ޚަބަރު

ރަށްރަށުގެ ޢާއްމު ދިއްލުންތަކަށް ޑޮމެސްޓިކް ރޭޓުން ބިލްކުރުމަށް ރައީސް ނިންމަވައިފި

އަންނަ އަހަރުން ފެށިގެން، ރާއްޖޭގެ ރަށްރަށުގެ ޢާއްމު ދިއްލުންތަކަށް ބިލްކުރާނީ ޑޮމެސްޓިކް ރޭޓްގައި ކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ސިޓީތަކާއި ރަށްރަށުގައި މަގުތަކާއި ޢާއްމު ތަންތަން ދިއްލުމަށް ކައުންސިލްތަކަށް ބިލް ކުރާނީ ޑޮމެސްޓިކް ރޭޓުން ކަމަށެވެ.

މި ނިންމެވުމާއެކު، ފެނަކަ އަދި ސްޓެލްކޯގެ ޚިދުމަތްދޭ ރަށްރަށުގައި ވެސް މި އުޞޫލުން ޢަމަލުކުރެވޭނެއެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ކައުންސިލްތަކަށް މުނިސިޕަލް އެހެން ޚިދުމަތްތަކަށް ޚަރަދުކުރަން ލިބޭ ޢަދަދު ބޮޑުވެގެންދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. ރައީސް މުޢިއްޒު މި ބަދަލު ގެންނަވަނީ ލާމަރުކަޒީ ނިޒާމު އިތުރަށް ތަރައްޤީ ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިފަދަ ނިންމެވުމެއް ރައީސް މިވަނީ ކައުންސިލްތަކަށް ދޭ ބަޖެޓުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ދޭ އިންސައްތަ ބޮޑުކުރަން ނިންމެވުމުން، އެކަމަށް ބައެއް ކައުންސިލްތަކުން ނުރުހުން ފާޅުކޮށްފައި ވަނިކޮށެވެ. މި ބަދަލުގެ ސަބަބުން ކައުންސިލްތަކަށް އިތުރު ފައިސާ މިނިވަންވެ، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close