ރިޕޯޓް

ޝަހީދުންގެ ދުވަހުގެ ޒިކުރާ، އަބަދުވެސް އާކުރާން ޖެހެއެވެ.

ޝަހީދުންގެ ދުވަސް ކޮންމެ އަހަރަކުވެސް ރާއްޖޭގައި ފާހަގަކުރަނީ ޕޯޗުގީޒުންގެ ކިބައިން ޤައުމު ސަލާމަތްކުރުމަށް ޢަލީ ރަސްގެފާނު ކުރެއްވި ޖިހާދުގެ ހަނދާން އާކުރުމުގެ ގޮތުން ޝައުބާން މަހުގެ ފުރަތަމަ ދުވަހުއެވެ. މިއަދަކީ މިއަހަރުގެ ޝައުބާންމަހުގެ ފުރަތަމަ ދުވަހެވެ. މިއީ އިސްލާމްދީނާއި ޤައުމަށްޓަކައި ޖިހާދުކުރެއްވި ޤައުމީ ބަޠަލުންގެ މަތިން ހަނދާންކޮށް، އެކަމުގެ އަގު ވަޒަންކުރަންޖެހޭ ދުވަހެކެވެ. ހަމަޖެހުމާއި މިނިވަންކަމުގެ ދިފާއުގައި ފުރާނަ ގުރުބާންކުރި މި ހިތްވަރުގަދަ ޝަހީދުންގެ ގުރުބާނީ ދުވަހަކުވެސް ހަނދާން ނައްތާލައިގެން ނުވާނެއެވެ. ޝަހީދުންގެ ދުވަހަކީ ގައުމަށް ކުރިމަތިވެފައިވާ ތަފާތު ހުރަސްތަކުގައި ކާބަފައިން ދެއްކި ހިތްވަރާއި ފަންވަރު މިއަދުގެ ދަރިންގެ ހިތްތަކުގައި އަށަގެންނެވުމަށް ލިބޭ ފުރުސަތެކެވެ.

ޝަހީދުންގެ ދުވަސް ފާހަގަކުރަމުން ގެންދަނީ މިފަދަ އަބްޠާލުންގެ ޒިކްރާ އާކޮށް އެހާދިސާ ތަކުން ޢިބްރަތް ހާސިލުކުރުމަށްޓަކެވެ. ރާއްޖޭގައި ޝަހީދުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަނީ ޝައުބާންމަހުގެ 1 ވަނަ ދުވަހެވެ. ޝަހީދުންގެ ދުވަސް ނިސްބަތްވަނީ އައްސުލްޠާން އަލީ (6ވަނަ) ސިރީ އައުދަ ސިޔާކަ ކައްތިރި މަހާރަދުންނަށެވެ. އެ ރަދުން ރާއްޖޭގައި ރަސްކަން ކުރެއްވީ ހިޖުރައިން 965 ވަނަ އަހަރު، (މީލާދީން 1558 ވަނަ އަހަރު)، 2 މަހާއި 15 ދުވަހުއެވެ.

މިފަދަ ދުވަހެއް ރާއްޖޭގައި ފާހަގަކުރުމުގެ އެންމެ މުހިންމު މަޤްޞަދަކީ ރާއްޖޭގެ ތާރީޚްގައި ޤައުމަށް ކުރިމަތިވެފައިވާ އެކިއެކި ހުރަސްތަކުގައި ހިތްވަރުގަދަ މާތް އަބުޠާލުން ދެއްކެވި ހިތްވަރުގަދަކަން މިހާރުގެ ދަރިންނަށް ހަނދާންކޮށްދިނުމެވެ. އެގޮތަށް ކަންތައް ކުރުމުން ޤައުމުދެކެ ލޯބިވެ އިޙްތިރާމްކުރަން އެކުދިންނަށް ދަސްވެގެންދާނެއެވެ. ޤައުމެއްގެ ގޮތުގައި ޤައުމެއް ދެމިއޮންނާނީ އެ ޤައުމެއްގެ ރައްޔިތުންގެ ހިތްތަކުގައި ވާ ލޯތްބާއި އިޙްތިރާމުގެ މައްޗަށްކަން ވިސްނާލަންޖެހެއެވެ.

އެހެންވީމާ، މިދުވަހު، ޤައުމަށްޓަކައި ހަނގުރާމަކޮށް، ލޭ އޮހޮރުވި އަބްޠާލުންގެ ވާހަކަތައް ސްކޫލްތަކުގައި ތަފްޞީލުކޮށް ކިޔައިދޭންވާނެއެވެ. މި ޝަހީދުންގެ ވާހަކަތައް މުސްތަގުބަލުގައި ފެންނަން ޖެހޭނީ ޒަމާނީ ޓެކްނޮލޮޖީގެ ޒަރިއްޔާއިންނެވެ. އަދުލު އިންސާފުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ޝަހީދުންގެ ތާރީޚު ސްކްރީނަށް ގެންނަންވީ އެތާރީޚް ދެމެހެއްޓުމަށްޓަކައެވެ. ލިޔުންތެރިން އެ ވާހަކަ ޝާއިއުކުރަންވާނީ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދެވޭނެ ގޮތަށެވެ.

ދިވެހިރާއްޖޭގައި އިސްލާމްދީނާއި ޤައުމަށްޓަކައި ޖިހާދުކުރެއްވި ޤައުމީ ބަޠަލުންގެ މަތިން ހަނދާންކޮށް، އެކަމުގެ އަގު ވަޒަންކުރަންޖެހޭނީ ހަމައެކަނި މިއަދު އެކަންޏެއްވެސް ނޫނެވެ. އެއި ހަމަ އިރުއަރާ އިރުއޮއްސޭ ކޮންމެ ދުވަހަކުވެސް އަޅުގަނޑުމެން އާކުރަން ޖެހޭ ޒިކުރާއެކެވެ.  ޤައުމަށް ކުރިމަތިވެފައިވާ އެކިއެކި ހުރަސްތަކުގައި ކާބަފައިން ދެއްކި ހިތްވަރާއި ހިތްވަރު ދަރިންގެ ހިތްތަކުގައި އަށަގެންނެވުމަކީ މުހިންމު ކަމެކެވެ. އެގޮތަށް ކަންތައް ކުރުމުން، ޤައުމުދެކެ ލޯބިވެ، އިޙްތިރާމްކުރަން ދަން ޖީލެއް ބިނާ ކުރެވޭނެއެވެ. އެހެންކަމުން ޝަހީދުންގެ ހަނދާންތައް ޒަމާނީ ޓެކްނޮލޮޖީއާއި ތައުލީމުގެ ޒަރިއްޔާއިން ކޮންމެ ދުވަހަކު ވެސް އަނބުރާ ގެނެސްދިނުމަކީ ކޮންމެ ދިވެއްސެއްގެ ވެސް ޒިންމާއަކަށް ހަދަމާތޯއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close