ޚަބަރު

ކުދި ވިޔަފާރިތައް ކުރިއެރުވުމުގެ ކަންކަން ޖަނަވަރީ 1 އިން ފެށިގެން ތަންފީޒުކުރަން ފަށާނަން: ރައީސް

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް (އެސް.އެމް.އީ) ކުރިއެރުވުމަށް ޚާއްޞަ ފިޔަވަޅުތަކެއް ޖެނުއަރީ 1، 2026 އިން ފެށިގެން ތަންފީޒު ކުރަން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރުގައި ހުންނަވައި، އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

މި ފިޔަވަޅުތައް އެޅުމަށް ނިންމާފައިވަނީ 2025 ޑިސެންބަރު 17 ގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއެކު ބޭއްވުނު ބައްދަލުވުމަކުން އެ ވިޔަފާރިވެރިން ފާހަގަކުރެއްވި ކަންކަމުގެ އަލީގައެވެ. މީގެ އިތުރުން ސަރުކާރުގެ މެނިފެސްޓޯގައި ކަނޑައަޅާފައިވާ ކަންކަމާއި، މި ދާއިރާ ކުރިއެރުވުމަށް ހިންގާ އެކި މަޝްރޫޢުތަކުގެ ނަތީޖާ ހެޔޮގޮތުގައި ބައްޓަންކުރުމަށްޓަކައި، ކެބިނެޓްގައި މިދިޔަ ބުދަ ދުވަހު ގިނަ ކަންތައްތަކެއް ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކުރިއަށް އޮތް ދެ އަހަރަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްޞަ ފިޔަވަޅުތަކެއް ތަންފީޒު ކުރާނެ ދެ އަހަރުގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ. މި ފިޔަވަޅުތަކުގެ ތަފްޞީލީ މައުލޫމާތު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އިއުލާން ކުރަމުން ދާނެކަމަށް ވެސް ރައީސްގެ ޕޯސްޓްގައި ވިދާޅުވެފައި ވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close