ސިޔާސީ

އެންމެފަހުން ޖާބިރުގެ މައްސަލަ ސުލޫކީ ކޮމެޓީއަށް

ރައްޔިތުންގެ މަޖިލސްގެ ތެރޭގައި އާދަޔާ  ޚިލާފު ކަންތައްތައް ކުރުމަށް މަޝްޙޫރު ވެފައިވާ ކާށިދޫ ދާއިރާގެ މެމްބަރު، އަބްދުﷲ ޖާބިރުގެ މައްސަލަ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކާއި ބެހޭ ކޮމިޓީއަށް ހުށަހަޅައިފިއެވެ.  

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކާށިދޫ ދާއިރާގެ މެމްބަރު، އަބްދުﷲ ޖާބިރުގެ މައްސަލަ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކާއި ބެހޭ ކޮމިޓީއަށް ހުށައަޅާފައި މިވަނީ  އިއްޔެ ކުރިއަށްދިޔަ މަޖިލިސް ޖަލްސާގައި މަޖިލީހުގެ ނައިބު ރައީސަކަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނީ ކޮން މެމްބަރެއްތޯ ބެލުމަށް ނެގުނު ވޯޓާއި މެދު ހިތްހަމަނުޖެހިގެން މަޖިލިސް ތެރޭ އަޑުގަދަކޮށް މެމްބަރުންނަށް އުނދަގޫކޮށް އަދި އެންމެފަހުން ޖާބިރުގެ މޭޒުކޮޅުގައި ހަރުކޮށްފައި ހުރި މައިކަށް ގެއްލުން ދިނުމުގެ ސަބަބުންނެވެ.

ރައްޔިތުން މަޖިލސްގެ މިއަދުގެ ޖަލްސާ ފައްޓަވަމުން، މަޖިލސްގެ ރިޔާސަތުން ދަންނަވާކަންކަން އިއްވަމުން މަޖިލީހުގެ ރައީސް، މުހައްމަދު އަސްލަމް ވިދާޅުވީ، އިއްޔެގެ ޖަލްސާގެ ތެރެއިން ޖާބިރު މައިކްރޮފޯނަށް ގެއްލުންދީފައިވާ ކަމަށާއި. އަދި މައިކްރޯފޯން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ، އެ ބަދަލުކުރަން ޖެހޭކަން މަޖިލީހުގެ ޓެކްނިކަލް ޓީމުން މަޖިލިހުގެ އޮފީހަށް އަންގާފައިވާ ކަމަށެވެ.

މިއަދުގެ މަޖިލިސް ފައްޓަވަމުން މޖިލިހުގެ ރައީސް އަސްލަމް އިތުރަށް ވިދާޅުވީ، ޓެކްނިކަލް ޓީމުން މައިކް ބަދަލު ކުރުމަށް 5،100 ރުފިޔާ ހަރަދުވާނެ ކަމަށް މައުލޫމާތު ދެއްވާފައިވާ ކަމަށާއި އެހެން ކަމުން އެމައްސަލަ ބައްލަވައިދެއްވުމަށް، މަޖިލީހުގެ އިމްތިޔާޒާއި ސުލޫކީ މައްސަލަ ބަލާ ކޮމިޓީއަށް ފޮނުވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލިހަކީ ރާއްޖޭގެ އެންމެންގެ ލޯ އަމާޒުވެފައިވާ ތަނަކަށް ވީ ނަމަވެސް މިފަހަކަށް އައިސް މަޖިހުގެ  ތެރެއިން ފެންނަމުންދާ ކަންތައްތަކަކީ ބަލައިގަންނަށް އެހާފަސޭހަ ކަންތައްތަކަކަށް ނުވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close