ކޮލަމް ލޯކަލް ކައުންސިލް ގާނޫނު އިސްލާހުކުރުން

ލޯކަލް ކައުންސިލް ގާނޫނު އިސްލާހުކުރުން

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

          ހަސަނަށް ޖެހިގެންހުރިގޭ ޓީވީއިން އަޑުއިވިގެން ދިޔައީ ރައްތަށް ހިންގަން ކައުންސިލަރުން އައްޔަނުކުރި ވާހަކައެވެ. ހަސަނު ވީއުފަލުން ދުއްވައިގަތީ ހޮޅުއައްޓަށެވެ. ކަމަކު ދާކައްނެތެވެ. ހޮޅުއަށި އޮތީ ދެބަޔައް ބެހިފައެވެ. ޒުވާބު ގަދަވެ އެކަކު އަނެކަކު ގަޔައް އަތްލާ ހިސާބަށް ދިޔުމުން ދެން ދުއްވައިގަތީ ގެއާދިމާލަށެވެ. ގެއައްގޮސް ނުވަދެވެގެން އުޅެނިކޮށް ހަދިޖާ ބުނީ ދޮންބޭބެގެ މުހަންމަދައް ދެންމެ މިރަށުގެ “ކައުންޓަރުކަން” ދީފިއެވެ. މިހާ ހިސާބުން ހަސަނު ބޮލުގަ ދެއަތް އަތްއަޅައިގެން އިސީނީ ޖޯލިފަތީގައެވެ. ހަސަނު ހިތާހިތާ ސުވާލުކޮށްލެވުނޭ! ދެން ހާސްކަނޑާލަމާ ހިނގާށެވެ. އަންހެނުންނަށް ނޭގި “ވީނަސްތަރިން” ހިތްއެދޭފަދަ ލޯބިވެރިޔަކު ހޯދުމަކީ ދެން ކުރެވޭނެ ކަމެއްތާއެވެ.

           މިވަގުތަކީ ސަރުކާރެއް ބަދަލުވެ ނުކިއްސަރުކޮއް ގައުމުގައި ހުރި ހުރިހާ ކަމެއް ރަނގަޅު ކުރަމުންދާ ދުވަސް ވަރެކެވެ. އަޅުގަނޑުމެންނާއި، ލާމެހިގެންވާ ލޯކަލް ކައުންސިލްގެ ގާނޫނުގައި ހުރި މައްސަލަތަށް ބަލާ އެގާނޫނު ކޮށާ،މަށާ ހަދަމުންދާކަމައް ސަރުކާރުން ބުނާ ދުވަސްވަރެކެވެ. އެހެން ކަމައް ވުމުން މި މުނާސަބު ވަގުތުގައި ރަށުކައުންސިލާ ބެހޭގޮތުން އެއްޗެއް ލިޔެލުމަކީ ކޮންމެހެން ބޭނުން ކަމެކެވެ.   

           ކޮންމެޔަކަސް ރާއްޖޭގައި މިއޮތް ލާމަރުކަޒީ ގާނޫނުގެދަށުން ކައުންސިލްތައް ހިންގަން މަސައްކަތް ކުރާތާ އުމުރުން ދޮށީވެ ބޮލުގަހުރި ފަތްކޮޅު މިހާރު މިވަނީ ނުރަޔަށް ބަދަލުވެފައެވެ. ވީކަމެއް، ކުރެވުނު މާބޮޑު ތަފާތު ކަމެއްވެސް ނެތެވެ. ތެދުތެދައް ބުނަނީނަމަ މިރާއްޖޭގައި މިއޮތް ކައުންސިލްތައް މިވަގުތު ހިނގަމުންދަނީ ރައްތަކުގައި ދެކަތީބުން ތިބިއިރައްވުރެވެސް މާގޯސްކޮށް ” އަމާބުނީތީ” ފަރައްދާ އުސޫލުން” ގެއަށް ލައިގެން ކާއެއްޗެއް ހޯދަން ކައުންސިލަރ އޮފީހައްދާ އުސޫލުންނޭ” ބުނުމަކީ ދޮގަކަށް ނުވާނެއެވެ. މިއީ ވަރައްބޮޑު މައްސަލައެކެވެ. ސަރުކާރުން ރަށުކައުންސިލްތައް ބާރުވެރިކުރަން ބޭނުންވި ގޮތެއްވެސް ނުމެ ނޫންމެއެވެ.   

          އަލުގަނޑަށް ލިބިފައިވާ މައުލޫމާތު ކުއްކަމުގައި ނުވާނަމަ ރާއްޖެއަށް މި ގެނެވުނު ކައުންސިލްތަކުގެ މޮޑެލް އިމްޕޯރޓް ކޮށްފައިވަނީ ރައީސް މައުމޫނުގެ ވެރިކަމުގައި ވަހީދުއްދީން އެޓޯލްސް މިނިސްޓަރަކަށް ހުންނެވިއިރު ފިލިޕިންސުންނެވެ. ކޮންމެޔަކަސް ފިލިޕިންސައް ދިޔުމުގެ ނަސީބު ﷲ ގެ އިރާދަފުޅުން އަޅުގަނޑަށް ލިބުނީތީވެ ފިލިޕިންސުގެ ކައުންސިލްތައް ހިނގަމުންދާ ގޮތް ލޮލުން ދުށުމުގެ ނަސީބުވެސް ލިބުނެވެ. އަޅުގަނޑާއެކު އުޅުނު ޓުއަގައިޑުގެ ފަރާތުން ލިބުނު މައުލޫމާތާއި،އަޅުގަނޑައްފެނުނު ކަންކަމައް ބުރަވާއިރު ލިޔަންޖެހެނީ ފިލިޕިންސްގެ ރައްފުށު ކައުންސިލް ތަށްވެސް ހިނގަމުން ދަނީ ރާއްޖެއެކޭ އެއްގޮތަށް “އަސާގަނޑު”ގެ އެހީގައޭ ލިޔުމަކީ ދޮގެއްނޫނެވެ. ފިލިޕިންސަކީވެސް ރާއްޖެއާއި އެއްގޮތް 7010 ޖަޒީރާގެ މައްޗަށް އެކުލެވޭ 16 މިލިޔަމް މީހުން ދިރިއުޅޭ ގައުމެކެވެ.

ކައުންސިލް ތަކުގެ އިދާރީ ހިނގުން

          އަޅުގަނޑައްވެސް ވީ ހަމަ ހަސަނަށް ވީކަހަލަ ގޮތެވެ.  އަޅުގަނޑަކީވެސް ނިމިދިޔަ ވެރިކަމުގައި އައްޔަންކުރި ރަށުކައުންސިލަރަކަށް ވުމުގެ އިތުރުން އެދުވަސްވަރު އުފެއްދި ޕުރޮވިންސް އޮފިހުގައާއި،އަތޮޅު އޮފީސް ހިންގުމުގައި ހަރަކާތްތެރިވި މީހަކަށް ވުމުން މިކައުންސިލްތަށް ހިނގާފައިވާ ގޮތާއި، ހިންގިފައިވާ ގޮތާއި، ދިމާއި ހުރިހާ މަސަލައެއްހެން ތަޖުރިބާ ކުރެވިފައިވާ މީހަކީމެވެ.

          އަޅުގަނޑައް ގަބޫލް ކުރެވުނު ގޮތުގައި ރާއްޖޭގެ ރައްރަށުގައި ލޯކަލް ކައުންސިލްތަށް ރައްޔިތުންނާއި ގާތުން އެންމެ ފައިދާހުރި ގޮތުގައި ހިންގިފައި ނުވަނީ ލޯކަލް ކައުންސިލުގެ ގާނޫނު ވުޖޫދު ވެފައިވާ ގޮތުންނެވެ. މިއީ އެންމެބޮޑު އެއްމައްސަލައެވެ. ރައްޔިތުންގެ މަޖިލީހުން މިގާނޫނު ހަދާފައިވަނީ  ސަރުކާރަށާއި،ސަރުކާރާ ގުޅުންހުރި ސިޔާސީ މަގާމުތަކުގައި ތިއްބެވި ހުރިހާ ވެރިންނަށް ރައްޔިތުންގެ މައްޗަށް ސިޔާސީ ނުފޫޒް ފޯރުވޭނެހެން ހީވާ ހުރިހާ ގޮތަކަށެވެ. މިއީ އެއްވާހަކައެވެ.

          ދެވަނަ ސަބަބެއްގެ ގޮތުގައި ފާހަގަ ކުރެވުނީ ރައްޔިތުންގެ ކަންތައް ރައްޔިތުން އަމިއްލަޔަށް ނިންމަން ލިބުނު ފުރުސަތުގައި ކަމައްގާބިލް ނޫން، ކަމުގެ ތަޖުރިބާނެއް، ތައުލީމީނޫން މީހުން ކައުންސިލުތަކަށް އިންތިހާބު ކުރުމެވެ. މިކަމުގައި ރައްޔިތުންގެ އިހުމާލުވެސް ވަރައްބޮޑެވެ. ރައްޔިތުންގެ ނިންމުން ތަޖުރިބާއައް ބުރަވާނަމަ ބުނަންޖެހެނީ ގިނަރައްރަށުގައި ކައުންސިލައް ރައްޔިތުން އިންތިހާބުކުރީ ކަތީބުގެ ދަރިފުޅުވީމަ، ނާލުބޯޓު ދުއްވާ މީހާގެ ދަރިފުޅުވީމަ، ތިންފިހާރަ އޯނަރުގެ ދަނބިދަރިފުޅުވީމް، އަދި އެއިރަކު ވެރިކަމުގައި އޮތް ޕާޓީއެއްގެ މީހުން އިންތިހާބު ކޮއްގެން މެނުވީ ރަށުތަރައްގީގައި ކުރިޔައް ނުކަނޑާނެ ކަމައްބުނެ ވެރިކަމުގަ އޮތް ޕާޓީގެ ތިންމީހުން ހިމަނައިގެންނެވެ. އަދި މީގެ އިތުރުން ބައެއްރައްރަށުގެ ބޮދެތި އައިލާތަކުގެ ކުދިންގެ ތެރެއިން “ދެންމެ ކިރުތުނބުން ނައްޓާލި” އުމުރުގެ ކުދިންވެސް ރައްޔިތުން ރައްޔިތުންގެ ކަންތައްތައް ނިންމުމަށް އިންތިހާބުކޮއް ރައްރަށުގެ ކައުންސިލައް ވައްދާފަ އެބަތިއްބެވެ.

          ރަށުކައުންސިލަރުންގެ ތައުލީމީ ފެންވަރަކީ އަސާސީ ތައުލީމުގެ ފެންވަރު ކަމައް ގާނޫނު ބުންޏަސް އަލުގަނޑަށް ގަބޫލް ކުރެވޭގޮތުގައި ރައްޔިތުން، ރައްޔިތުންގެ ކަންތައްތައް ނިންމަން އިންތިހާބު ކުރާ މީހާ ވާޖެހޭނީ އެމީހެއްގެ އަމިއްލަ ހަޔާތުން އެމީހާއަކީ ކާމިޔާބު ވަފާދާރު ދިރިއުޅުމެއް ހޯދައިފައިވާ މީހަކަށެވެ. އަދި މިމީހާއީ ރައްޔިތުންގެ ކަންތައްތައް ނިންމަން އެގޭވަރުގެ ދިރިއުޅުމުގެ އިހުސާސްހުރި ރައްޔިތުންގެ އިހުތިރާމާއި، ގަދަރު ލިބިފައިވާ އުމުންދޮށީ މީހަކައްވެސް ވާންޖެހޭނެއެވެ. އަދި މީގެ އިތުރުން މި މިހާއީ ސަރުކާރުގެ ވަޒީފާގެ ތެރެއިން ނުވަތަ އެހެންވެސް ގޮތަކުން މިފަދަ ކައުންސިލެއް ހިންގުމުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވުމަކީ ކޮންމެހެންވެސް ބޭނުންކަމެކެވެ. މި މީހާނޫނީ ރައްޔިތުން ހޮވައިފީ ވިއްޔާ ދެން އިންތިހާބުކުރާ ކައުންސިލްތައްވެސް އެބުރި މާޒީ ރިޕީޓު ކުރާނެއެވެ. 

ކައުންސިލްތައް ހިންގުމުގައި ދިމާވި ހުރަސްތައް

         ރަށު ކައުންސިލްތައް ހިންގުމުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ކައުންސިލްތައް ހިންގުމަށް ތަޖުރިބާނެއް، ކަމައްގަބިލްނޫން، ސަރުކާރުގެ އޮފީހެއްގަވެސް އުޅެފައިނުވާ ޕާޓީތަކުގެ އެކްޓިވިސްޓުން ކައުންސިލައް އައަޔަނުކޮށް ނުވަތަ އިންތިހާބުވުމެވެ. ދެންފާހަގަ ކުރެވިގެން ދިޔަ އަނެއްކަމަކީ ރައްރަށައް ކައުންސިލުތައް އައުމާއި ގުޅިގެން އެވަގުތު އޮފީސްތަކުގައި ތިއްބެވި ޒަމާންވީ ގިނަ ކަތީބުންނާއި،ސިވިލްސާވީސް އިސްމުއައްޒަފުވެސް އިހުލާސްތެރިނުވެ އުނދަގުލާ ޖެއްސުންކުރުން ކައުންސިލަރައް ކުރިމަތިލާންޖެހުމެވެ. އެހެން އެކަން ދިމާވުމުން ބައެއް ރައްރަށުގައި ކައުންސިލަރުވީ ކުޅޭކުޅޭ އެއްޗަކަށެވެ. އަނެއްބައި ރައްރަށުގައި ދަސްޓް ބިންނަސެވެ. އަޅުގަނޑައް ދިމާވި ހާދިސާއެއް ކުޑަގޮތަކަށް ބުނެލައި ދޭނަމެވެ. ނ.ލަންދޫގެ  ހުޅަގުން ބައިގަޑިއިރުގެ ރާސްތާއަކުންދެވޭ ރަށެއްގެ ކައުންސިލަރަށް ސިވިލް ސާރވީސް އިސްމުއައްޒިފު ކޮމްޕިއުޓަރ ހަމަޖައްސައި ދީފައިހުރީ ކައުންސިލަރ ލިޔުއްވާ ހުރިހާ ލިޔުމަކާއި،ބައްލަވާ ފިލުމާއި،ޑައުންލޯޑްކުރާ ހުރިހާ ޕޮޓޯތައްވެސް ސިއްރިއްޔާތުގައި ބަލައިލެވޭ ގޮތައް އެއްވިއުގައިން ގުޅައިލާފައެވެ. އަދި މީގެ އިތުރުން މި އޮފީހުގެ ކަންތައްތައް ހައްދުން ނެއްޓުންކަމަށް އަތޮޅު ކައުންސިލައް ގަބޫލު ކުރެވި ފައިސާއާއި ލިޔެކިޔުން ހުރިގޮތް ބަލައިލަން އަތޮޅު ކައުންސިލުން އަންގައިގެން އަޅުގަނޑު އެރަށައް ދިއުމުން ނިދަން ދެއްކި އެދުގެ މަޅުތައް ހަރުކުރާ ފަޑިހުރީ ސްބާޑް ފަށަކުން ސިއްރިއްޔާތުގައި ބަދެލައިފައެވެ. އެ އެދުގައި އިށީއްނުމުން ދެންވީ ގޮތުގެ ވާހަހަކަ ބާއްވަމާ ހިންގަވާށެވެ. މިއީ ކައުންސިލްތައް ފެށުމުގައި ބައެއް ރައްރަށުން ދިމާވި ހާދިސާ ތަކުގެ ތެރެއިން އެއްވާހަކައެވެ. އަލުން ކައުންސިލުގެ ގާނޫނު އިސްލާހު ކުރެވިގެން ދާއިރު މިފަދަ ހާދިސާތަކުން އިބުރަތް ހޯދުމީ އެންމެރަނގަޅު ގޮތް ކަމުގައި ނޫނީ ނުދެކެމެވެ.

        ލޯކަލް ކައުންސިލު ގާނޫނުގެ ދަށުން އުފެއްދި ރަށު ކައުންސިލްތައް ހިންގުމުގައި ދިމާވި ގިނަ މައްސަލަތައް އަލުގަނޑު މިލިޔުނީ “އައި ވިޓްނަސްކޮށެވެ”. އަޅުގަނޑުގެ އެދުމަކީ ލޯކަލް ކައުންސިލްގެ ގާނޫނު އަލުން އިސްލާހު ކުރެވިގެންދާއިރު ކައުންސިލްތައް ހިންގުމުގައި މިދިމާވި މައްސަލަތަކައް ސަރުކާރުން އެޑުރެސް ކުރުމެވެ. އަދި ދެން އަންނަ ކައުންސިލް އިންތިހާބުގައި ކަމައްގާބިލް މީހާ ދެނެގަތުމުގެ ހިޔޮބުއްދި ރައްޔިތުންނައް ﷲ މިންވަރު ކޮއްދެއްވުމެވެ.

ޓެގް

ލޯކަލް ކައުންސިލްއިންތިޙާބު ކައުންސިލްތަކުގެ ޤަވާޢިދު ކައުންސިލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.