލާމެވެ.)

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close