ނަރަވެލިރިޕޯޓް

ރާނީ އެލިޒަބަތު ދެވަނަ އަވަހާރަވުން: އިނގިރޭސިވިލާތުގެ ޝާހީ، ވިރާސީ ވެރިކަން ވާރުތަވަމުން ދާނެގޮތް

ރާނީ އެލިޒަބަތު ދެވަނަ އަވަހާރަވުމާއެކު އިނގިރޭސި ތަޚުތަށް އިސްވާނެ ބޭފުޅުންގެ އާ ސަފެއް އުފެދިގެން ދިޔައެވެ.  

ރާނީގެ ދޮށީ ދަރިފުޅު ޗާލްސް ރަސްކަމަށް އިސްކުރެވިއްޖެ އެވެ. އަދި ތަޚުތަށް އިށީނދެވަޑައިގަތުމާއެކު، އޭނާގެ ދެ ދަރިން ޕްރިންސެސް ވިލިއަމް އާއި ހެރީ ހިމެނޭ ގޮތަށް އޭނާގެ ސީދާ އާއިލާގެ މެންބަރުން މިހާރު ތިއްބެވީ ވިރާސީ ވެރިކަމުގެ ސަފުގެ އެންމެ މަތީގައެވެ.

ގުޅުންހުރި ލިޔުންތައް

އާންމު ގޮތެއްގައި ވިރާސީ ވެރިކަން ދިގު ދެމިގެން ދަނީ ވާރުތަވެރިޔާގެ ފުރަތަމަ އުފަން ދަރިފުޅާއި އެމީހުންގެ ދަރިންނަށް ވެރިކަން ވާރުތަވާގޮތަށެވެ.  އޭގެ ފަހުން ވެރިކަން ވާރުތަ ވެގެން ދާނީ ވާރުތަވެރިޔާގެ ދެން ތިބި ދޮށީ އެއްބަނޑު އެއްބަފާ ދަރިފުޅާއި އެމީހުންގެ ދަރިންނަށެވެ. މިސާލަކަށް ޕްރިންސް ޗާލްސްގެ ދަރިންނާއި ކާފަދަރިނަށްފަހު، ޗާލްސްގެ ދޮށީ ބޭބެ ޕްރިންސް އެންޑްރޫ، ޑޫކް އޮފް ޔޯކް އާއި ދެން ވިރާސީ ސަފުގައި ކުރިއަށް ތިއްބެވި ބޭފުޅުންނަށެވެ.

ޢާއްމު އުޞޫލު މިފަދައިން އޮތްނަމަވެސް ބައެއް އެހެން ގަވާއިދުތަކުގެ ސަބަބުން މިދެންނެވި ތަރުތީބަށް ބަދަލުތަކެއް އައިސް އޮޅުން ބޮޅުން ވާގޮތްވެސް ދިމާވެއެވެ.

1600 ގެ އަހަރުތަކުގެ ފަހުކޮޅު އަދި 1700 ގެ ކުރީކޮޅު ގާއިމްކުރި އިނގިރޭސި ގާނޫނުތަކުގެ ދަށުން ތަޚުތަށް ވަޑައިގަތުން ރެގިއުލޭޓް ކުރެވޭނީ ޕާލަމެންޓުންނެވެ. އެގޮތުން ރަސްރަސްކަލުން ވަކިކުރުމުގެ ބާރު އެ ޤާނޫނުން ލިބިދެވޭނެ ކަމަށް ޝާހީ އާއިލާގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.

މިދެންނެވި ޤާނޫނުގައި ބުނާގޮތުން ރަސްގެފާނަކަށް ނުވަތަ ރާނީއަކަށް ވުމަށްޓަކައި، ވެރިމީހާއަކީ ޗާޗް އޮފް އިނގިރޭސިވިލާތާ ގުޅުން ބަދަހިކޮށް، ޕްރޮޓެސްޓެންޓް ވަލީވެރިކަން ދަމަހައްޓަން ވައުދުވާން ޖެހޭނެ ފަރާތެކެވެ.

2013 ވަނަ އަހަރު އިނގިރޭސި ޕާލަމެންޓުންވަނީ މި ދެންނެވި ޤާނޫނުގެ އިތުރުން “ވަލީއަހުދުގެ ގާނޫނު” ކިޔާ ގާނޫނަކުން ގަރުނުތަކެއް ވަންދެން ދޮށީ އަންހެން ދަރިއެއްގެ ބަދަލުގައި ހަގު ފިރިހެން ދަރިފުޅު ވަލީވެރިކަމުގެ ސަފުގައި ގެންގުޅުމުގެ އާދަ ނިމުމަކަށް ގެނެސްފަ އެވެ.

2011 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހުގެ ފަހުން އުފަންވާ ޝާހީންނަށް އަމަލުކުރާ މި ގާނޫނުގައި ރޯމަން ކެތޮލިކް ދީނުގެ މީހުންނާ ކައިވެނިކުރާ މީހުން ވަލީވެރިކަމުގެ ސަފުން ބޭރުކުރާ މާއްދާތައް ވެސް ވަނީ އުވާލައިފަ އެވެ. އެ ބަދަލުތަކަށް ފުރިހަމައަށް އަމަލުކުރަން ފެށީ 2015 ވަނަ އަހަރުގެ މާޗް މަހު އެވެ.

އެ އަމަލުގެ ނަތީޖާއެއްގެ ގޮތުން ޕްރިންސް ވިލިއަމް އާއި އޭނާގެ އަންހެނުން ޑަޗެސް ކޭޓްގެ ދަރިކަނބަލުން ޕްރިންސެސް ޝާލޮޓް ވެގެންދަނީ އޭނާގެ ކޮއްކޮ ޕްރިންސް ލޫއީގެ މައްޗަށް ވަލީވެރިކަން ވާރުވާ ގޮތުގައެވެ.

އިނގިރޭސި ރަސްގެފާނަކީ ވެރިއެއްގެ ހައިސިއްޔަތުން ދައުލަތުގެ އެންމެ އިސް ވެރިއާކަމުގައި ވިޔަސް އެފަދަ ބޭފުޅަކުވެސް އަމަލު ކުރައްވަން ޖެހިވަޑައިގަންނަވާނީ އިނގިރޭސި ޤާނޫނު އަސާސީގެ ޙައްދުތަކުގެ ތެރޭގައި ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ކުރީގެ ރަސްގެފާނު ނުވަތަ ރާނީ އަވަހާރަވުމުން އާ ވެރިއަކު ތަޚުތަށް އިސްވުން:

ރަސްގެފާނު އަވަހާރަވުމަށްފަހު، އެކްސެޝަން ކައުންސިލް ވީހާވެސް އަވަހަކަށް ލަންޑަންގެ ސެއިންޓް ޖޭމްސް ޕެލަސްގައި ބައްދަލުކޮށް ތަޚުތަށް އިސްވެވަޑައިގެންނެވި ބޭފުޅާ ރަސްމީކޮށް އިއުލާންކޮށް، ގާނޫނީ ހުވާ ކުރަންޖެހެއެވެ.

ތަޚުތަށް އިސްވެވަޑައިގަންނަވާއިރު، އެބޭފުޅަކީ ކުޑަކުއްޖެއް ނަމަ، 18 އަހަރު ފުރޭންދެން ޝާހީ މަސައްކަތްތައް ކުރުމަށް ރީޖެންޓެއް އައްޔަން ކުރެވެއެވެ.

ތިރީގައި އެވަނީ ޝާހީ އާއިލާގެ ރަސްމީ ވެބްސައިޓުގައި ލިސްޓްކޮށްފައިވާ ގޮތަށް އިނގިރޭސި ތަޚުތަށް ކުރިއަށް އޮތްތާންގައި އިސްވާނެކަމަށް ބެލެވޭ ގޮތުގެ ތަރުތީބެވެ.  

1. ޕްރިންސް ވިލިއަމް، ޑޫކް އޮފް ކެމްބްރިޖް

2. ޕްރިންސް ޖޯޖް އޮފް ކެމްބްރިޖް

3. ޕްރިންސެސް ޝާރލޮޓް އޮފް ކެމްބްރިޖް

4. ޕްރިންސް ލޫއީ އޮފް ކެމްބްރިޖް

5. ޕްރިންސް ހެރީ، ޑޫކް އޮފް ސަސެކްސް

6. މާސްޓަރ އާޗީ މައުންޓްބެޓެން-ވިންޑްސަރ

7. މިސް ލިލިބެޓް މައުންޓްބެޓެން-ވިންޑްސަރ

8. ޕްރިންސް އެންޑްރޫ، ޑޫކް އޮފް ޔޯކް

9. ޕްރިންސެސް ބިއަޓްރިސް އޮފް ޔޯކް (މިސިސް އެޑޯއާޑޯ މަޕެލީ މޮޒީ)

10. މިސް ސިއެނާ މާޕެލީ މޮޒީ

11. ޕްރިންސެސް ޔޫޖީނީ އޮފް ޔޯކް (މިސިސް ޖެކް ބްރޫކްސްބެންކް)

12. މާސްޓަރ އޮގަސްޓް ބްރޫކްސްބެންކް

13. ޕްރިންސް އެޑްވާޑް، އާލް އޮފް ވެސެކްސް

14. ޖޭމްސް، ވިސްކައުންޓް ސެވަރން

15. ދަ ލޭޑީ ލޫއީސް މައުންޓްބެޓެން-ވިންޑްސަރ

16. އޭން، ޕްރިންސެސް ރޯޔަލް

17. މިސްޓަރ ޕީޓަރ ފިލިޕްސް

18. މިސް ސަވާނާ ފިލިޕްސް

19. މިސް އިސްލާ ފިލިޕްސް

20. ޒާރާ ޓިންޑަލް (މިސިސް މައިކަލް ޓިންޑަލް)

21. މިސް މިއާ ޓިންޑަލް

22. މިސް ލީނާ ޓިންޑަލް

23. މާސްޓަރ ލޫކަސް ޓިންޑަލް

މައުލޫމާތު: abcnews.go.com

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close