ނާނު

ފުރަންގިޕާނީ

          ރާއްޖޭގައި އެންމެ މަޝްހޫރު މަލެއްގެ ގޮތުގައި ފާހަގަ ކުރެވެނީ ފުރަންގިޕާނީ ނުވަތަ ގުލްޗަންޕާމަލެވެ. މި މާ ރާއްޖެއައް ޚާއްޞަވަނީ “އަންނިމާ” މިނަމުންނެވެ. ފުރަންގީޕާނީ މާ ޚާއްޞަކޮށް ބޭނުން ކުރަމުން އަންނަނީ މަސާޖު ތެރަޕީހަދާ މީހުން ހުވަނދު ފަރުވާގެ ގޮތުގައެވެ. އަދި ޒަމާނުންސުރެ އަޅުކަން ކުރުމަށް ޚާއްޞަ ކުރެވިފައިވާ ތަންތަނުގެ ދޮރުމަތީގައި ފުރަންގިޕާނީ ގަސްއައީ އިންދަމުންނެވެ. އެގިފައިވާ ގޮތުގައި ފުރަންގިޕާނީމާ ބިންމައްޗަށް ވެއްޓިފައިވާ ސަރަހައްދު ތަކަށް ހިކަނދި ކައިރި ނުވާކަމަށް  ބެލިފައިވެއެވެ.

        މޫމިނެއްގެ ގަޔައް އެއްހަރަކުން ދެކައްޓެއް ނުޖެހޭނެ! އަޅުގަނޑަށްއެނގޭ ވެރިކަން ވެއްޓޭގޮތް! އަޅުގަނޑަށްއެނގޭ ބަޣާވާތް ކުރީމަ ވާގޮތްވެސް! ވެރިކަން ނެތުނީމަ ވީގޮތުގެ އިޙްސާސްވެސް އަޅުގަނޑުގެ އެބަހުރި! އަޅުގަނޑު ފަސްޖެހުމެއްނެތި ރައްޔިތުންގެ މަޖިލީހަށް މިވަންނަނީ ރައީސް އިބުރާހިމް މުޙަންމަދު ސޯލިހުގެ ވެރިކަން ހިފަހައްޓާ ނެގެހެއްޓުމަށް! ތިޔަބޭފުޅުން ޓެކްސްގެ ގޮތުގައި ދައްކާ ފައިސާ ގޯނިގޯންޏަށް އަޅައިގެން ރިޝްވަތުގެ ގޮތުގައި މަޖިލީސް މެމްބަރުންނަށް ބެހުން ހުއްޓުވާށާއި، ގޭގެއަށް ދަބަސް ދަބަހުގައި އުފުލާ ވަގުފައިސާގެ ކަންތައްތައް ހުއްޓުވާ ތިޔައެންމެ ރައްޔިތުންގެ ހައްގު މަޖިލީހުގެ ތެރެއިން ތިޔަބޭފުޅުންނަށް ކަށަވަރު ކޮއްދިނުމަށް މަސައްކަތް ކޮއްދިނުމަށެވެ.

         މިއީ އަޅުގަނޑު ދެއްކި ވާހަކައެއް ނޫނެވެ. ކުރީގެ ރައީސުލްޖުމުހޫރިއްޔާ މުހަންމަދު ނަޝީދު މަންޗަށްގޮޅި މެދުދާއިރާއަށް ރައްޔިތުންގެ މަޖިލީހުގެ ޕުރައިމަރީއަށް ނުކުތުމަށް ބޭއްވި ޖަލުސާގައި ގާސިމް އިބުރާހިމް ކައިރީގައި ބަހައްޓަވައިގެން ދެއްކެވި ވާހަކަފުޅެވެ. ގަބޫލް ކުރެވުނު ގޮތުގައި ގާސިމް އިބުރާހިމް ކައިރީގައި ބަހައްޓަވައިގެން މިވާހަކަ ރައީސް ނަސީދު ދެއްކެވުން އެއީ ގާސިމް އިބުރާހިމްގެ މޫނުމަތީގަ ޖެއްސެވި ތަފާވަރެކެވެ.

ގުޅުންހުރި ލިޔުންތައް

          އަޅުގަނޑަށް ގަބޫލުކުރެވުނު ގޮތުގައި ރައީސް ނަޝީދާއި، ރައީސް އަބުދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހަށް މިވަގުތު ކުރިމަތިލުމުގައި ދެކޮޅުނުޖެހޭ ޑިމޮކްރަސީގެ ރުކުންތަކާއި ފުށުއަރާ ކަންތައްތަކެއް އެބަހުއްޓެވެ. މި ދެބޭފުޅުން ރައީސުލް ޖުމުހުރިއްޔާކަން ކުރައްވާފައިވާތީ ދައުލަތުންދޭ ލައްކައަކައްވުރެ ގިނަ ދިވެހިރުފިޔާއާއި، ދައުލަތުގެ ހައި ސެކިއުރިޓީއާއި ކާރުކޮޅާއި، މިއިން ކޮންމެ ބޭފުޅަކު ގެންގުޅުއްވާ ސޮދަގާތު ފައުންޑޭޝަނުގެ ޚަރަދާއި އަދި ޕާޓީގެ މުސްތަޝާރު ނުވަތަ ރައީސްކަމާއި، މިކަހަލަ ހުރިހާ ކަމެއް ސަރުކާރުން ހަމަޖައްސާދީފައި ވަނިކޮށް އަނެއްކާ ރައްޔިތުންގެ މަޖިލީހަށް ނުކުމެ މަޖިލީހުގެ ގޮނޑި ކަމިޔާބު ކުރެވެއްޖިއްޔާ، މަޖިލީހުގެ މެމްބަރަކަށްވީތީ ލިބެންޖެހޭ ހުރިހާ އިނާޔަތަކާއި، އިމްތިޔާޒަކާއި، އަނެއްކާ އަށްޑިހަދެހާސް ރުފިޔާ އާއި، މިކަހަލަ އެތައް،އެތައް ކަމެއް ފަހިވެގެންދެއެވެ. މިއީ ޤާނޫނު ހެދިމީހުންގެ މައްސަލައެއް ނޫނެވެ. ފެހި ގާނޫނު އަސާސީގެ ރޫޙަކީ ރައީސުލް ޖުމުހޫރިއްޔާކަން ކޮށްފައި ތިއްބެވި ބޭފުޅުންނަށް ދައުލަތުންދޭ ޢިއްޒަތާއި، ޤަދަރާއި، ލޯތްބާ، އިޙްތިރާމާއިއެކު ބައިތިއްބުމެވެ. ކޮންމެ ގޮތެއްގައި ނަމަވެސް ގާނޫނުގެ ތެރެއިން މިމައްސަލަ ހައްލުނުކޮށް މިދެބޭފުޅުން ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ލައްވައިފިނަމަ މިދެބޭފުޅުން ” ސިޔާސީ ދުރޫސުލް އަޚްލާގާ” ތައާރުޒްވެއެވެ.

          އަޅުގަނޑައް ގަބޫލް ކުރެވޭގޮތުގައި ރައީސް ނަޝީދު ރައްޔިތުންގެ މަޖިލީހައް ވަނުމަކީ ހިޔޮފާލެކެވެ. ފައިސާވެރިންގެ ނުފޫޒުން ރައްޔިތުންގެ މަޖިލީސް މިނިވަން ކުރުމަކީ މިވަގުތު ކޮންމެހެން ކުރާންޖެހޭ ކަމެއްގެ ގޮތުގައި ނޫނީ ނުދެކެމެވެ. ގާސިމް އިބުރާހިމް އާއި ސަންޝިޔާމް ފަދަ ވިއާފާރި ވެރިންގެ އަތްދަށުން ރައްޔިތުންގެ މަޖިލީހާއި ޖުޑިސަލް އެޑުމިނިސްޓްރޭޝަން އާއި ކޯރޓުތައް ސަލާމަތް ކުރެވިގެން މެނުވީ މިގައުމު ސަލާމަތުގެ އައްސޭރިއަކައް ނުގެންދެވޭނެއެވެ. މިއީ މިއަދު ގައުމައް ދިމާވެފައިވާ ވަރައް ނުރައްކާތެރި ބޮޑު ވަބާއެކެވެ.

          ކޮންމެޔަކަސް އެއްއިރެއްގައި ގާސިމް އިބުރާހިމަކީ ރައްޔިތުންގެ އިހުތިރާމާއި ލޯބި ލިބިފައިވާ ފަގީރުންގެ ބައްޕައެވެ. އެކަމަކު މިއަދު ސޯސަލް މީދިޔާގައި އެމީހަކަށް އެންމެގިނަ މީހުން ނަފުރަތާއެކު ފާޑުކިޔުން ރައްދުކުރާ އެއްބޭފުޅަކީ ގާސިމް އިބުރާހިމެވެ. މިއީ ގާސިމް އިބުރާހިމް ވިސްނަވަންޖެހޭ ވަރައްބޮޑު މައްސަލައެކެވެ. ގާސިމް އިބުރާހިމަކީ އާދައިގެ ބޭފުޅެއް ނޫނެވެ. ﷲގެ ހިޔޮރަހުމަތުން މުދަލާ، ރުފިޔާ، ފައިސާ މަދުނުވާވަރައް ދެއްވާފައިވާ ދީލަތިބޭފުޅެކެވެ.

          މަޖިލީހުގައި ތިއްބެވި އަބުދުﷲ ޔާމީނައް ތާއިދު ކުރެއްވި ބައެއް މެމްބަރުން ޖުމުހޫރީ ޕާޓީއައް ވަޑައިގަންނަވަނީ ބުނެވޭ ގޮތުގައި ފުރަންގިޕާނީ މަލުގެ ހުވަނދު ފަރުވާއިން މަސާޖު ތުރުކުރައްވާގެންނެވެ. ހުވަނދު ފަރުވާގެ ތާސީރު ފިލާއިރައް ގާސިމް އިބުރާހިމަށް ބޭވަފާތެރިވެ ކުރީގެ ރައީސް ﷲ ޔާމީންއާއި އެކު އެބޭފުޅުން މަގުމައްޗައް ނުކުމެ ވަޑައިގަންނަވައެވެ.  

         އަދި އަހަރުމެން ހަނދާންނެތޭހާ ދުވަހެއްނުވެއެވެ. ވީގޮތެއްވާން، ކަނޑުވަނޏާ ކަނޑުވާން ފެތެންޏާ ފެތެން ހިތާ،ފިތާ ގުޅިގެން އެއްކަލަ ރިޔާޒު ރަޝީދާއި، ހުސެންމަނިކު ދޮންމަނިކާއި، ފަރެސް މާތޮޑާ މެމްބަރ ޔާމީނު ގެންގުޅޭ ހުސޭނާއި، ތިންމީހުން ގާސިމް އިބުރާހިމައް ސިޔާސީ ބައިޔަތު ހިފުމައްފަހު އެވަނީ ބޭވަފާތެރިވެފައެވެ. ގާސިމް އިބުރާހިމައް އެނގިވަޑައި ނުގަތަސް މިއީ މިކަން ވާނެވެސްގޮތެވެ. އަހިވަކަކާޖެހި އަހިވައް ފާވާނެއެވެ. މިފަދަ ބޭބޭ ފުޅުން ޕުރައިމަރީއާއި ނުލައި ޓިކެޓްދީގެން މަޖިލީހައް ހޮވުމަށްޓަކައި ޕާޓީއައް ގެނައަސް އަދި ހޮވައިދިނަސް މިބޭބޭފުޅުންގެ ފަރާތްޕުޅުން ބޭވަފާތެރިކަން ނޫނީ ފެނިގެން ނުދާނެއެވެ. މިފަދަ ސިޔާސީ ރަންޑިން ގޮވާގެން ގާސިމް އިބުރާހިމް މަޖިލީހައް ނިކުންނައިރު އެމް ޑީ ޕީ މެޖޯރިޓީއޮތް ދާއިރާއެއް ގާސިމް އިބުރާހިމަށް ދޫކޮއްލާނެ ގޮތެއްއަޅެ ތިޔަބޭފުޅުން ބުނުއްވަ ބައްލަވާށެވެ. ރައީސް ނަޝީދު ވިއަސް އަދި ކޯލިޝަން ވިއަސް މިފަދަ ސިޔާސީ ފިނޑި އަމަލެއް ހިންގަން އެމް ޑީ ޕީ ގުރާސް ރޫޓް ފުރުސަތެއް ނުދޭނެއެވެ.

        ރައްޔިތުންނަށް ވަފާތެރިވާނެކަމައް ވީ އަހުދު ކަށަވަރުވުމުގެ ތެރެއިން ވެރިކަމުގެ އެއްބައިވެރިޔާގެ ގޮތުގައިވެ، ރައްޔިތުން މަޖިލީހުގެ ރައީސްގެ މަގާމުވެސް ހޯއްދަވައިގެން ގާސިމް އިބުރާހިމައް ފައިދާލިބޭނެ ހުރިހާ ބިލެއް ފާސްކޮށް މަޖިލީސް އެވަނީ ޗުއްތީއަށް ފޮނުވާފައެވެ. ރައްޔިތުންނާއި ގުޅުންހުރި ރައްޔިތުން އެކަމަކައް ބޭނުންވެފައި ތިބި ތިންބިލެއް އެވަނީ ގާސިމް އިބުރާހިމް އިސްވެހުންނަވާ ވޯޓައްނާހާ މުވާލާތް ކަނޑުވައިލާ މޭޒުމައްޗައް ގުޅަޔަކައް ޖަހާފައެވެ. މީގެ ތެރޭގައި ޕެންޝަން ފަނޑުން ހައްޖައް ދެވޭގޮތް ހަމަޖައްސާބިލާއި، ރިޔާސީ ކޮމިޝަންތަކަށް ގާނޫނީ ބާރުދޭބިލާއި، ބާކައުންސިލްގެ ބިލް ހިމެނެއެވެ. ގާސިމް އިބުރާހިމް އިސްވެހުންނަވާ މިކަން މިހެންކުރުމުން ރައީސް އިބުރާހިމް މުހަންމަދު ސޯލިހު 100 ދުވަހުގެ އެޖެންޑާގަ ހިމެނުއްވި ކަންތައްތައް ނިންމުމައް ވަރައްބޮޑައް ދަތިވެގެން ދާނެއެވެ. މިއީ ދެވަނައެއްނެއް އަމިއްލައދުން ބޮޑު ބޭވަފާތެރި ކަމުގެ ނަމޫނާ މިސާލެކެވެ.

         ނިންމާލަމުން އެއްވާހަކައެއް ފާހަގަ ކޮއްލާނަމެވެ. މިވަގުތު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތީ ޖުމުހޫރީ ޕާޓީއަށެވެ.  މިއީ މީގެ ދެތިން ހަފުތާކުރިންވެސް އަލުގަނޑު ލިޔުނު ވާހަކައެވެ. މަޖިލީހުގެ ތެރޭގައި ސިޔާސީ ރަނޑިންގެ ގޮތުގައި ހަށިވިއްކައިގެން ކުލަބަދަލުކޮއް ފައިސާހޯދި ގާވިހަމަސްތަކެއް ކަހަލަ މެމްބަރުންނައް މިފަހަރު ރައްޔިތުންގެ މަޖިލީހައް ވަނުމުގެ ފުރުސަތު ނުދެމާ ހިންގަވާށެވެ. މިފަހަރު މިއީ ރައްޔިތުންގެ ފަހަރު ކަމުގައި ހެއްދެވުމައް އިލުތިމާސްވެސް ކުރަމެވެ.

         މިވާހަކަ މިހެން އެކިމީސް މީހުން އެކިފަހަރު ލިޔާތާ މިހާރުމިވަނީ އެތަކެއް ދުވަސްވެފައެވެ. ކޮންމެ ކަމަކައްވެސް ނިމުމެއްވާ ފަދައިން މިކަމައްވެސް ނިމުން ގެންނަންއެބަޖެހެއެވެ. ވުމާއިއެކު ދެކަމެއް ހަނދާނުގައި ބެހެއްޓެވުމަށް ތިޔައެންމެ ބޭފުޅުންނައް ހަނދާންކޮއްދެމެވެ. ރާއްޖޭގައި ހުރި އެންމެ ކަރާމާތްތެރި ދެތަނަކީ މިސްކިތާއި، ރައްޔިތުންގެ މަޖިލީހެވެ. އެހެންކަމައްވުމުން ރައްޔިތުން، ރައްޔިތުންގެ މަޖިލީސް ފައިސާވެރިންނާއި، ފަސާދަކުރާ ސިޔާސީ މީހުންނާއި، ވަގުންގެ މުށުގެތެރެއިން ސަލާމާތްކޮށް އަބުރުވެރި، ކަރާމާތްތެރި ރައްކާތެރި ރައްޔިތުންނައް ސިޔާސީ ހިޔާލިބިދޭ ގަހެއްގެ ގޮތުގައި އަންނަން އޮތް ޖީލައް ރައްކާތެރިކޮށްދެން ޖެހެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close