ޚަބަރު

މި އަހަރުގެ ރިޔާސީ ބަޔާން އިއްވާ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފި

މި އަހަރުގެ ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބާއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހަމަޖައްސަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައިވާ ގޮތުން، އަންނަ ފެބުރުވަރީ މަހުގެ 5 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެކެވެ.

މި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ، ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގެ ދަށުން ކޮންމެ އަހަރަކު ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި މީގެ ކުރިންވެސް ހަމަޖައްސަމުން އަންނާތީއެވެ. ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އޮންނާނީ އެ ދުވަހުގެ ހެނދުނު 9:00 ގައެވެ.

ޤާނޫނުއަސާސީ ލާޒިމުކުރާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާ އިއްވަވާ މި ބަޔާނުގައި ޤައުމުގެ ޙާލަތާއި ކުރިމަގުގެ ރޭވުންތައް ހާމަކުރައްވާނެއެވެ. މިއީ ރައީސް ޑރ. މުޢިއްޒު ރިޔާސީ ދައުރުގައި އިއްވަވާ ތިންވަނަ ރިޔާސީ ބަޔާނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close