މުދަލު ޒަކާތުގެ ނިޞާބު ބޮޑުވެއްޖެ
މުދަލު ޒަކާތުގެ ނިޞާބު އިއްޔެއިން ފެށިގެން އިސްލާމިކް މިނިސްޓްރީން ބޮޑުކޮށްފިއެވެ. މިހާރު މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ 7،312.55 ރުފިޔާ ކަމަށް ބުންޏެވެ.
ނިސާބު ހަމަވާ ވަރަށް އަތުގައި ފައިސާ ހުރެ، ހިޖުރީ ގޮތުން އަހަރެއް ވުމުން އޭގެ 40 ބައިކުޅަ އެއްބައި މުދަލު ޒަކާތުގެ ގޮތުގައި ނެރުން، އިސްލާމް ދީނުގައި ވާޖިބެކެވެ.
ނިސާބަށް ބަދަލު ގެންނަނީ ދުނިޔޭގެ ބާޒާރުގައި ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެންނެވެ.
އަދި މުދަލު ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައެޅުމުގައި ފައިސާ ރިހިން އަގުކުރުމަކީ ރާއްޖެ ފަދަ ކުދި ގައުމުތަކުގައި ފަގީރުންނަށް އެންމެ ފައިދާ ބޮޑު ގޮތް ކަމުގައި އިލްމުވެރިން ވިދާޅުވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.


