ޚަބަރު އުމުރުން 75 އަހަރު ވަންދެން ވަޒީފާ އަދާކުރެވޭ ގޮތަށް ގެނައި އިސްލާޙު ތަސްދީޤު ކުރައްވައިފި

އުމުރުން 75 އަހަރު ވަންދެން ވަޒީފާ އަދާކުރެވޭ ގޮތަށް ގެނައި އިސްލާޙު ތަސްދީޤު ކުރައްވައިފި

އުމުރުން 75 އަހަރު ވަންދެން ވަޒީފާ އަދާކުރެވޭ ގޮތަށް ގެނައި އިސްލާޙު ތަސްދީޤު ކުރައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދައުލަތުގެ ވަޒީފާ އަދާކުރެވޭ އެންމެ މަތީ އުމުރަކީ 75 އަހަރު ކަމަށް ކަނޑައަޅައި، ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމުގެ ފުރުޞަތު ފަހިކޮށްދޭ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤު ކުރައްވައިފިއެވެ.

މި މަހުގެ 5 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގެ ޚާއްޞަ ޖަލްސާއިން ފާސްކުރި މި ބިލުގެ މައިގަނޑު މަޤްޞަދަކީ، ތަޖުރިބާކާރު ފަރާތްތަކަށް އިތުރު މުއްދަތަކަށް ދައުލަތަށް ޚިދުމަތް ކުރުމުގެ މަގު ފަހިކޮށްދިނުމެވެ.

މި ޤާނޫނުގެ ދަށުން ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވޭނީ އުމުރުން 65 އަހަރާއި 75 އަހަރާ ދެމެދުގެ ފަރާތްތަކަށެވެ. މީގެ އިތުރުން، ވޭތުވެދިޔަ 7 އަހަރު ދުވަހުގެ ތެރޭގައި ޕެންޝަން އުމުރު ހަމަވެގެން ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކަށްވެސް މި އުސޫލުން އަލުން ވަޒީފާ ދިނުމުގެ ފުރުޞަތު މި ބިލުން ލިބިދެއެވެ. ނަމަވެސް، ސިފައިންނާއި، ފުލުހުންނާއި، ފަނޑިޔާރުންގެ އިތުރުން ދުސްތޫރީ މަޤާމުތަކުގައި ތިއްބަވާ ފަރާތްތަކަށް މި ބިލުގެ އުސޫލުތައް ނުހިނގާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤު ކުރެއްވުމާ ގުޅިގެން، މިއަދުން ފެށިގެން 30 ދުވަސް ހަމަވާ ތާރީޚުން ފެށިގެން މި ޤާނޫނަށް ޢަމަލުކުރަން ފަށާނެއެވެ. މި އިސްލާޙަކީ ދައުލަތުގެ ވަޒީފާގެ އޮނިގަނޑަށް ގެނެވުނު މުހިންމު ބަދަލެއް ކަމަށްވާއިރު، މީގެ ސަބަބުން ޤާބިލު ފަރާތްތަކުގެ ޚިދުމަތް ދިގު މުއްދަތަކަށް ދައުލަތަށް ލިބިގެންދާނެއެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.